Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އަމިއްލަ ދަނޑުގައި އެމްޕޮލީ އަތުން ނަޕޯލީ ބަލިވެއްޖެ

މި ސީޒަންގެ ލީގުގައި އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ނޮވެމްބަރު 2023 | ހޯމަ 00:27
މެޗުގައި ލަނޑު ޖެހުމަށްފަހު އެމްޕޮލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު އެމްޕޮލީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ ބަލިވެއްޖެ އެވެ.

ލީގުގައި އާދީއްތަ ދުވަހުގެ ރޭ ނަޕޯލީގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވީ 1-0 އިންނެވެ. މިދިޔަ ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބު ކުރި އިރު، ނަޕޯލީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް، މި ސީޒަންގެ ލީގުގައި އެ ޓީމުގެ ނަތީޖާތައް ވަނީ ދަށްވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ނަޕޯލީގެ ޖިއޮވާނީ ސިމިއޯން ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ލަނޑު ބަަލައި ނުގަތުމަށެވެ. އޭގެ ފަހުން ވެސް ނަޕޯލީ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބި، ބޭކާރުވެފަ އެވެ. މެޗުގައި އެމްޕޮލީން ލަނޑު ޖެހީ، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. ޓީރޯން އެބުއެހީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެމްޕޮލީގެ ލަނޑު ޖެހީ ވިކްޓޯ ކޮވަލެންކޯ އެވެ.

މިއީ މި ސީޒަންގެ އިޓާލިއަން ލީގުގައި ނަޕޯލީގެ ތިން ވަނަ ބައްޔެވެ. މިހާތަނަށް ލީގުގައި އެ ޓީމުން ވަނީ 12 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ހަ މެޗުން މޮޅުވެފައިވާއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. އަނެއް ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. 12 މެޗުން ލިބުނު 21 ޕޮއިންޓާއެކު ނަޕޯލީ އޮތީ ހަތަރު ވަނައިގަ އެވެ. ނަޕޯލީ އަތުން ހޯދި މޮޅާއެކު އެމްޕޮލީން ވަނީ ރެލިގޭޝަން ޒޯނުން ކުރިއަށް ޖެހިލައިފަ އެވެ. މިހާތަނަށް ކުޅުނު 12 މެޗުން 10 ޕޮއިންޓާއެކު އެ ޓީމު އޮތީ 17 ވަނައިގަ އެވެ.

އިޓާލިއަން ލީގުނަޕޯލީއެމްޕޮލީ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
17 ފެބުރުއަރީ 2025

ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި

17 ފެބުރުއަރީ 2025
ޔުވެންޓަސް އަތުން ބަލިވެ، އެއް ވަނަ އަށް ޖެހިލަން ލިބުނު ފުރުސަތު އިންޓަރ މިލާނުން ނަގާލައިފި
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
27 ޖެނުއަރީ 2025

ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި

27 ޖެނުއަރީ 2025
ލެއްޗޭ ބަލިކޮށް، އިންޓަރ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު