Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނޫޒް ޖަލްސާ

ދިވެހި ދައުލަތަކީ ރައްޔިތުންގެ އެއްޗެއް، އޭގެ ހިމާޔަތުގައި ނިކުންނަންޖެހޭ: ޑރ.ހުސައިން

ޕާޓީތަކުގެ ލީޑަރުން ގާނޫނުއަސާސީގެ ދިފާއުގައި ނިކުންނަވަން ޖެހިވަޑައިގަތީ ގާނޫނީގޮތުން އެޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އެކަމަށް އިހުމާލުވުމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 24 ޖުލައި 2017 | ހޯމަ 00:19
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން

ދިވެހި ގާނޫނު އަސާސީއާއި މި ދައުލަތަކީ ރައްޔިތުންގެ އެއްޗެއްކަމަށާއި އޭގެ ހިމާޔަތުގައި ނިކުންނަންޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އާދިއްތަ ދުވަހުގެރޭ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ، ޕާޓީތަކުގެ ލީޑަރުން ގާނޫނުއަސާސީގެ ދިފާއުގައި ނިކުންނަވަން ޖެހިވަޑައިގަތީ ގާނޫނީގޮތުން އެޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން އެކަމަށް އިހުމާލުވުމުން ކަމަށެވެ.

Advertisement - newsAdvertisement

ޑރ. ހުސައިން ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކުގައި މަސައްކަތް ކުރަންޖެހުނީ ގާނޫނުގެ ވެރިކަން ނެގެހެއްޓުމާއި ގާނޫނު ދިފާއު ކުރުމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކުން އެކަން ނުކުރާތީ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެތައް ގާނޫނުއަސާސީއެއް އައިސްފައިވާއިރު، ފެހި ގާނޫނުއަސާސީއަކީ އެންމެ ފުރިހަމައަށް ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދީފައިވާ ގާނޫނުއަސާސީއެވެ. ގާނޫނުއަސާސީ ދަމަހައްޓައި ރައްޔިތުންނަށް ހައްގުތައް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ގާނޫނުއަސާސީގައި އަންގާފައިވާ ކަމަށާއި، މިއަދު ގައުމަށް ވަމުންދަނީ އެފަރާތްތަކުން އެކަމަށް ފަރުވާކުޑަކުރުމުން ވާންވީ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރަންޖެހޭނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި އެފަރާތްތަކުން ހުވާކޮށްގެން ތިބީ އެކަމަށް ކަމަށް ވެސް ޑރ. ހުސައިން ވިދާޅުވިއެވެ. ޖުޑިޝަރީން މިނިވަންކަމާއެކު މަސައްކަތް ކުރަންޖެހޭއިރު، އެކަން އެގޮތަށް ނުކުރާނަމަ ރައްޔިތުންގެ ބާރުން ބާރުލިބިގެން ދެންޖެހޭނީ ޖުޑިޝަރީ ހަމައަކަށް އަޅުވަން ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހި ދައުލަތުގެ ވެރިއަކީ ރައީސް ޔާމީން ކަމަށް އެމަނިކުފާނަށް ހީފުޅުވާ ކަމަށާއި އެކަމަކު އެއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ވެސް ވިދާޅުވިއެވެ.

"ހުރިހާ ރައްޔިތުން ނިކުމެ ދައުލަތް ހިމާޔަތް ކުރަންޖެހޭ. ދިވެހި ދައުލަތަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަޒީރުންގެ އެއްޗެއް ނޫން " އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީއާއި، މި ދައުލަތުގެ ދިފާއުގައި ހުރިހާ ރައްޔިތުންވެސް ނުކުތުމަށް ހުސައިން ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު