Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފްރޭމް ބައި މަޓާޓޯ

މަޓާޓޯއިން ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ފަންނުވެރި މުބާރާތާއި މައުރަޒު "ފްރޭމް ބައި މަޓާޓޯ" އިޢުލާންކޮށްފި

މަޓާޓޯގެ އާޓް މުބާރާތާއި މައުރަޒު ބާއްވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ)، އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގެ އެއްބާރުލުމާއި އެކުގައެވެ.

ޒުނާނާ ޒާލިފް
ޒުނާނާ ޒާލިފް | 9 ޑިސެމްބަރު 2024 | ހޯމަ 10:03
ލީޝާ އަހްމަދުގެ ކުރެހުމެއް - ލީޝާ އަހްމަދު

ލީޝާ އަހްމަދުގެ ކުރެހުމެއް - ލީޝާ އަހްމަދު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) އިން، އެ ޖަމްޢިއްޔާގެ އަހަރީ އާޓް މުބާރާތާއި މައުރަޒު، "ފްރޭމް ބައި މަޓާޓޯ" ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ހޯމަ ދުވަހު އެ ޖަމްޢިއްޔާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތް ފަންނުވެރިން ބޭނުންކޮށްގެން ދައްކާލުމަށް ޚާއްޞަކޮށްގެން ބާއްވާ މި ހަރަކާތުގައި ދިވެހި އުފެއްދުންތެރިންގެ ހުނަރު ފާހަގަކުރެވޭނެކަމަށެވެ.

މަޓާޓޯ އިން ބުނި ގޮތުގައި 2025 ވަނަ އަހަރުގެ މަޢުޟޫއަކީ "ދަ މޯލްޑިވިއަން މިސްޓިކް" އެވެ. މިއީ އާޓްގެ ޒަރިއްޔާއިން ދިވެހި ރާއްޖޭގެ ފުލޯކު ވާހަކަތައް ދިރުވައި އާލާކުރުމަށް ރާއްޖޭގައި ބާއްވާ ފުރަތަމަ މައުރަޒެވެ.

ހަތަރު އުމުރުފުރައެއްގެ ފަންނުވެރިންނަށް ބައިވެރިވެވޭނެހެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ 10 ޑިސެމްބަރު 2024 އިން 20 ޖަނަވަރީ 2025 އަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ހިމެނޭ ޕެނަލައަކުން މި މުބާރާތުގައި ހުށަހެޅޭ ފަންނުވެރިންގެ މަސައްކަތްތައް ފަނޑިޔާރުކަން ކުރައްވާނެއެވެ.

މަޓާޓޯގެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މި ހުށަހެޅުންތަކުގެ ތެރެއިން ކޮންމެ އުމުރުފުރައަކުން 10 މަސައްކަތެއް ޝޯޓްލިސްޓްކޮށް، 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނެޝަނަލް އާޓް ގެލެރީގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޓާޓޯގެ އާޓް މައުރަޒުގައި ބައިވެރިކުރާނެ ކަމަށެވެ.

މަޓާޓޯގެ އާޓް މުބާރާތާއި މައުރަޒު ބާއްވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އިތުރުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ، ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ)، އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގެ އެއްބާރުލުމާއި އެކުގައެވެ.

މި މުބާރާތާއިބެހޭ އިތުރު މަޢުލޫމާތު އަދި މަސައްކަތްތައް ހުށަހަޅާނެގޮތުގެ މަޢުލޫމާތު ފްރޭމް ބައި މަޓާޓޯގެ ވެބްސައިޓް (www.framebymatato.com) އިން ލިބޭނެއެވެ.

މަޓާޓޯއިން ބުނެފައި ވަނީ ދިވެހިރާއްޖޭގެ ފަންނުވެރިންނަށް އެމީހުންގެ ހުނަރާއި ޤާބިލުކަން ދައްކާލުމުގެ މުހިންމު ފުރުސަތެއް މި މުބާރާތް މެދުވެރިކޮށް ލިބޭނެކަމަށެވެ.

މީގެ އިތުރުން، މި މުބާރާތުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައު ވައްޓަފާޅިއެއް ގެނެސްދޭނެ ކަމަށް އުންމީދު ކުރެވޭކަމަށް މަޓާޓޯއިން ބުނެފައިވެއެވެ.

މި މުބާރާތް ކާމިޔާބުކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެމީހުންގެ މަސައްކަތްތައް ދެއްކުމުގެ ފުރުސަތުތަކެއްވެސް ހުޅުވިގެންދިޔުމުގެ އިތުރުން، އެމީހުންގެ މަސައްކަތްތައް ބައިނަލްއަޤްވާމީ މައިދާނެއްގައި ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މަޓާޓޯގެ އަހަރީ އާޓް މުބާރާތާއި މައުރަޒު މެދުވެރިކޮށް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ދިވެހި ފަންނުވެރިންގެ ހުނަރު މުޅި ދުނިޔެއަށް ދައްކާލުމުގެ ދޮރެއް ހުޅުވިގެންދާނެއެވެ.

ފްރޭމް ބައި މަޓާޓޯ 2025މަޓާޓޯ

އިތުރަށް ކިޔާލަން

12 ސެޕްޓެމްބަރު 2025

ދޮންފަނު ފަރު ފަތުރުވެރިންނަށް ބަންދު ކުރުމުން މަޓާޓޯ އިން ކަންބޮޑުވެއްޖެ

12 ސެޕްޓެމްބަރު 2025
ދޮންފަނު ފަރު ފަތުރުވެރިންނަށް ބަންދު ކުރުމުން މަޓާޓޯ އިން ކަންބޮޑުވެއްޖެ
02 ޑިސެމްބަރު 2023

މަޓާޓޯގެ ޑެސްޓިނޭޝަން ވާރކްޝޮޕް ބާއްވައިފި

02 ޑިސެމްބަރު 2023
މަޓާޓޯގެ ޑެސްޓިނޭޝަން ވާރކްޝޮޕް ބާއްވައިފި
12 އެޕްރީލު 2021

ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

12 އެޕްރީލު 2021
ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު