Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތާޖް މަހަލް ވިހަ ދުމުން ފަރުދާވުން

ކެމެރާތަކުގެ ލެންސަށް ތާޖް މަހަލް ގެއްލެނީ!

ތާޖް މަހަލްވެސް ހުރީ ވިހަ ދުމުގެ ފަރުދާއަކުން ނިވާވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 6 ނޮވެމްބަރު 2023 | ހޯމަ 05:59
ވައި ތަޣައްޔަރު ވެގެން، ފޮޓޯ ނަގާއިރު، ތާޖް މަހަލް ސާފުކޮށް ފެންނާކަށް ނެތް

ވައި ތަޣައްޔަރު ވެގެން، ފޮޓޯ ނަގާއިރު، ތާޖް މަހަލް ސާފުކޮށް ފެންނާކަށް ނެތް

އިންޑިއާގެ އާގްރާގައި ހުންނަ ތާޖް މަހަލްއޭ ބުނުމުން އެއީ ކޮން ތަނެއްކަން ނޭނގޭނެ މީހަކު މަދު ވާނެއެވެ. އިންޑިއާގެ ތާރީޚާ ގުޅިފައި އޮތް އެތައް ވާހަކައެއް އެތަނަކަށް ނިސްބަތްވާ، އަދި ދުނިޔޭގެ އަޖައިބުތަކުގެ ލިސްޓުތަކުންވެސް ޖާގަ ހޯދާ ތާޖް މަހަލްއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބެމުން ދާ ސަމާލުކަމަށް އަދިވެސް ފަނޑުކަމެއް ނާދެއެވެ. އިންޑިއާއަށް ޒިޔާރަތް ކުރާ ގިނަ ބަޔަކު، ނުވަތަ އާގްރާއަށް ދަތުރު ކުރާ މީހަކު ވިއްޔާ، ތާޖް މަހަލް ބަލާލަން ދިއުމާއި، ތާޖް މަހަލްގެ ހިތްގައިމު ފެންގަނޑު ކައިރީގައި ހުއްޓިލައިގެން ހުރެ ފޮޓޯއެއް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ފަދައެވެ.

ތާޖް މަހަލް ބަލާލުމަށްޓަކައި ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު އެ ސަރަޙައްދަށް ޒިޔާރަތް ކުރެއެވެ. ނަމަވެސް، މި ދުވަސްވަރު ތާޖް މަހަލްއަށް ޒިޔާރަތް ކުރާ މީހުންގެ މޫނުމަތިން ފެންނަނީ މާ އެދެވޭ ކުލަވަރު ތަކެއް ނޫނެވެ. އާނއެކެވެ. ތާޖް މަހަލް ކޮބައި ހެއްޔެވެ؟ އެހާ ތަކުލީފު ބޮޑު ދަތުރެއްކޮށްފައި އަންނައިރު، އެ ބުނާ ހިތްގައިމު ގަނޑުވަރު ފެންނަންވެސް ނެތީއެވެ. ފޮޓޯއެއް ނަގަން ބަލާއިރު، އެކަންވެސް ވާކަށް ނެތެވެ. އެއްވެސް ހިތްގައިމު ކަމެއް ނެތެވެ. ތަސްވީރުތަކުން ފެނުނު ތާޖް މަހަލް ކޮބައި ހެއްޔެވެ؟

ސުވާލު އުފެދި ނުދާންވީ ސަބަބެއް ނެތެވެ. މި ދުވަސްވަރަކީ އިންޑިއާގެ އުތުރުގެ ސަރަޙައްދުގައި ވިހަ ދުމުގެ މައްސަލަ އެންމެ ބޮޑުވެގެން ދާ ދުވަސްވަރެވެ. ދުންފިނި ބޯވާ ދުވަސްވަރެއްގައި މަންޒަރު ފުސްވާ ފަދައިން، އިންޑިއާގެ އުތުރުގެ ސަރަޙައްދުތައް ވަށާ ބައްދާލާފައި އޮތީ ވިހަ ދުމުންނެވެ. ތާޖް މަހަލްވެސް ހުރީ ވިހަ ދުމުގެ ފަރުދާއަކުން ނިވާވެފައެވެ.

ތާޖް މަހަލް ބަލާލުމަށްޓަކައި އެ ސަރަޙައްދަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާ ވާހަކަދައްކާލުމުން، އެމީހުންވެސް ތިބީ ޝޮކެއްގައިކަން ހާމަވެއެވެ.

ވައި ތަޣައްޔަރު ވުމުގެ ސަބަބުން، ވެރި ރަށް ނިއުދިއްލީގައި ޢިމާރާތްތަކުން ބޭރުގައި މަސައްކަތް ކުރާ މީހުންނަށްވެސް ވަނީ އިތުރު ނުތަނަވަސްކަމަކާއި ހާސްކަމަކާ ކުރިމަތިލާން މަޖުބޫރުވެފައެވެ.

ތާޖް މަހަލް ނުފެނިގެން އެކަމުގެ ޝަކުވާ ކުރާ ފަތުރުވެރިއަކަށް ވުރެ، ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން ޞިއްޙަތަށް ނުރައްކާ ވަމުންދާ މީހެއްގެ ޝަކުވާގެ ބުރަދަން ބޮޑު ކަމުގައިވެސް ދެންނެވިދާނެއެވެ.

އިންޑިއާގެ އުތުރުގެ ސަރަޙައްދުތަކުގައި މި ދުވަސްވަރު އިންތިހާއަށް ދުން ބޯވެފައި އޮތީ މޫސުމީ ކަމަކާވެސް ގުޅިގެންނެވެ. ފިނިހޫނުމިން ދަށްވުމާއި، ވައިޖެހުން މަޑުވެފައި ވަނިކޮާށް، އަވަށްޓެރި ދަނޑުވެރި ސްޓޭޓްތަކުން ދަނޑުބިންތައް އަންދަމުން ދާ ދިއުމަކީ ގުޅި-ލާމެހިފައި އޮތް ހައިޖާނުގަނޑެކެވެ. ކައިރި މުސްތަޤުބަލެއްގައި ވައި ސާފުވެދާނެ ކަމަކަށް، އޮފިޝަލުންވެސް ޤަބޫލެއް ނުކުރައްވައެވެ.

ތާޖް މަހަލްއިންޑިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު