Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކުވައިތުގެ އަމީރުގެ އާލާސްކަންފުޅު

ކުވައިތުގެ އަމީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

އަމީރުގެ އާލާސްކަންފުޅާ ގުޅިގެން ކުވައިތުގެ ވެރިކަމުގެ ބާރުތައް މީގެ ކުރިންވެސް އެތައް ފަހަރަކު އަމީރުގެ ޑެޕިއުޓީއާ ހަވާލުކުރައްވާފައިވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 ނޮވެމްބަރު 2023 | ބުދަ 17:09
ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހް

ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހް

ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލްއަހުމަދު އަލްޖާބިރު އައްސަބާހަށް ކުރިމަތިވެ ވަޑައިގެންނެވި ކުއްލި އާލާސްކަންފުޅަކާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފިއެވެ.

ކޫނާ ނޫސްއެޖެންސީ ރިޕޯޓްކޮށްފައި ވާގޮތުގައި އަމީރުގެ ހާލުކޮޅު ސްޓޭބަލްއެވެ. ކުވޭތުގެ އިސް އޮފިޝަލަކާ ހަވާލާދީ ނިއުސް އެޖެންސީ ބުނެފައިވަނީ، އަމީރު ހޮސްޕިޓަލަށް ގެންދެވުނީ ކުއްލި ފަރުވާއަށާއި، ހަދަންޖެހޭ މެޑިކަލް ޓެސްޓްތައް ހެދުމަށް ކަމަށެވެ.  

ރިޕޯޓުގައި، އަމީރަށް ކުރިމަތިވެ ވަޑައިގެންނެވި އާލާސްކަންފުޅުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ޝައިޚް ނަވާފް ހައްދަވަން ޖެހިވަޑައިގެންނެވި މެޑިކަލް ޗެކަޕްތަކާއި، އެހެންވެސް ސިއްހީ މައްސަލަތަކާ ގުޅިގެން، ވެރިކަމުގެ ބާރުތައް އެތައް ފަހަރަކު އޭނާގެ ޑެޕިއުޓީއާ ހަވާލުކުރައްވާފައި ވެއެވެ. މިގޮތުން 2021 ވަނަ އަހަރު އެމެރިކާއަށް ވަޑައިގެންވެސް މެޑިކަލް ޗެކަޕްތަކެއް ހައްދަވާފައި ވެއެވެ.

ޝައިޚް ނަވާފް ކުވައިތުގެ އަމީރުކަމުގެ ހުވާ ކުރައްވާފައިވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއީ ކުރިން ހުންނެވި އެއްބަފާ ބޭބޭފުޅު ޝައިޚް ސަބާހް އަލްއަހުމަދު އަލްޖާބިރު އައްސަބާހް، އުމުރު ފުޅުން 91 އަހަރުގައި އަވަހާރަވުމާ ގުޅިގެންނެވެ.

އަމީރުކަން ލިބިވަޑައިގެންނެވުމުގެ ކުރިން ޝައިޚް ނަވާފް ވަނީ ސަރުކާރުމަތީ އެތައް މަގާމުތަކެއް ފުރުއްވާފައެވެ.  

ކުވައިތު

އިތުރަށް ކިޔާލަން

01 މެއި 2025

ކުވެއިތަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފި

01 މެއި 2025
ކުވެއިތަށް ޕެޓްރިއަޓް މިސައިލް ސިސްޓަމް ވިއްކުމަށް އެމެރިކާއިން ހުއްދަ ދީފި
22 ޖުލައި 2024

އަހަރެމެންގެ ފެންފައިވާން އެންމެ ފަހުން ޖަވާހިރަކަށް؟

22 ޖުލައި 2024
އަހަރެމެންގެ ފެންފައިވާން އެންމެ ފަހުން ޖަވާހިރަކަށް؟
13 މެއި 2024

ކުވޭތުގެ އަމީރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައި އައު ކެބިނެޓެއް އައްޔަން ކުރައްވައިފި

13 މެއި 2024
ކުވޭތުގެ އަމީރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައި އައު ކެބިނެޓެއް އައްޔަން ކުރައްވައިފި
18 މާރިޗު 2024

ބައެއް ހޮސްޕިޓަލުތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ވަނީ ހުއްޓާލާފައި: މިނިސްޓަރު ހަލީލު

18 މާރިޗު 2024
ބައެއް ހޮސްޕިޓަލުތައް އަޅަން ކުވައިތު ފަންޑުން ހަމަޖެއްސި ފައިސާ ދިނުން ވަނީ ހުއްޓާލާފައި: މިނިސްޓަރު ހަލީލު
20 ޑިސެމްބަރު 2023

ކުވައިތުގެ އައު އަމީރަށް ރައީސް މަރުހަބާ ފޮނުއްވައިފި

20 ޑިސެމްބަރު 2023
ކުވައިތުގެ އައު އަމީރަށް ރައީސް މަރުހަބާ ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު