Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާކްެގެ މައްސަލަ

ސާކް ހަލާކު ކުރަނީ އިންޑިއާއިން: ނަވާޒް ޝަރީފް

ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެވަޑައިގަތީ ރައީސުލް ޖުމްހޫރިއްޔާގެ ދައުވަތަކަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 26 ޖުލައި 2017 | ބުދަ 13:57
ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެވަޑައިގަތީ ރައީސުލް ޖުމްހޫރިއްޔާގެ ދައުވަތަކަށް

ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެވަޑައިގަތީ ރައީސުލް ޖުމްހޫރިއްޔާގެ ދައުވަތަކަށް

ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ހަލާކު ކޮށް ސަރަހައްދީ ބައްދަލުވުމުގެ ރޫހް ނަގާލަމުންދަނީ އިންޑިއާއިން ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އަންގާރަ ދުވަހު ތުހުމަތު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ އެކު މާލޭގައި ދެއްވި ގުޅިފައިވާ ބަޔާނެއްގައި ނަވާޒް ޝަރީފް ވިދާޅުވީ ސާކް ސަމިޓް ފަސްކޮށް އިންޑިއާއިން ސާކަށް ގެއްލުން ދީފައިވާ ކަމަށެވެ.

މިދިޔަ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 އަދި 16 ވަނަ ދުވަހުގައި ޕާކިސްތާނުގެ އިސްލާމް އާބާދުގައި ބާއްވަން ހަމަޖެއްސި ސާކް ސަމިޓް ފަސްކޮށްފައި ވަނީ އިންޑިއާއިން ސަމިޓް ބޮއިކޮޓް ކުރުމުންނެވެ.

މިއީ ޕާކިސްތާނުން މިގޮތަށް ކަންކުރި ފުރަތަމަ ފަހަރު ނޫންކަމާއި" ހަތަރު މުނާސަބަތެއްގައި އެގޮތަށް ކަންކޮށްފައިވާކަމަށް" ނަވާޒް ޝަރީފް ވިދާޅުވި ކަމަށް ޕާކިސްތާނުގެ ދައުލަތުން ހިންގާ އޭޕީޕީ ނޫސް އޭޖެންސީގައިވެސް ބުނެފައިވެއެވެ.

ނަވާޒް ޝަރީފް ވަނީ ސަރަހައްދީ އެތައް ގައުމެއްގެ އެއްބާރުލުމަށް ބާއްވާ ސާކްގެ ތެރެއަށް ދެ ގައުމެއްގެ މައްސަލަތައް ވައްދައިގެން އިންޑިއާއިން ސާކްގެ ޗާޓަރުގެ ރޫހަށް ހިޔަނި އަޅުވަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.

" ކޮންމެ އަކަސް އަޅުގަނޑުމެން ރައީސް އަބްދުﷲ ޔާމީނަށް ޝުކުރުވެރިވަން އިސްލާމް އާބާދުގައި ސާކް ސަމިޓް ބޭއްވުމަށް ދެއްވި އެއްބާރުލެއްވުމަށް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ނަވާޒް ޝަރީފް އާއި ޔާމީން ވަނީ ސާކަކީ ހަރަކާތްތެރި ޖަމާއަތަކަށް ހެދުމަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ.

ނަވާޒް ޝަރީފް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 52 އަހަރު ފުރުމުގެ މުނާސަބާގައި ބާއްވާ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

މދިޔަ އަހަރު ބާއްވަން އުޅުނު ސާކް ސަމިޓް އިންޑިއާއިން ބޮއިކޮޓްކުރީ، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގެ އޫރީގައިހުރި ސިފައިންގެ ބޭހަކަށް ހަތަރު ހަނގުރާމަވެރިން ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 18 މީހުން މަރާލި މައްސަލާގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ޕާކިސްތާން އެކަހެރި ކުރުމަށް އިންޑިއާއިން އަޅަން ފެށި ފިޔަވަޅުތަކުގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ފިޔަވަޅުގެ ގޮތުގައެވެ. އިންޑިއާއިން އެކަން އިއުލާނުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
24 ޖެނުއަރީ 2017

ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ

24 ޖެނުއަރީ 2017
ދުވާފަރު ޕްރައިމަރީ ސްކޫލުގެ ކިޔެވުން ބައްދުކޮށް އެ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖު ކުރަނީ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު