Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގައި ސަރުކާރަށް ފާޑުވިދާޅުވުން

ވެރިކަމަށް ވަޑައިގެން ކުރައްވަނީ ހޮޅި ކަންކަން، މިއީ ޖޯކު ސަރުކާރެއް: މެންބަރު ޙުސައިން މުޙައްމަދުދީދީ

ދޮގު ބުހުތާނުގެ މައްޗަށް ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށް އެ ނޫން ދަތުރެއް ނުޖެހޭނެ ކަމަށް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2023 | އަންގާރަ 09:04
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ

ވެރިކަމަށް ވަޑައިގެން ކުރައްވަނީ ހޮޅި ކަންކަން ކަމަށާއި މިއީ ޖޯކު ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވަރަށް ގިނަ އިތުރުފުޅުތަކެއް ހައްދަވައިގެން ކަމަށެވެ. އަދި އެކަން މިހާރު ރައްޔިތުންނަށް ވެސް ހާމަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިއާ ސިފައިންގެ އެތައް ބަޔަކު ރާއްޖޭގައި ތިބި ކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވި ވާހަކަފުޅާއި ރާއްޖޭގެ ކަނޑު ވިއްކާލި ކަމަށް ވިދާޅުވެ، މި ސަރުކާރުން ވެރިކަމަށް އަންނަން ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް ފަތުރާފައިވާ ކަަމަށް މެންބަރު ހުސެއިން ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހުވާ ކުރައްވާ ފުރަތަމަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވެވަޑައިގެންނެވީ ދޮގު ވައުދުފުޅެއްކަން މިހާރު ހާމަވަމުންދާ ކަމަށް ވެސް މެންބަރު ހުސެއިން ވިދާޅުވިއެވެ. އަދި އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބި ވާހަކަ އާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ކުރީ ސަރުކާރުން ދީފައިވާ ގޯތިތަކާއި ފްލެޓުތައް އަތުނުލައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކުގައި ވެސް ހަގީގަތެއް ނެތްކަން ހާމަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވަމުއްލަކު މެދު ދާއިރާގެ މެންބަރު ޙުސައިންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ވެރިކަމަށް 11 ދުވަސްވި އިރު ކޮންމެ ދުވަހަކު ވެސް ކޮންމެެވެސް 'ހޮޅިކަމެއް' ސަރުކާރުން ކުރާ ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަމެއް ދެތިން ފަހަރު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން މީހަކަށް މަޤާމެއް ދިނަސް ދެ ދުވަސް ފަހުން އެ މަޤާމު އަތުލާ ކަމަށާއި އެކަމުގެ ސަބަބުން މި ސަރުކާރު ސިފަވަނީ ވާނުވާ ނޭނގޭ ޖޯކު ސަރުކާރެއްގެ ގޮތުގައި ކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ދޮގު ބުހުތާނުގެ މައްޗަށް ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށް އެ ނޫން ދަތުރެއް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު ޙުސައިން މުޙައްމަދުދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

"ފުލުހުން އަމަލު ކުރަމުންދާ ގޮތުން، ޖައްބާރު ވެރިކަމަކަށް ފުރުސަތު ލިބޭ."

"ފުލުހުން އަމަލު ކުރަމުންދާ ގޮތުން، ޖައްބާރު ވެރިކަމަކަށް ފުރުސަތު ލިބޭ."

05 އޮކްޓޯބަރު 2025
މެމްބަރުން ތިބީ ރައީސް މުއިއްޒުގެ ބިރަށް އަޅުވެތިވެގެން، ރައީސްގެ ކިބައިން ލަނޑެއް ނުލިބޭ މީހަކު ނެތް  - ހުސައިން މުހައްމަދު ދީދީ

މެމްބަރުން ތިބީ ރައީސް މުއިއްޒުގެ ބިރަށް އަޅުވެތިވެގެން، ރައީސްގެ ކިބައިން ލަނޑެއް ނުލިބޭ މީހަކު ނެތް - ހުސައިން މުހައްމަދު ދީދީ

23 ނޮވެމްބަރު 2024
ވައުދު ވާން ވާނީ ޤައުމުގެ ޙާލަތު ރަނގަޅަށް އެނގިގެން، ސަރުކާރުން ރައްޔިތުންނަށް އޮޅުވާނުލައްވާ: މެންބަރު ހުސައިން

ވައުދު ވާން ވާނީ ޤައުމުގެ ޙާލަތު ރަނގަޅަށް އެނގިގެން، ސަރުކާރުން ރައްޔިތުންނަށް އޮޅުވާނުލައްވާ: މެންބަރު ހުސައިން

06 ފެބުރުއަރީ 2024
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު