Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝުމްބާގެ މައްސަލަ

"ޝުމްބާ" ހައްޔަރު ކުރީ ރަނގަޅަށް ނޫން ކަމަށް ނިންމާ އޭނާގެ ކިބައިން ދައުލަތުން މަޢާފަށް އެދެން ޖެހޭ ކަމަށް ނިންމައިފި

14 ނޮވެމްބަރު 2023 | އަންގާރަ 13:31

މާލީ ގޮތުން ދޭން ނިންމި ބަދަލުގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 14 ނޮވެމްބަރު 2023 | އަންގާރަ 13:31
އަހުމަދު އަޝްރަފް (ޝުމްބާ ގޮންގ)

އަހުމަދު އަޝްރަފް (ޝުމްބާ ގޮންގ)

އަހުމަދު އަޝްރަފް، ނުވަތަ"ޝުމްބާ ގޮންގ"، 2015 ވަނަ އަހަރު ލަންކާގައި ހުއްޓާ ހައްޔަރުކޮށް ރާއްޖެ ގެނައި މައްސަލަ ބަލައިދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ އޭނާ އާއި އެއްކޮޅަށް ނިމިއްޖެއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ޝުމްބާ އާއި އެއްކޮޅަށް ނިމުނުކަން އަންގާރަ ދުވަހު އޭނާ އަށް ވަނީ އަންގާފައެވެ. އިންތިގާލީ އޮފީހަށް މި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން އެވެ. އެނގިފައިވާ ގޮތުން މި މައްސަލައިގައި އިންތިގާލީ އިންސާފުގެ އޮފީހުން ނިންމާފައި ވަނީ ޝުމްބާ ހައްޔަރުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ނުވާތީ އޭނާގެ ކިބައިން ދައުލަތުން މަޢާފަށް އެދެން ޖެހޭ ކަަމަށެވެ. އަދި އޭނާ އަށް މާލީ ބަދަލެއް ދޭން ޖެހޭ ކަމަށް ވެސް ވަނީ ނިންމާފައެވެ.

ނަމަވެސް މާލީ ގޮތުން ދޭން ނިންމި ބަދަލުގެ ތަފްސީލް ވަނީ އަދި ލިބޭ ގޮތް ނުވެފައެވެ. އެ މައުލޫމާތާއި މައްސަލައިގެ އިތުރު ތަފްސީލްތައް އެނގޭނީ މައްސަލަ ނިމުނު ގޮތުގެ ތަފްސީލް ރިޕޯޓް ހާމަކުރުމުންނެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. ޝުމްބާ ރާއްޖެއިން ބޭރުގައި ހުއްޓާ ގާނޫނާއި ހިލާފަށް ހައްޔަރުކޮށް، ރާއްޖެ ގެނެސް ބަންދުގައި ބަހައްޓައިގެން ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިން މައްސަލަ ބަލައިދިނުމަށް އޭނާގެ ފަރާތުން އިންތިގާލީ އިންސާފުގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލައިގައި ޝުމްބާ އެދިފައިވަނީ އޭނާގެ އިންސާނީ ހައްގުތަކާއި ކަރާމަތަށް އަރައިގަނެފައިވާތީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާއަށް އަނިޔާ ކުރި މީހުންނާއި އެކަމުގައި ބައިވެރިވެފައިވާ ކަަމަށް ފާހަގަވެފައިވާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ ދައުވާކޮށްދިނުމަށެވެ.

އަހްމަދު އަޝްރަފް (ޝުމްބާ)

އިތުރަށް ކިޔާލަން

13 ސެޕްޓެމްބަރު 2021

ޝުމްބާ ހައްޔަރުކުރި މައްސަލައިގައި އިންސާފު ހޯދުމަށް އިންތިޤާލީ އިންސާފުގެ އޮފީހަށް

13 ސެޕްޓެމްބަރު 2021
ޝުމްބާ ހައްޔަރުކުރި މައްސަލައިގައި އިންސާފު ހޯދުމަށް އިންތިޤާލީ އިންސާފުގެ އޮފީހަށް
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް