Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕޮޮލިމަރ އޮޕްޓިކަލް ފައިބަރ

ކޮންމެ ކަމަކަށް ވަކި ކުލައެއްގެ ހޯދަން ޖެހޭތަ؟ މި އޮތީ ހައްލު!

މަސްނޫއީ ތޫނުފިލިކަން ބޭނުންކޮށްގެން، ކުލަ ބަދަލުވާ ފޮތި އުފައްދާފައިވަނީ ހޮންކޮންގުގެ ދިރާސާ ޓީމަކުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2023 | ހޮނިހިރު 10:20
ޕްރޮފެސަރ ޖީން ޓޭން އޭނާގެ މަސައްކަތުގައި

ޕްރޮފެސަރ ޖީން ޓޭން އޭނާގެ މަސައްކަތުގައި

ޒަމާނުއްސުރެ ކުދިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކާޓޫނެއް ކަމަށްވާ ސިންޑަރެއްލާގެ މަންޒަރެއް ހަނދާނަށް ގެނެސް ބަލާށެވެ. އުނދުނު ފުއްޑަނުގައި އުޅެބޮޑުވި ސިންޑަރެއްލާގެ ޕަރީދައްތަ ކޮށްލާ އަތުގެ އިޝާރާތަކުން، ޝާހީ ކޮއިލު އާޝޯޚުކުރުވި ރަންޏަކަށް އޭނާ ބަދަލުވިގޮތުގެ މަންޒަރެވެ. އެއީ ޚިޔާލީ މަންޒަރުތަކެކެވެ. ހަގީގަތަކަށް ވެދާނެ ނަމައޭ ކުޑައިރު ހިތާހިތާ އެދެވުނު، އެހެންނަމަވެސް ހޭޖެހެން ފެށި ވަރަކަށް، ނުވާނެކަމަށް ގަބޫލު ކުރެވުނު ކަމެކެވެ. ނަމަވެސް، މިއަދު އެކަން ބަދަލުވެއްޖެއެވެ. ޕަރީދައްތައެއް ނެތެއްކަމަކު، އަތުގެ އިޝާރާތުން ރަންޏަކަށް ބަދަލުވުމުގެ ފުރުސަތު، އަދުގެ ދުނިޔޭގައި އެބަ އޮތެވެ. އާރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލިކަމާއި ފެޝަންގެ ދުނިޔެ ބައްދަލުވީއެވެ.

މަސްނޫއީ ތޫނުފިލިކަން ބޭނުންކޮށްގެން ކުލަ ބަދަލުވާ ފޮތި އުފައްދާފައިވަނީ ހޮންކޮންގުގެ ދިރާސާ ޓީމަކުންނެވެ. މި ފޮތިގަނޑުގައި ކުޑަކުޑަ ކެމެރާއެއްވެސް ހަރުކޮށްފައި ހުރެއެވެ.

ކުޑައިރުގެ ދުވަސްވަރު އެތައް ކުދިންނެއް ދެކެމުންދިޔަ ފޮނި ހުވަފެންތައް ހަގީގަތަކަށް ވެދާނެކަމުގެ ކޮޅުމަތި އެންމެ ފުރަތަމަ ދައްކާލީ މިއަހަރުގެ ފެބުރުއަރީ މަހު އޮތް މިލާން ފެޝަން ވީކްގައެވެ. އެ ޝޯވގައި ބައިވެރިވި މޮޑެލުން ވަނީ ޕޮލިމަރިކް އޮޕްޓިކަލް ފައިބަރ އެކުލެވޭ ފޮތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ހެދުމާއި ދަބަސް ފަދަ ސާމާނުތައް ދައްކާލާފައެވެ. އެ ފަހަރުގެ ޝޯވއިން ފެނިގެން ދިޔައީ ނޫ، އޮރެންޖު އަދި ފެއްސާއި ދަނބުކުލައިގެ އުފެއްދުންތަކެވެ.

މި އުފެއްދުންތަކުގައި ބޭނުންކޮށްފައިވާ ފޭރާން ތައްޔާރުކޮށްފައި ވަނީ ހޮންކޮންގުގައި މަރުކަޒުކޮށްގެން ހިންގާ، ލެބޯޓްރީ ފޮރ އާރޓިފިޝަލް އިންޓެލިޖެންސް އިން ޑިޒައިން (އެއިޑްލެބް) އިންނެވެ. އެއިޑްލެބްއަކީ އޭއައި ބެހިގެންދާ ދާއިރާތަކުގެ ތެރެއިން 'ޑީޕް ލަރނިންގް'އާއި 'ކޮމްޕިއުޓަރ ވިޜަން' ބޭނުންކުރާ ކުންފުންޏެވެ. އެ ޓެކްނޮލޮޖީއަކީ އެކި މަންޒަރުތައް ބަލައިގެން މައުލޫމާތު ލިބިގަތުމަށް ކޮމްޕިއުޓަރުތައް ތަމްރީނުކުރާ ޓެކްނޮލޮޖީއެކެވެ.

އެއިޑްލެބަކީ ހޮންގްކޮންގް ޕޮލިޓެކްނީކް (ޕޮލީޔޫ)އާއި އިނގިރޭސިވިލާތުގެ ރޯޔަލް ކޮލެޖް އޮފް އާރޓް (އާރްސީއޭ) ގުޅިގެން ހިންގާ ދިރާސާ މަޝްރޫއެކެވެ. މަގުސަދަކީ އޭއައި ޓެކްނޮލޮޖީއާއި ފަރުމާގެ ސިނާއަތް ގުޅާލުމެވެ.

ފޭރާމުގައި ހަރުކޮށްފައިވާ ކެމެރާއަކީވެސް އޭއައި ޓެކްނޮލިޖީ ބޭނުންކުރާ ކެމެރާއެކެވެ. އޭއައި އެލްގޮރިދަމްތަކުގެ އެހީގައި ތަފާތު އެކި ކުލަތަކުން ހެދުމަށް ކުލަ ގެނެސްދެއެވެ. މި ފޭރާމަކީ އަތާއި ހަށިގަނޑުގެ އިޝާރާތްތަކުގެ އިތުރުން މޯބައިލް ފޯނު ނުވަތަ ރިމޯޓަކުންވެސް ފަރުމާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް އުފައްދާފައިވާ ފޭރާމެކެވެ.

ކުޑަ މިސާލަކަށް ބަލާނަމަ، އާންމު ގޮތެއްގައި ހުރިހާ ކަމެއް ރަނގަޅު ކަމަށް އަތުގެ އިޝާރާތުން ދެއްކުމަށް ހުރިހާ އިނގިއްޔެއް މުށްކަވާލުމަށްފަހު ބޮޑުވައި އިނގިލި ހިއްލާލުން، ނުވަތަ 'ބެސްޓް' ދައްކާލުމުން، ފޭރުމާގެ ކުލަ ބަދަލުވަނީ ގަދަ ނޫ ކުލައަކަށެވެ. އަތުގެ އިނގިލިތަކުން ހިތެއްގެ ބައްޓަން ދައްކާލުމުން ފިޔާތޮއްޓަށް ބަދަލުވާއިރު 'އޯކޭ' ނިޝާން ދައްކާލުމާއެކު، ފެންފިޔާޒު ފަދަ ޖަވާހިރު ފެއްސަކަށް ފޭރާމުގެ ކުލަތައް ބަދަލުކޮށްލައެވެ.

އެވަރުން އަދި ނިމުނީއެއް ނޫނެވެ. ފޯނުގައި ހުންނަ ފޮޓޯތަކުން ފެންނަ ކުލަތަކަށްވެސް އެ ހެދުމުގެ ކުލަތައް ބަދަލުކޮށްލެވޭ ފީޗަރެއް މި އީޖާދުގައި ވަނީ ހިމަނާފައެވެ. އެވެނި މިވެނި މީހަކު ލާފައި ހުރި ކަހަލަ ހެދުމެއް ލާން ބޭނުން ވެގެން، އެ ގަތް ތަނެއް ނޭނގިގެން އުޅޭކަށް ދެން ނުޖެހޭނެތާއެވެ!

މިހާތަނަށް މުޅިންވެސް މި ވާހަކަދެއްކުނީ ފެޝަންގެ ރާސްތާއަކުންނެވެ. ނަމަވެސް މި ޓެކްނޮލޮޖީއަކީ އެ އިމުން ބޭރަށްވެސް ނުކުންނަ ޓެކްނޮލޮޖީއެކެވެ. މި ޓެކްނޮލޮޖީގެ ފަހަތުގައި މަސައްކަތް ކުރި ޓީމުގެ މެންބަރެއް ކަމަށްވާ ޕްރެފެސަރ ޖީން ޓޭން ފާހަގަކުރިގޮތުގައި، މި އުފެއްދުމަކީ ރީހެބިލިޓޭޝަން މަޝްރޫއުތަކުގައިވެސް ބޭނުންކުރެވިދާނެ އުފެއްދުމެކެވެ.

މަސްނޫއީ ތޫނުފިލިކަން ލިބިފައިވާ ފޭރާން ބޭނުންކޮށްގެން، ހޮންގްކޮންގްގެ ވޮންގް ޓާއި ސިން ޑިސްޓްރިކްޓް ހެލްތު ސެންޓަރުގައި މިހާރުވެސް 3 އުފެއްދުމެއް ވަނީ ތަރައްގީކޮށްފައެވެ. ވަގުތުން ވަގުތަށް ލިބޭ ފީޑްބެކަށް ބަލައި، އެ މައުލޫމާތުތަކަށް ބިނާކުރެވޭފަދަ ގޮތަކަށެވެ.

ލޯބިކުރާ އެއްޗެއްސާއި ފެޝަންގެ ރަހައަކީ ތާއަބަދުމެ ބަދަލެއްގައި އުޅޭ ކަންކަމާއި ތަކެއްޗަށް ވާއިރު، މިފަދަ ޓެކްނޮލީއެއްގެ ސަބަބުން ފައިދާކުރާނީ ހަމައެކަނި ފެޝަންގެ ސިނާއަތަކަށް ނޫނެވެ. ވެށީގެ މޭރުމަކުން ބެލިނަމަވެސް، ފައިދާތަކުގެ ވާހަކަ ނުދައްކައި ދޫކޮށްލެވޭކަށް ނެތެވެ. ޚިޔާލު ބަދަލުވެގެން، ނޫނީ ލޯބިކުރަމުން އައި ސްޓައިލް ބަދަލުކޮށްލަން ބޭނުންވާ ހިނދެއްގައި، އަތުގައި ހުރި ހުރިހާ ހެދުމަށް އުކާލައި، އައު ހެދުންތަކެއް ގަތުމަށް އެތައް ޚަރަދެއް ކުރާ ކުރުމަށްވެސް ނިމުން ގެނުވާނެއެވެ. ކުނީގެ މައްސަލައާއި ދަރަނީގެ މައްސަލައަށްވެސް ހައްލު ލިބޭނެތާއެވެ!

އެއިޑްލެބްގެ އުންމީދަކީ، މަސްނޫއީ ތޫނުފިލިކަން ލިބިފައިވާ ފޭރާމުގެ ޓެކްނޮލޮޖީ، ވިޔަފާރި އުސޫލުން އާންމުންނާ ހިސާބަށް ފޯރާ ގޮތް ވުމެވެ. މިވަގުތު އެ ޓެކްނޮލޮޖީ ތަޖުރިބާކޮށްލަން ލިބެންހުރީ ހޮންގްކޮންގް ޝޮޕިންގް މޯލް ފަދަ ތަންތަނުގައި ހަދާފައިވާ ޚާއްސަ ޑިސްޕްލޭތަކުގައި އެކަންޏެވެ.

ޕޮޮލީމަރ އޮޕްޓިކަލް ފަރިބަރ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީގެ ބަނޑަށް ފަސް މަސް

މަޝްހޫރު ލަވަކިޔުންތެރިޔާ ސުނިދީގެ ބަނޑަށް ފަސް މަސް

15 އޯގަސްޓު 2017
ޕެހެލާޖް ނިހަލާނީ  ވަކިކޮށް ޕްރަސޫން ޖޯޝީ ސެންސަރު ބޯޑަށް އައްޔަންކޮށްފި

ޕެހެލާޖް ނިހަލާނީ  ވަކިކޮށް ޕްރަސޫން ޖޯޝީ ސެންސަރު ބޯޑަށް އައްޔަންކޮށްފި

13 އޯގަސްޓު 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި

"ބާހްބަލީ 2" ނުބެލުމުން ވަޒީފާއިން ވަކިކޮށްފި

11 މެއި 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު