Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންތަކެއް ވަޒީފާއިން ވަކިކުރުން

ވަކިކުރި ފުލުސް އޮފިސަރުންނަށް ވަޒީފާ ދިނުން މަޑުޖައްސާލަން ނެރުނު އަމުރު މުރާޖައާކުރަންޖެހޭ ސަބަބެއް ނެތް: ހައިކޯޓު

ވަކިކުރި ޕޮލިސް އޮފިސަރުންނަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ވަނީ އަންގާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޑިސެމްބަރު 2023 | ބުރާސްފަތި 04:34
މި މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

މި މައްސަލައިގައި ހައިކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގެ ތެރެއިން

ފުލުހުންގެ ވަޒީފާ އަދާކުރަމުންދަނިކޮށް މަޤާމުން ވަކި ކުރި ފުލުސް އޮފިސަރުންނަށް ވަޒީފާ ދިނުން މަޑުޖައްސާލަން ނެރުނު އަމުރު މުރާޖައާކުރަންޖެހޭ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ދެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރަކު މަގާމުން ވަކިކޮށް، އިތުރު ހަތަރު އޮފިސަރަކު ވަކިކުރަން ނިންމިކަން އަންގައި، ފޮނުވާފައިވާ ނޯޓިސް ބާތިލުކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން އެޓަރނީ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައެވެ.

Advertisement - newsAdvertisement

ވަކިކުރި ޕޮލިސް އޮފިސަރުންނަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ނިންމި ނަމަވެސް ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފައެވެ. އެގޮތުން ހައިކޯޓުން ވަނީ ވަކިކުރި ޕޮލިސް އޮފިސަރުންނަށް ވަޒީފާ ދިނުން މަޑުޖައްސާލަން އަމުރެއް ނެރެފައެވެ.

އެ އަމުރު މުރާޖައާކޮށްދޭން އެދުމުން ހައިކޯޓުން މިވަނީ އަމުރު މުރާޖައާ ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ނިންމާފައެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމާފައި އޮތުމުން، ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު މުހައްމަދު (ޓޫފޯ)އެވެ.

އެ ދެމީހުންގެ ވަކީލު ވިދާޅުވީ، ޕޮލިސް ބޯޑުން ހިއްސާކޮށްފައިވާ ލިއުންތަކަށް ބަލާއިރު މި މައްސަލަ އިސްތިއުނާފުކުރަން ނިންމާފައިވަނީ ބޯޑުގެ މަޝްވަރާއެއް ނެތި ކަމަށް، އެ ބޯޑުން 25 ނޮވެމްބަރު 2023ގައި ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައި ވާކަމަށެވެ.

އަދި ސިވިލް ކޯޓުގެ އެ ނިންމުން އިސްތިއުނާފުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންވެސް ބަންޑާރަނައިބުގެ އޮފީހުގައި އެދިފައިނުވާކަން ސިޓީން އެނގިގެންދާކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވަނީ ޕޮލިސް ބޯޑުން ވަކިކުރަން ނިންމި 7 މީހުންގެ ތެރެއިން މުހައްމަދު ޖަމްޝީދާއި އަހުމަދު މުހައްމަދު ފިޔަވައި ދެން ތިބި މީހުން ތިބީ ޚިދުމަތުގައިކަން ފާހަގަކުރައްވައި، އެ ދެމީހުންނަށް ފުރުސަތު ދީގެން ލިބޭނެ އިއާދަނުކުރެވޭވަރުގެ ގެއްލުމަކީ ކޮބައިތޯ ދަންނަވާފައެވެ.

އެއަށްފަހު ދައުލަތުންވެސް ވާހަކަ ދައްކާފައިވާއިރު، ދައުލަތުގެ ވަކީލު ވަނީ މި މައްސަލަ ސިވިލް ކޯޓުން ނިންމައި، ހައިކޯޓުން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުނުއިރު ހުރި ހާލަތަށް ބަދަލެއް އައިސްފައިނުވާތީ، އެ އަމުރު މުރާޖައާކޮށް، އަމުރާމެދު އަލުން ގޮތެއް ނިންމަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންވެސް ވަނީ އަމުރު މުރާޖާ ކުރަން ޖެހޭ އެއްވެސް ސަބަބެެއް ނެތް ކަމަށް ނިންމަވާފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު