Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައްޝިފާ ހޮސްޕިޓަލަށް ސިއްހީ އެހީ ފޯރުކޮށްދިނުން

އައްޝިފާ ހޮސްޕިޓަލަށް ސިއްހީ އެހީގެ ސާމާނު ފޯރުކޮށްދީފި

9 ނޮވެމްބަރު 2023 | ބުރާސްފަތި 02:21

މިއީ ހަނގުރާމަ ފެށުނު ފަހުން އެ ހޮސްޕިޓަލަށް ސިއްހީ އެހީ ފޯރުކޮށްދިން ދެވަނަ ފަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 02:21
އައްޝިފާ ހޮސްޕިޓަލު

އައްޝިފާ ހޮސްޕިޓަލު

ޣައްޒާގެ މައި ހޮސްޕިޓަލު ކަމުގައިވާ އައްޝިފާ ހޮސްޕިޓަލަށް ކޮންމެހެން ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށްދެވިފައިވާކަމަށް ޑަބްލިޔުއެޗްއޯ އާއި ޔޫއެން އެޖެންސީ ފޮރ ފަލަސްތީނިއަން ރެފިޔުޖީ ކޭމްޕުން ބުނެފިއެވެ.

ދެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިއީ ހަނގުރާމަ ފެށުނު ފަހުން އެ ހޮސްޕިޓަލަށް ސިއްހީ އެހީ ފޯރުކޮށްދިން ދެވަނަ ފަހަރުކަމަށެވެ. ނަމަވެސް އަދިވެސް ބޭނުންވާވަރާ ގާތަށް ވެސް ތަކެތި ފޯރުކޮށްދެވިފައި ނުވާކަމަށް ބުނެއެވެ. ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފަލަސްތީނުގައި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށާއި ތެޔޮ ނުލިބުމުގެ ސަބަބުން ހޮސްޕިޓަލްތައް ހިންގުމަށް އިންތިހާއަށް ދަތިވަމުން އަންނަކަމަށެވެ.

އައްޝިފާ ހޮސްޕިޓަލަކީ ޣައްޒާގައި ހުންނަ އެންމެ ބޮޑު މެޑިކަލް ފެސިލިޓީ ކަމަށްވާއިރު، އެ ހޮސްޕިޓަލަކީ މިހާރު އިސްރާއީލުގެ ހަމަލާތަކުން ހިމާޔަތް ހޯދަމުން އަންނަ އެތައް ހާސް ބަޔަކު ދިރިއުޅެމުން އަންނަ ހޮސްޕިޓަލެކެވެ.

ތެލާއި ފެނާއި ބޭހުގެ ދަތިކަމުގެ ސަބަބުން މިހާރުވެސް ހަލާކުވާން ކައިރިވެފައިވާ އެ ހޮސްޕިޓަލުގެ ސޯލާ ޕެނަލް ސިސްޓަމަށް ވެސް މިދިޔަ އަންގާރަ ދުވަހު އިސްރާއީލު ސިފައިން ވަނީ ހަމަލާދީފައެވެ.

އައްޝިފާ ހޮސްޕިޓަލާއި ކައިރީގައި ހުންނަ އިމާރާތްތަކަށް އިސްރާއީލުން ހަނގުރާމަ ފެށުނީއްސުރެ ހަމަލާތައް އަންނަނީ ދެމުންނެވެ.

އިސްރާއީލުން ބުނާގޮތުގައި ހަމާސްގެ މައި އަސްކަރީ އޮޕަރޭޝަން މަރުކަޒު ހުންނަނީ އައްޝިފާ ހޮސްޕިޓަލުގެ ދަށުގައެވެ. ނަމަވެސް މިކަން ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކާއި އިންސާނީ ހިދުމަތްތެރިން ދޮގުކުރެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2019

އދ އިން ފަލަސްތީނުގެ ރެފިޔުޖީންނަށް ދޭ އެހީގެ މުއްދަތު އިތުރުކޮށްފި

14 ޑިސެމްބަރު 2019
އދ އިން ފަލަސްތީނުގެ ރެފިޔުޖީންނަށް ދޭ އެހީގެ މުއްދަތު އިތުރުކޮށްފި
28 ޖުލައި 2019

އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދިން އަދަދު ކުޑަވުމުން ލަންކާއިން ބޮޑާހާކައިފި

28 ޖުލައި 2019
އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދިން އަދަދު ކުޑަވުމުން ލަންކާއިން ބޮޑާހާކައިފި
15 ސެޕްޓެމްބަރު 2018

އިންޑޮނޭޝިއާގެ ލޮމްބޮކަށް ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

15 ސެޕްޓެމްބަރު 2018
އިންޑޮނޭޝިއާގެ ލޮމްބޮކަށް ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި
28 އޯގަސްޓު 2018

އަލްޖީރިއާގެ ރައީސް ބޫތެފްލިކާ ސިއްހީ ފަރުވާއަށް ޖެނީވާގައި

28 އޯގަސްޓު 2018
އަލްޖީރިއާގެ ރައީސް ބޫތެފްލިކާ ސިއްހީ ފަރުވާއަށް ޖެނީވާގައި
30 ޖުލައި 2018

ފަރުވާދިނުމަށް ނަވާޒު ޝަރީފު ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި

30 ޖުލައި 2018
ފަރުވާދިނުމަށް ނަވާޒު ޝަރީފު ޖަލުން ހޮސްޕިޓަލަށް ބަދަލުކޮށްފި
02 ޑިސެމްބަރު 2017

އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ

02 ޑިސެމްބަރު 2017
އދގެ އެހީގެ ޕްރޮގްރާމަށް ރެކޯޑް އަދަދެއްގެ ފައިސާއަށް އެދިއްޖެ
06 އޮކްޓޯބަރު 2017

ސަޢުދީ ރަސްގެފާނުގެ ތާރީޚީ ދަތުރުފުޅު: ރަޝިއާ އިން އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ސާމާނު ބައްލަވައިގެންފި

06 އޮކްޓޯބަރު 2017
ސަޢުދީ ރަސްގެފާނުގެ ތާރީޚީ ދަތުރުފުޅު: ރަޝިއާ އިން އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ ސާމާނު ބައްލަވައިގެންފި
03 ސެޕްޓެމްބަރު 2017

ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި

03 ސެޕްޓެމްބަރު 2017
ތޫފާން ހާވީ:އެހީގެ ކަންކަން ގެންދާ ގޮތަށް ރައީސް ޓްރަމްޕް ތައުރީފް ކުރައްވައިފި
20 އޯގަސްޓު 2017

އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް

20 އޯގަސްޓު 2017
އިނގިރޭސި ވިލާތުން ސިއްހީ ފަރުވާ ހޯއްދެވުމަށްފަހު ބުހާރީ އަނެއްކާވެސް ގައުމަށް
08 މާރިޗު 2017

ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު

08 މާރިޗު 2017
ކާބުލްގައި ހުންނަ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ދިން ހަމަލާއެއްގައި 30 އަށްވުރެ ގިނަ މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް