Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަތުރުފަތުރުގެ ނިޒާމް

އަމާޒަކަށްވީ 2024ގެ ނިޔަލަށް މުޅި ރާއްޖެ ގުޅާލުން، އައު ލޯންޗުތައް ބަނުމުގެ މަސައްކަތް ވެސް ވާނީ ކޮށްފައި - އާޒިމް

6 ނޮވެމްބަރު 2023 | ހޯމަ 09:03

ޚިދުމަތް ފުޅާކުރުމަށް އިތުރު ލޯންޗްތައް ބަނުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ނޮވެމްބަރު 2023 | ހޯމަ 09:03
އާރުޓީއެލް ފެރީގެ ޚިދުމަތް

އާރުޓީއެލް ފެރީގެ ޚިދުމަތް

އަމާޒަކަށްވީ 2024 ނިމެންވާއިރަށް ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅާލުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަަވަމުންނެވެ. އާޒިމް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ޤައުމީ ގޮތެއްގައި ވިސްނާ ސަރުކާރެއް ކަމަށް ވެއްޖެނަމަ، މި ސަރުކާރުން ފެށި އާރްޓީއެލްގެ ނިޒާމް ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement - newsAdvertisement

ދަތުރުފަތުރުކުރުމުގެ ނިޒާމް ކުރިން އޮތް ގޮތަށް ބަލާއިރު އެމްޓީސީސީގެ އިތުރުން އެމްޕީއެލް އާއި އަމިއްލަ ފަރާތްތަކުން ވެސް އެ މަސައްކަތް ކުރަމުން އައި ކަމަށް އާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިހާރު ދަތުރުފަތުރުގެ ނިޒާމް ހަރުދަނާވެފައި އޮތީ ޕްލޭންތަކަކާއެކު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރަމުން ދަނީ ސެންޓްރަލައިޒްކޮށްގެން ކަމަށާއި، އެ މަަސައްކަތް ކުރަމުންދަނީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ވެސް އެކުގައި، ތަޖުރިބާ ހުރި މީހުންނާއި އެކުގައި ކަމަށް އާޒިމް ވިދާޅުވިއެވެ. އެކަމަށް ބޭނުންވާ އައިޕީ ސޮފްޓްވެއަރ ވެސް ހޯދާފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެ ނިޒާމް ފުރިހަމަ ކުރުމަށް މިހާރުވެސް އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީގެ ޚިދުމަތްތަކަކީ އާއްމުން ބަލައިގަންނަ ޚިދުމަތްތަކެއްކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

އަދި ޚިދުމަތް ފުޅާކުރުމަށް އިތުރު ލޯންޗުތައް ބަނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި، ފެރީގެ ޚިދުމަތް ހައިސްޕީޑް ދަތުރުފަތުރަށް ބަދަލުކޮށް ދަތުރުފަތުރުގެ ނިޒާމް ކުރިއަރުވަން މަސައްކަތްކޮށްފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމް މި ވެރިކަމާއި ހިސާބަށް އައި އިރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު އެކަން ބަދަލުވެފައިވާކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އާރްޓީއެލްގެ މަސައްކަތަކީ މިއަދު އާއްމުންގެ އިތުބާރު ލިބިފައިވާ ބަރޯސާވެވޭފަދަ ނިޒާމެއް ކަމަށެވެ. އަދި އާރްޓީއެލް ދަތުރުތައް ފެށުމުން ދަތުރުތަކަށް އޮތް ޑިމާންޑަށް ބަލާލުމުން އާއްމުން މި ޚިދުމަތަށް ބޭނުން ވެފައި ތިބިކަން ވަރަށް ބޮޑަށް އެނގިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް