Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ދެވަނަ ޑިވިޝަން ފަށާނެ ދުވަހެއް އަދިވެސް ނޭނގޭ، ކްލަބްތައް މިނިސްޓަރު އަރިހަށް

މިމަހު 20ގެ ކުރިން މުބާރާތް ބާއްވަން ކްލަބްތަކުން އެދޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 12 ޑިސެމްބަރު 2023 | އަންގާރަ 14:30
ެދެވަނަ ޑިވިޝަނުގެ ކްލަބްތަކުން ސްޕޯރޓްސް މިނިސްޓަރާ ބައްދަލުކުރުން - ފޮޓޯ: ސްޕޯރޓްސް މިނިސްޓްރީ

ެދެވަނަ ޑިވިޝަނުގެ ކްލަބްތަކުން ސްޕޯރޓްސް މިނިސްޓަރާ ބައްދަލުކުރުން - ފޮޓޯ: ސްޕޯރޓްސް މިނިސްޓްރީ

އެކިފަހަރު މަތިން ފަސްވަމުން އައިސް, އަދިވެސް ފަށާނެ ވަކި ދުވަހެއް ނޭނގި އޮތް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމްތަކުން, ކަންބޮޑުވުންތަކާއެކު ސްޕޯރޓްސް މިނިސްޓަރާ ބައްދަލުކޮށްފިއެވެ.

މިނިސްޓަރ ޑރ. އަބްދުﷲ ރާފިއުއާ ބައްދަލުކޮށް ކްލަބްތަކުން އެދުނީ މުބާރާތް އަވަހަށް ބޭއްވޭނެ ގޮތް ހައްދަވައިދެއްވައި، އެކަމަށް ބާރު އަޅުއްވައިދެއްވުމަށެވެ. އެގޮތުން މިމަހުގެ 20ގެ ކުރިން މުބާރާތް ބާއްވައިދޭން ބާރު އަޅުއްވައިދެއްވުމަށް ކްލަބްތަކުން އެދުނުކަމަށް މައުލޫމާތު ލިބެއެވެ.

ބައްދަލުވުގައި ބައިވެރިވި ކްލަބަކުން ބުނީ، މިމަހުގެ 20ގެ ކުރިން މުބާރާތް ބާއްވައިދޭން އެފްއޭއެމާއެކު މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށެވެ. މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށްވެސް ގައުމީ ޓީމުގެ މެޑިކަލް ކަންކަން ބަލަހައްޓަވަމުން ގެންދެވި ރާފިއުއާ ހަވާލާދީ ބައްދަލުވުމުގައި ބައިވެރިވި ކްލަބަކުން ބުނީ، އެފްއޭއެމުގައި ފައިސާގެ ދަތިކަން ހުރެގެން މުބާރާތް ނުބޭއްވޭނަމަ އެކަންވެސް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިކަމަށެވެ.

މުބާރާތް ފަށާނެ ދުވަހަކާ ގުޅޭގޮތުން މިއަދު ސުވާލުކުރުމުންވެސް އެފްއޭއެމުން ބުނީ ވަރަށް އަވަހަށް ބާއްވަން މަސައްކަތްކުރާކަމަށެވެ.

އެންމެ ފަހުން މުބާރާތް ފަށަން އެފްއޭއެމުން ދިން ތާރީޚަކީ މިމަހުގެ 10އެވެ. ނަމަވެސް އެ ތާރީޚު ކައިރިވެފައި ވަނިކޮށް އަނެއްކާވެސް މުބާރާތް ފަސްކުރީއެވެ. އެ ތާރީޚަށްވެސް ކްލަބްތަކުން ބިދޭސީ ކުޅުންތެރިންވެސް ގެނެސްގެން ދިޔައީ ޕްރެކްޓިސް ކުރަމުންނެވެ.

މިއަދު ކްލަބްތަކުން މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި 12 ކްލަބަކުން ބައިވެރިވިކަމަށް މައުލޫމާތު ލިބެއެވެ. މުބާރާތުގައި ބައިވެރިވީ 15 ކްލަބެވެ. މުބާރާތް ފަށާނެ ތާރީޚެއް ނޭނގޭއިރު, މުބާރާތުގެ ފޯމެޓެއްވެސް އަދި ނޭނގެއެވެ.

މުބާރާތް ހިލޭ ސާބަހަށް ބާއްވައިދޭން މިހާރު ހަވާލުވެފައިވަނީ ބުރު ސްޕޯރޓްސް ކްލަބުގެ ކޯޗު، މުހައްމަދު ނިޒާމެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި

09 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭ ކަޕް: ދަ ބައުސްގެ މައްޗަށް ޓީރެކްސް ކުރިހޯދައިފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު