Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިލަފުށީގައި ކުނި އެންދުން

ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރަނީ

ދުވާލަކު 1،000 ޓަނުގެ ކުނި އެންދޭ ވަރުގެ އިންސިނަރޭޓަރެއް ތިލަފުށީގައި ގާއިމުކުރާނެ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 20 ނޮވެމްބަރު 2023 | ހޯމަ 19:41
ގުޅިފަޅާއި ތިލަފުށި

ގުޅިފަޅާއި ތިލަފުށި

ކ. ތިލަފުށީގައި ދުވާލެއްގެ މައްޗަށް ކުނި އަންދައިގެން ހަކަތަ އުފައްދާ ނިޒާމުގެ ކެޕޭސިޓީ އިތުރު ކުރައްވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ތިލަފުއްޓަށް ވަޑައިގެން، އެތަން ބެއްލެވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިޤް ވިދާޅުވީ މިހާރު ތިލަފުށީގައި ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ޤާއިމުކުރެވޭ އިންސިނަރޭޓަރަކީ ދުވާލަކު 500 ޓަނުގެ ކުނި އެންދޭވަރުގެ ނިޒާމެއް ކަމަށާއި އެހެން ނަމަވެސް ދުވާލަކު 1،000 ޓަނުގެ ކުނި އެންދޭ ވަރުގެ އިންސިނަރޭޓަރެއް ތިލަފުށީގައި ގާއިމުކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ތިލަފުށްޓަށް ދުވާލަކު 1،000 ޓަނުގެ ކުނި ޖަމާކުރާ ކަމަށާއި، އެހެން ކަމުން 1،000 ޓަނުގެ ކުނި އެންދޭވަރުގެ އިންސިނަރޭޓާރެއް ގާއިމުކުރުމަށް އެ ރަށަށް އިތުރު 20 ހެކްޓަރުގެ ބިން ބޭނުންވާނެ ކަމަށެވެ.

އެހެން ކަމުން، މި ސަރުކާރުން ކުރިއަށް އޮތް ތަނުގައި އެ މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަމަކީ ރައްކާތެރި ގޮތުގައި ކުނި ނައްތާލުމާއި ކުނީގެ މައްސަލައަށް ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން އެ މަޝްރޫޢުއަކީ ކުނި އަންދައިގެން ހަކަތަ އުފައްދާ އެންމެ ބޮޑު ނިޒާމަށް ވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަޝްރޫއަށް 150 މިލިއަން ޑޮލަރު ހަރަދު ވާނެ އެވެ. އަދި އެ މަސައްކަތް އަންނަ އަހަރުގެ އޮގަސްޓަށް ނިންމާލުމަށް ވަނީ ތާވަލުކޮށްފަ އެވެ.

ތިލަފުށީގައި ކުނިން ހަކަތަ އުފާދާ ޕްލާންޓް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް)ގެ އެހީތެރިކަމާއި އެކުގައެވެ.

ހަސަން އަބްދުއްރަހްމާން އެންވަޔަރަމަންޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
22 އޮކްޓޯބަރު 2025

ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

22 އޮކްޓޯބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
22 އޮކްޓޯބަރު 2025

ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

22 އޮކްޓޯބަރު 2025
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
18 އޮކްޓޯބަރު 2025

ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު

18 އޮކްޓޯބަރު 2025
ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު