Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އުދިނޭސީ ބަލިކޮށް އިންޓަ އެއް ވަނަ އަށް

11 ޑިސެމްބަރު 2023 | ހޯމަ 02:49

މޮޅާއެކު އެއް ވަނައިގައި އިންޓަ މިލާން އޮތީ މިހާތަނަށް ކުޅުނު 15 މެޗުން 38 ޕޮއިންޓު ހޯދައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޑިސެމްބަރު 2023 | ހޯމަ 02:49
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގައި އުދިނޭސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަ މިލާން އަލުން އެއްް ވަނަ އަށް ޖެހިލައިފިއެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ރޭ އިންޓަގެ އަމިއްލަ ދަނޑުގައި އުދިނޭސީއާ ދެކޮޅަށް ނުކުތްއިރު އެ ޓީމު އޮތީ ދެ ވަނައިގައެވެ. އެއީ އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ނަމަވެސް، މެޗުގެ އަދަދު ހަމަކޮށް އަލުން އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު އިންޓަ އަށް އޮތެވެ. ފުރުސަތުގެ ބޭނުން ހިފައި، މި ސީޒަންގައި މޮޅަށް ކުޅެމުން އަންނަ އިންޓަ އިން ވަނީ 4-0 އިން އުދިނޭސީ ބަލިކޮށްފައެވެ.

މެޗުގައި އިންޓަ އިން ފުރަތަމަ ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގައެވެ. ހަތަރު ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އިންޓަގެ ފުރަތަމަ ލަނޑު ހަކަން ޗަނޮނޮގްލޫ ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. އޭގެ ފަހުން 42 ވަނަ މިނެޓުގައި އިންޓަގެ ތިން ވަނަ ލަނޑު ފެޑެރިކޯ ޑިމާކޯ ޖެހީ، ޗަނޮނޮގްލޫ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. އޭގެ ދެ މިނެޓު ފަހުން މާކަސް ތުރަމް ވަނީ އިންޓަގެ ތިން ވަނަ ލަނޑު ޖަހައި، ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ. އިންޓަގެ ހަތަރު ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖެހީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒްއެވެ.

މޮޅާއެކު އެއް ވަނައިގައި އިންޓަ މިލާން އޮތީ މިހާތަނަށް ކުޅުނު 15 މެޗުން 38 ޕޮއިންޓު ހޯދައިގެންނެވެ. މި ސީޒަންގެ ލީގުގައި އިންޓަ ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، 12 މެޗުން ވަނީ މޮޅުވެފަ އެވެ. އިންޓަގެ ފަހަތުން ދެ ވަނައިގައި ޔުވެންޓަސް އޮތީ 36 ޕޮއިންޓާ އެކުއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް