Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް ފްލެޓުތަކުގެ އަގު

ވިނަރެސް ފްލެޓުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްދިން ކަމަށް ބުނެ، ސަރުކާރުން ދޮގުހަދައިފި

ވިނަރެސްގެ ފްލެޓްތަކުގެ އިންޓްރެސްޓް ރޭޓް 6 އިންސައްތައަށް ކުޑަކޮށްދިނީ ރައީސް ސާލިހުގެ ސަރުކާރުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 ޑިސެމްބަރު 2023 | ބުރާސްފަތި 13:31
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު

އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު

ވިނަރެސް ފްލެޓުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްދިން ކަމަށް ބުނެ، ސަރުކާރުން ދޮގު ހަދައިފިއެވެ.

ވިނަރެސްގެ ފްލެޓްތަކުގެ އިންޓްރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ކުޑަކޮށްދިނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ވިނަރެސްގެ ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން، ފްލެޓް ލިބުނު ފަރާތްތަކުންވަނީ ރައީސް ސާލިހާ ހިއްސާކޮށްފައެވެ. މިއާއެކު ރައީސް ސާލިހު ވަނީ ވިނަރެސް ކުލީގެ އަގަށް ހެޔޮ ބަދަލެއް ގެންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި ރައީސްގެ އެ ނިންމެވުމާއެކު، އެ ބަދަލު އޭރު އާބަންކޯއިން ވަނީ ގެނެސްފައެވެ.

ނަމަވެސް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ވިނަރެސް ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތަ ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމަވާފައިވާތީ، އެއާ އެގޮތަށް އަމަލުކުރުމަށް ބުދަ ދުވަހު ބޯޑުން ނިންމަވާފައި ވާކަމަށެވެ. އަދި މަހުން މަހަށް ދައްކާ އަދަދުން އާންމުގޮތެއްގައި 4,200 ރުފިޔާ އުނިކޮށްދިނުމަށް ނިންމަވާފައި ވާކަމަށެވެ.

މިކަމާ ގުޅޭގޮތުން ކުރީގެ ޕްލޭނިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ވިނަރެސްގެ ފްލެޓްތަކުގެ އިންޓްރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ކުޑަކޮށްދިނީ 22 އޮކްޓޫބަރު 2023ގައި ކަމަށެވެ. އަދި މުޅިން މަސައްކަތްކުރަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް އަކްރަމް ވިދާޅުވިއެވެ.

ވިނަރެސް ފްލެޓްތަކުގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާ 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން، ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.

ވިނަރެސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
21 ޑިސެމްބަރު 2024

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި

21 ޑިސެމްބަރު 2024
އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި
21 ޑިސެމްބަރު 2024

ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ

21 ޑިސެމްބަރު 2024
ކޮރަޕްޝަންގެ ތެރެއިން ވިނަރެސް ފްލެޓު ގަތް ކަމަށް ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަ ތަހުގީގު ކުރަނީ
22 ސެޕްޓެމްބަރު 2024

ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ދައުވާ ކުރުމާމެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމަނީ

22 ސެޕްޓެމްބަރު 2024
ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: ދައުވާ ކުރުމާމެދު މި ހަފްތާ ތެރޭގައި ގޮތެއް ނިންމަނީ
30 އެޕްރީލު 2024

ޓެކްނިކަލް މައްސަލަ އެއް ދިމާވެފައިވާތީ އޮންލައިން ޕޯޓަލްމެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމުތައް ބާތިލު

30 އެޕްރީލު 2024
ޓެކްނިކަލް މައްސަލަ އެއް ދިމާވެފައިވާތީ އޮންލައިން ޕޯޓަލްމެދުވެރިކޮށް ވިނަރެސް އެޕާޓްމަންޓް ގަތުމަށް ހުށަހެޅި ފޯމުތައް ބާތިލު
01 ފެބުރުއަރީ 2024

ވިނަރެސް ފްލެޓްތަކުގެ މަހު ކުލިން 4،200 ރުފިޔާ ކުޑަކޮށްފި

01 ފެބުރުއަރީ 2024
ވިނަރެސް ފްލެޓްތަކުގެ މަހު ކުލިން 4،200 ރުފިޔާ ކުޑަކޮށްފި
23 ޑިސެމްބަރު 2023

ވިނަރެސް ފްލެޓްތައް ލިބިފައިވާ ބައެއް މީހުންނަށް އޮފަރ ލެޓަރ ދިނުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި

23 ޑިސެމްބަރު 2023
ވިނަރެސް ފްލެޓްތައް ލިބިފައިވާ ބައެއް މީހުންނަށް އޮފަރ ލެޓަރ ދިނުން ލަސްވާތީ ކަންބޮޑުވުން ފާޅުކުރަން ފަށައިފި
06 ޑިސެމްބަރު 2023

ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރިނަމަވެސް ކުންފުންޏަށް މާލީ ބުރައެއް ނެތް: ފަޒުލް

06 ޑިސެމްބަރު 2023
ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރިނަމަވެސް ކުންފުންޏަށް މާލީ ބުރައެއް ނެތް: ފަޒުލް
05 ޑިސެމްބަރު 2023

ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި، ވިނަރެސް ފްލެޓްގެ ކުލި ކުޑަކޮށްފި

05 ޑިސެމްބަރު 2023
ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި، ވިނަރެސް ފްލެޓްގެ ކުލި ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު