Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ވިޔަފާރި ކުރުން

ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި

4 ނޮވެމްބަރު 2023 | ހޮނިހިރު 07:27

ދެފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތުވެސް ޖަހާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ނޮވެމްބަރު 2023 | ހޮނިހިރު 07:27
ހައި ކޯޓް

ހައި ކޯޓް

މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހިމެނޭ މީހަކު ދޫކޮށްލުމަށް ހޯރަފުށީ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ހއ ހޯރަފުށީ އިބްރާހީމް މުޙައްމަދު އިސްވެހުރެ އިތުރު މީހަކާއި ގުޅިގެން އެރަށަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 07 ސެޕްޓެމްބަރ 2023 ދުވަހު އިބްރާހީމް މުޙައްމަދު ހައްޔަރުކޮށްފައިވެއެވެ.

Advertisement - newsAdvertisement

އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެކި ނައްތާލަފާނެކަމަށް ފެންނާތީއާއި ކުށުގެ ޢަމަލު ތަކުރާރު ކޮށްފާނެކަމަށް ފެންނާތީ އާއި، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ އޭނާ ބަންދުކޮށްދިނުމަށް އެދި ހޯރަފުށީ މެޖިސްޓްރޭޓު ކޯޓަށް ދައުލަތުން ހުށައެޅިއެވެ.

އެއަށްފަހު ދެފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތުވެސް ޖަހާފައިވެއެވެ. އެއަށްފަހު ތިންވަނަ ފަހަރަށް ހުށައެޅިއިރު ދައުލަތުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްދިނުމަށް އެދިފައެވެ.

އެހެންނަމަވެސް އެފަހަރު ކޯޓުން ނިންމީ އޭނާ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށެވެ. ވުމާއެކު ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު ދީބާނާޒު ފަހުމީ، ފަނޑިޔާރު ހުޒައިފާ މުޙައްމަދު އަދި ފަނޑިޔާރު އަހުމަދު ޝަކީލެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް ނިންމި އަމުރު ބާތިލުކޮށް، ބަންދާމެދު ގޮތެއް ކަނޑައެޅުމަށް 7 ދުވަހުގެ ތެރޭގައި ދަށު ކޯޓަށް ހުށައަޅައިފިނަމަ ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ އަލީގައި އޭނާގެ ބަންދާމެދު އަލުން ގޮތެއް ކަނޑައަޅަންޖެހޭކަމަށް ނިންމަވާފައެވެ.

ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ހެކިބަސްދޭން ހުރިމީހަކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލުއޮތް މިންވަރާއި، ކުށަށް އިޢުތިރާފު ވެފައިވުމާއި ނުވުމާއި، މުޖުތަމަޢުގައި އޭނާގެ ބާރާއި ނުފޫޒުއޮތް މިންވަރަށް ރިޢާޔަތްކޮށް، އިބްރާހީމް މުޙައްމަދުގެ ބަންދާމެދު ކުރިން ގޮތް ނިންމާފައިވާ ޙާލަތު ބަދަލުވިގޮތް މެޖިސްޓްރޭޓު ކޯޓުގެ އަމުރުން ސާފެއް ނުވެއެވެ.

މަސްތުވާތަކެތިހައި ކޯޓު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
22 އޮކްޓޯބަރު 2025

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް