Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީނީ މަގު މަޝްރޫއު

އަމީނީ މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކޮށްފި، ނިންމީ ފަހު ދެ ސެގްމަންޓުގެ މަސައްކަތް ފަށަން!

އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2023 | ހޯމަ 12:40
އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން

އަމީނީމަގު ސެގްމެންޓް 8 އަދި 9ގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން

ކުރީ ސަރުކާރުން ފެށި އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި މިނިސްޓްރީ އޮގް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާއާ ގުޅޭގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މަޝްވަރާގައި ނިންމާފައިވަނީ އަމީނީ މަގުގައި މިހާރު ނުނިމި ހުރި ދެ ސެގްމަންޓް ކަމަށްވާ ސެގްމަންޓް 12 އަދި 13ގެ މަސައްކަތް ފެށުމަށް ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް ހާމައެއް ނުކުރެއެވެ.

"ރާއްޖެ އެމްވީ" އަށް އެ މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި، މަސައްކަތް ފަށާނެ ތާރީޚު އިއުލާންކުރާނީ ފަހުންނެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނިގޮތުގައި އެ މަޝްވަރާ ބައްދަލުވުމުގައި މަޝްވަރާކުރި ގޮތަށް އަމީނީ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް އާރުޑީސީން ދަނީ ވަމުންނެވެ. އަދި އެ މަސައްކަތް ފެށުމުން، މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަމަށް ބުންޏެވެ.

އަމީނީ މަގަކީ މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގަށްވާއިރު، އެ މަގުގެ ޓްރެފިކް ފްލޯއަށާއި އާރުޓީއެލް ބަސް ރޫޓުތަކަށް ދިމާވެދާނެ ދަތިތަކަށް، ޓްރެފިކް ބަލަހައްޓާ ފުލުހުންގެ އެހީގައި ހައްލެއް ގެނައުމަށް ނިންމާފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

އަމީނީ މަގު ތަރައްގީކުރުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން އާރުޑީސީން ވަނީ މިހާތަނަށް އެ މަގުގެ ބޮޑުބައެއްގައި ތާރު އަޅައި ނިންމާލާފައެވެ. އެގޮތުން، ދަރުބާރުގޭ ކައިރިން ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ދިމާވާ ހިސާބުން ފެށިގެން ހައުސިންގ މިނިސްޓްރީ އިމާރާތާ ހަމައަށް މިހާރު ވަނީ މަސައްކަތް އެއްކޮށް ނިމިފައެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށްގެންދަނީ 13 ސެގްމަންޓަކަށް ބަހާލައިގެންނެވެ. މަގު އެއްކޮށް ނިންމާލުމަށް ބާކީ އޮތީ ދެ ސެގްމަންޓުގެ މަސައްކަތެވެ. އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންދަނީ އެންމެންނަށް ބޭނުންކުރެވޭނެހެން، ރައްކާތެރިކޮށެވެ. އެގޮތުން ލޯފަން މީހުންނާއި، އެހެނިހެންވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފަސޭހަކަމާއެކު މަގު ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން މަގުގެ ފެންހިންދުމުގެ ނިޒާމު ޑިޒައިން ކުރެވިގެންދާނީ އަމީނީމަގުގެ ދެފަރާތުންވެސް، މަގު ނިމެންދެން އެއްކޮޅުން އަނެއް ކޮޅަށް ކާނު އަޅާގޮތަށެވެ. އަދި ޑިޒައިނަށް ބިނާކޮށް، އެ މަގުގައި ފެންބޮޑުވުމަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި އިތުރު ޕަމްޕް ސްޓޭޝަންތައް ބަހައްޓާނެއެވެ.

މި މަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގުގެ ސަރަހައްދު ތަރައްގީކުރާއިރު، މި މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

އަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު އާރްޑީސީމިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ފުރަތަމަ އަހަރު ފަށާނެ ކަމަށް ބުނި އައްޑޫ ބުރިޖުގެ މަސައްކަތް ދެވަނަ ބަޔަކާ ހަވާލުކޮށްފި

ފުރަތަމަ އަހަރު ފަށާނެ ކަމަށް ބުނި އައްޑޫ ބުރިޖުގެ މަސައްކަތް ދެވަނަ ބަޔަކާ ހަވާލުކޮށްފި

26 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު