Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް އިބްރާހީމް މުހައްމަދު ސާލިހު

މުޅި ރާއްޖެ ލާމަރުކަޒުކޮށް ގެނައި ބޮޑުބަދަލާއެކު، އެކި ދާއިރާތަކުން ގައުމު ކުރިއަރާނެ: ރައީސް

11 ނޮވެމްބަރު 2023 | ހޮނިހިރު 06:47

މި ސަރުކާރުން އިޖުތިމާއީ ޚިދުމަތް ލާމަރުކަޒުކޮށް، ބަދަލުތައް ގެންނެވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 11 ނޮވެމްބަރު 2023 | ހޮނިހިރު 06:47
ރައީސް، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ

ރައީސް، އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކުރައްވަނީ

މުޅި ރާއްޖެ ލާމަރުކަޒުކޮށް، ގެނައި ބޮޑުބަދަލާއެކު އެކި ދާއިރާތަކުން ގައުމު ކުރިއަރައިގެންދާނެ މަގުތައް މިހާރު ފަހިވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުޚާތަބުކުރައްވައި، ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒުކުރުމަށް ގާނޫނީގޮތުން ގެންނެވި ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ބާރުތައް އެއްތާކަށް ޖަމާކޮށްގެން ގައުމު ކުރިނާރާނެކަމަށެވެ. އަދި ރާއްޖޭގެ ހިންގުން ލާމަރުކަޒުކޮށް ގެންނެވި ބަދަލުތަކަށް އަލިއަޅުވާލައްވަމުން، ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ފަރުވާ ހޯދޭނެ މަގަކީ ލާމަރުކަޒީ ނިޒާމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ސަކާރުން ފަށައިގެން ކުރިއަށްގެންދިޔަ ޓާރޝަރީ 5 ހޮސްޕިޓަލަކީ ސިއްހީ ދާއިރާއިން ހޯދުނު ވަށާޖެހޭ ހައްލެއްކަމަށާއި، ނަފްސާނީ ދުޅަހެޔޮކަން މުޅި ރާއްޖެއަށް އާންމުކުރުމުގެ މަޝްރޫއުވެސް ސަރުކާރުން ފައްޓަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައިވެސް ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީތައް ހޯދިފައިވަނީ ވޭތުވެ ދިޔަ 5 އަހަރުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރުން، ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްވެސް ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވޭގޮތަށް ބަދަލު ގެންނަވާފައި ވާކަމަށާއި، ވަކިވަކި ކުޅުންތެރިން ތަމްސީލުކުރާ ކުޅިވަރުތަކާއި ޓީމް ކުޅިވަރުތަކަށް އަމާޒުކޮށް ހުނަރުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައްވެސް ފަށާފައިވާކަމަށް ވިދާޅުވިއެވެ.

އިޖުތިމާއީ ޚިދުމަތް ލާމަރުކަޒުކޮށް ގެންނެވި ބަދަލުތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިޖުތިމާއީ ޚިދުމަތްތައް ފެންވަރު ރަނގަޅުކޮށް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްސަކޮށް ރާއްޖޭގެ ހަތް ސަރަހައްދެއްގައި އަމާންވެށި ގާއިމުކޮށްފައި ވާކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ކަންކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފަހިކޮށްދީ، އެފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްފައި ވާކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް