Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޤައިދީން ބަދަލުކުރުން

މައިންބަފައިންގެ ލޯބި އެންމެ ބޭނުންވި ދުވަހު އިޒްރޭލުގެ ޖަލު ގޮޅިއަށް ފައްތާލި މާރާ، އަނބުރާ މަންމަގެ އަތު ތެރެއަށް!

ކުޑަ ކުއްޖެއްގެ ގޮތުގައި ޔަހޫދީ ޖަލު ބަންދަށް ދިޔަ މަރާ، އެ ޙާލުގައި 8 އަހަރު ދުވަސް ހޭދަކުރި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2023 | ހޮނިހިރު 13:13
އިސްރާއިލުން މިނިވަންކުރި މާރާ އޭނާގެ މަންމައާއެކު

އިސްރާއިލުން މިނިވަންކުރި މާރާ އޭނާގެ މަންމައާއެކު

އެއީ މީގެ 8 އަހަރު ކުރިއެވެ. ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން ފޯރިމަރަމުން ދިޔަ ބޯޑަރު ބަލަހައްޓާ ފުލުހަކަށް ތޫނު އެއްޗަކުން ޙަމަލާ ދިން ކަމުގެ ކުށުގެ ތުހުމަތުގައި ފަލަސްޠީނުގެ އަންހެން ކުއްޖަކު ހައްޔަރު ކުރިއެވެ. އެއީ ޢުމުރުން އޭރު އެންމެ 16 އަހަރުގެ މާރާ ބަކީރްއެވެ. އިޒްރޭލުން އޭނާ ހައްޔަރުކޮށް، 8 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ޙުކުމްކޮށް، ޔަހޫދީ ތޭރިތަކުގެ ފަހަތުގައި އޭނާ ޤައިދު ކުރިއެވެ.

ކުޑަ ކުއްޖެއްގެ ގޮތުގައި ޔަހޫދީ ޖަލު ބަންދަށް ދިޔަ މަރާ، އެ ޙާލުގައި 8 އަހަރު ދުވަސް ހޭދަ ކުރުމަށް ފަހު، މިނިވަން ކަމުގެ ނޭވާއެއް ކިރިޔާވެސް ލެވޭ ވަރުވީ ޢުމުރުން 24 އަހަރު ފުރުނު ފަހުންނެވެ. އެއީ ނިމިގެން މިދާ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން 24 ވީ ހުކުރު ދުވަހުގެ ރެއެވެ. ޔަހޫދީ އިޒްރޭލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ދޮޅު މަހަށް ވުރެ ދިގުލައި ގޮސްފައި ވަނިކޮށް، ޙަމަލާ ދިނުން ވަގުތީ ގޮތުން މަޑުޖައްސާލަން އެއްބަސްވެ، އެކަން ތަންފީޒު ކުރަން ފެށި ދުވަހެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރުމުގެ ބަދަލެއްގެ ގޮތުގައި، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ޤައިދީން ދޫކޮށްލުމުގެ ފުރަތަމަ މަރުހަލާ ކުރިއަށް ދިޔަ ދުވަހެވެ.

މާރާ ހިމެނުނީ މި ދެންނެވި ފަދައިން، އިޒްރޭލުން ފުރަތަމަ ބުރުގައި މިނިވަން ކުރި 39 ޤައިދީންގެ ތެރޭގައެވެ. އޭގެ ތެރޭގައި ހިމެނުނީ 24 އަންހެނަކީ، ފުރާވަރު ޢުމުރުގެ 15 ފިރިހެން ކުދިންނެވެ.

ނަސްލު ދޮވެލުމަށް ޔަހޫދީން ހިންގަން ފެށި ޤަތުލުޢާންމުގައި ހަފުސްކޮށްލާފައިވާ ޣައްޒާއަށް އާދެވުމާއެކު މާރާއަށް ކަރުނަ ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. އޭނާގެ ލޮލުން އޮހެމުން ދިޔައީ އުފަލާއި ހިތާމައިގެ ކަރުނައެވެ. މާރާގެ މަންމަ، ސަވްސަންގެ ޙާލަކީވެސް ހަމަ އެއީއެވެ. އަންހެން ދަރިއަކު ފުރާވަރު ޢުމުރުން ޒުވާން ކަމުގެ ދައުރަށް އަޅާފައި ވަނިކޮށް ލޯ ކުރިމަތިން ގެއްލުނު ގޮތަށް، އެ ދަރިފުޅު ދެން އެ ފެނުނީ ހޭޖެހޭ، ބޮޑު މީހެއްގެ ގޮތުގައި ހުއްޓާއެވެ.  

މީޑިޔާއާ ވާހަކަދައްކަމުން މާރާ ކިޔައިދިން ގޮތުގައި، އޮކްޓޯބަރ 7 ވަނަ ދުވަހު، ޙަމާސް ޖަމާޢަތުން ދިން ޙަމަލާއާއެކު، އެކަހެރި ޖަލު ގޮޅިއަކަށް އޭނާ ބަދަލުކުރިއެވެ. އޭނާއާއެކު ޖަލުގައި ދުވަސްތައް ގުނަމުން ދިޔަ އެހެން ޤައިދީންނާ މުޅިން ވަކިކޮށްލިއެވެ. އެއްބަސްވުމުގެ ދަށުން، އޭނާ މިނިވަން ވާ ކަން މާރާއަށް އެނގުނީ އަދި އޭގެ  މާ ފަހުންނެވެ. އެކަން ވީ، މާރާއަށް ލިބުނު ކުއްލި ސިހުމަކަށެވެ.

އަމިއްލަ މިނިވަންކަމަށް މަސައްކަތް ކުރަމުންދާ ޙަމާސް ޖަމާޢަތުން، އިސްތިޢުމާރީ ޔަހޫދީންނާ ދެކޮޅަށް ތެދުވެ، އޮކްޓޯބަރ 7 ވަނަ ދުވަހު ދިން ޙަމަލާގެ ތެރެއިން 240 މީހަކު ރަޙީނު ކުރިއެވެ. އޭގެ ތެރެއިން 50 މީހަކު މިނިވަން ކުރުމަށް ޙަމާސްއިން އެއްބަސްވިއެވެ. އިޒްރޭލުން ޤައިދީންތަކެއް މިނިވަން ކުރަންވެސް އެއްބަސްވިއެވެ. މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރީ ޤަޠަރާއި މިޞްރެވެ. އިޒްރޭލުން އެއްބަސްވީ 150 އަންހެން ޤައިދީއަކާއި ފުރާވަރު ޢުމުރުގެ ފިރިހެން ކުދިންތަކެއް މިނިވަން ކުރުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި

ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި

20 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ލޯބިވާކަން" ކޮޕީ އެއް ކަމަށް ބުނާ މީހުންނަށް ކުޑަ އިއްބެ ރައްދު ދީފި

"ލޯބިވާކަން" ކޮޕީ އެއް ކަމަށް ބުނާ މީހުންނަށް ކުޑަ އިއްބެ ރައްދު ދީފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު