Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޓަ ސްކޫލް ވޮލީޯ މުބާރާތް 2023

ވޮލީގެ ހުނަރު އޮތީ އަތޮޅުތެރޭގައި، ކުރިމަގު އުޖާލާ ވާނީ އެ ކުޅުންތެރިންނާއެކު!

ވޮލީގެ ހުނަރު އަތޮޅު ތެރޭގައި އޮތް ނަމަވެސް، އެ ހުނަަރު އިތުރަށް ތަރައްޤީކޮށް، ކުރިއަރުވަން ކުރާނެ މަސައްކަތެއް މިހާތަނަށް ފެނިފައި ނުވޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2023 | ބުރާސްފަތި 10:00
އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ފ.އަތޮޅު މަދަރުސާ އިން ކުޅުނު މެޗެއްގެ ތެރެއިން

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުގައި ފ.އަތޮޅު މަދަރުސާ އިން ކުޅުނު މެޗެއްގެ ތެރެއިން

އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތަކީ، އެ މުބާރާތުން ހުނަރުވެރި އެތައް ކުޅުންތެރިން ފެނިގެންދާ މުބާރާތެކެވެ. ރާއްޖޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން އުފެދިގެން އަންނަ މުބާރާތެކެވެ. ވޮލީ ގައި ކުރިއަށް ދާން ބޭނުންވާ ޒުވާން ކުޅުންތެރިންނަށް، އެ ކުޅުންތެރިންގެ ހުނަރު ދައްކާލަން ލިބޭ މުބާރާތެކެވެ. ތިން އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރުގެ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް ބާއްވާފައިވާއިރު، މިއަހަރުގެ މުބާރާތުން ވެސް ފެނުނީ އެކަމެވެ. ތިން އަހަރު ވަންދެން ސްކޫލުތަކުގެ މުބާރާތް ހުއްޓިފައި އޮތް ނަމަވެސް، ސްކޫލުތަކުގައި ވޮލީގެ ޙަރަކާތް ހުއްޓިފައި ނެތް ކަމެވެ. ޚާއްސަކޮށް މުބާރާތުގައި އަތޮޅު ތެރެއިން ވާދަ ކުރި ސްކޫލުތަކުގަ އެވެ. މުބާރާތުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ ވެސް އަތޮޅު ތެރޭގެ ސްކޫލުތަކުންނެވެ.

މުބާރާތުގެ ދެ އުމުރުފުރާއެއްގެ ކުޅުން އެއްކޮށް ނިންމާލާފައިވާއިރު، މޮޅެތި އެތައް ކުޅުންތެރިން ފެނިއްޖެ އެވެ. ވޮލީ ގައި ކުރިއަށް ދެވޭނެ ފެންވަރު ހުރި، އަދި އެ ހުނަރު ހުރި ކުޅުންތެރިންނެވެ. އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ އަތޮޅު ތެރޭގެ ސްކޫލުތަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ނަމަވެސް، މި ކުޅުންތެރިންގެ މުސްތަޤުބަލު ރާވާލާނެ ގޮތެއް މާބޮޑަކަށް ސާފުވެފައެއް ނުވެ އެވެ. ސަބަބަކީ ވޮލީގެ ހުނަރު އަތޮޅު ތެރޭގައި އޮތް ނަމަވެސް، އެ ހުނަަރު އިތުރަށް ތަރައްޤީކޮށް، ކުރިއަރުވަން ކުރާނެ މަސައްކަތެއް މިހާތަނަށް ފެނިފައި ނެތުމުންނެވެ. ރަށް ރަށުގެ ސްކޫލުތަކުގައި ތިބި މުދައްރިސުން ކުރާ މަސައްކަތުން އެ ކުދިންގެ ހުނަރު އެންމެ ފުރިހަމަ އަށް ތަރައްޤީ ވެސް ނުވެދާނެ އެވެ. އެކަމަށް ބޭނުންވަނީ ދުރު ރާސްތާ ޕްލޭނަކާއި، ދެމެހެއްޓެނިވި މަސައްކަތެކެވެ. އެކަން އަތޮޅު ތެރޭގެ ސްކޫލުތަކުގެ ކޯޗުން ވެސް ވަނީ ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ ކާމިޔާބު އެއް ސްކޫލަކީ ފ.ފީއަލީގައި ހުންނަ ފ.އަތޮޅު މަދަރުސާ އެވެ. އެ ޓީމުން ވަނީ ދެ އުމުރުފުރާއެއްގައި ހަތަރު ޓީމު ބައިވެރިކޮށްފަ އެވެ. އޭގެ ތެރެއިން ތިން ޓީމު މުބާރާތް ނިންމާލީ ތައްޓާ އެކު އެވެ. އަނެއް ޓީމު ވަނީ ތިން ވަނަ ހޯދައިފަ އެވެ. މިއީ މީގެ ތިން އަހަރު ކުރިން 2019 ވަނަ އަހަރު އޮތް އިންޓަ ސްކޫލް ވޮލީ މުބާރާތުގައި ވެސް އެ ސްކޫލުން ހޯދި ކާމިޔާބީއެކެވެ. ނަމަވެސް އެ ޓީމުގެ ކޯޗު އަލީ ޒާހިރު ފާހަގަ ކުރި ގޮތުގައި، މީގެ ތިން އަހަރު ކުރިން ހޯދި ނަތީޖާ މިއަހަރު ވެސް ހޯދުނީ އެކަމަށްޓަކައި އެ ސްކޫލުން ކުރި މަސައްކަތުންނެވެ. އެ ސްކޫލުގެ ހަތަރު ޓީމުގައި ވެސް ހުނަރުވެރި މޮޅެތި ކުޅުންތެރިން ތިބިއިރު، އޭގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ އަންނަ އަހަރުގެ މުބާރާތުން ވެސް ފެންނާނެ ކުޅުންތެރިންނެވެ. ނަމަވެސް ކޯޗަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަންނަ އަހަރު މުބާރާތް އޮންނާނެކަމާ މެދު އުފެދޭ ސުވާލެވެ.

މުބާރާތުގައި ދެން އެންމެ ރަނގަޅު އެއް ނަތީޖެއް ނެރުނީ އދ.ކުނބުރުދޫ ސްކޫލުންނެވެ. އެ ސްކޫލުން ވަނީ 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ފައިނަލްގައި ވާދަކޮށްފަ އެވެ. އޭގެ ތެރެއިން ފިރިހެން ތަށި އެ ސްކޫލުން ކާމިޔާބު ކުރިއިރު، އެ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ފެނިފަ އެވެ. އެ ޓީމުގެ ކޯޗަކަށް މަސައްކަތް ކުރި އަޙުމަދު ސުނާން (ސުނާ ކޯޗު) ބުނީ ވޮލީގެ ކުރިމަގަށްޓަކައި ވެސް އިންވެސްޓު ކުރަންވީ އެ ކުޅުންތެރިންނަށް ކަމަށެވެ. އޭނާ ބުނީ މިހާރު ޤައުމީ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިންނަށް ކުރާ ޚަރަދު ޒުވާން ކުޅުންތެރިންނަށް ކުރަން ޖެހޭ ކަމަށެވެ. އެ ފުރުސަތުތައް އަތޮޅު ތެރޭގައި ތިބި ޒުވާން ކުޅުންތެރިންނަށް ފަހިވެއްޖެ ނަމަ، މިއަށްވުރެ މޮޅެތި ކުޅުންތެރިންނަށް އެ ކުދިންވާނެ ކަމުގެ ޔަގީންކަން ސުނާ އަށް އޮވެ އެވެ.

މީގެ އިތުރުން އަތޮޅު ތެރޭގެ ރަށް ރަށުގައި ވޮލީ ކުޅޭނެ އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތް ކަމަށް ސުނާ ފާހަގަ ކުރި އެވެ. އެގޮތުން މުބާރާތުގައި ވާދަކުރި އަތޮޅު ތެރޭގެ ގިނަ ސްކޫލުތަކުން ފަރިތަކުރުންތައް ވެސް ކުރިއަށް ގެންދަން ޖެހުނީ ވެލި ކޯޓުގައި ކަމަށް ފާހަގަކޮށް ސުނާ ބުނީ، ރަށް ރަށުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފަސޭހައިން ކުޅެވޭނެ ވަސީލަތްތައް ހުންނަން ޖެހޭ ކަމަށެވެ. ސުނާ ބުނީ އެ ކުޅުންތެރިންނަކީ ރާއްޖޭގެ ވޮލީގެ ކުރިމަގު ކަމަށާއި، މިހާރު ކުރަންވީ ކަމަކީ މުބާރާތުން ފާހަގަވާ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އޭގެ ތެރެއިން ސުނާ ފާހަގަ ކުރި އެއް ކަމަކީ އަހަރަކު އެއް ފަހަރު ނަމަވެސް އެ ކުޅުންތެރިންނަށް ބައިނަލްއަޤުވާމީ ތަޖުރިބާ ލިބޭނެ ކަހަލަ ޕްރޮގްރާމްތަކެއް ރޭވުމެވެ. ސުނާ ދެކޭ ގޮތުގައި އިންޓަ ސްކޫލް މުބާރާތުގައި ކުޅުމަށް ބެލެނެވެރިން ބޮޑު ޤުރުބާނީ އެއް ވަމުން އަންނައިރު، ކުޅުންތެރިން ކުރިއެރުމަށް ކުރާ އެކަހަލަ ކަންކަމުގައި ބެލެނިވެރިން ފުރިހަމަ އެއްބާރުލުން ދޭނެ އެވެ.

އިތުރަށް ސުނާ ބުނީ އަތޮޅު ތެރޭގައި މުބާރާތްތައް ބާއްވަމުން އަންނައިރު، ބިދޭސީ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފުރުސަތު ދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގައި ވެސް ވޮލީ ބޯޅަ އެސޯސިއޭޝަނުން ކޮންމެ ވެސް ކަހަލަ ހިފެއްޓުމެއް ގެންގުޅެން ޖެހޭ ކަމަށް އޭނާ ބުންޏެވެ. ސުނާ ފާހަގަ ކުރި ގޮތުގައި ބިދޭސީ ކުޅުންތެރިން މުބާރާތްތަކުގައި ކުޅެން އެގޮތަށް ގެންނަކަމަށް ވަނީނަމަ، ރާއްޖޭގައި ތިބި ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް އުނދަގޫވާނެ އެވެ.

ސުނާގެ އިތުރުން މަޑިފުށީ 14 އަހަރުން ދަށުގެ އަންހެން ޓީމުގެ ކޯޗު ވެސް ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ވޮލީގެ ކުރިމަގަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވެސް ފާހަގަ ކުރި އެވެ. އަހަރަކު އެއް ފަހަރު ސްކޫލުތަކަށް ބާއްވާލާ މުބާރާތަަކާ ހަމައިން، ކުޅުންތެރިންގެ ކުރިމަގު ހުއްޓިފައި އޮންނަން ޖެހޭ ކަމަށް އޭނާ ޤަބޫލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި އަތޮޅު ތެރޭގެ ރަށް ރަށުގައި ނުވަތަ މާލޭގައި ނަމަވެސް އެ ކުޅުންތެރިންނަށް ކުރިއަށް ދެވޭނެ އިތުރު ގޮތްތަކެއް އޮންނަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އަތޮޅު ތެރޭގައި ވޮލީ ގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ތިބިއިރު، އެ ކުޅުންތެރިންނަށް އެކަށީގެންވާ ފުރުސަތުތައް ނެތުމަކީ ކޯޗުން އަބަދު ވެސް ފާހަގަ ކުރަމުން އަންނަ އެއް ކަންތަކެވެ. ހަމައެއާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނުތައް ކުރިއަށް ގެންގޮސް، ދުރު ރާސްތާ ޕްލޭނަކާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ކޯޗުން ޤަބޫލު ކުރެ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 2023ކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު