Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ: މާދަމާ ޖަލްސާއެއް ބާއްވައިދިނުމަށް މަޖިލީހުގައި އެދެން އެމްޑީޕީ ޕީޖީ ގްރޫޕުން ނިންމައިފި

އެމްޑީޕީން ވަނީ މި މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދާތީ އެކަމާ އިހުތިޖާޖުކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2023 | ބުދަ 07:50
ނަޝީދަށް އިތުބާރު ނެތްކަމަށް ވިދާޅުވެ، މެންބަރުން އިހުތިޖާޖު ކުރައްވަނީ

ނަޝީދަށް އިތުބާރު ނެތްކަމަށް ވިދާޅުވެ، މެންބަރުން އިހުތިޖާޖު ކުރައްވަނީ

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވައިދިނުމަށް މަޖިލީހުގެ އިދާރާގައި އެދުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން އެގޮތަށް ނިންމާފައިވަނީ ބުދަ ދުވަހުއެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު އެމްޑީޕީން ވަނީ މި މައްސަލަ މަޖިލީހުން ކުރިއަށް ނުގެންދާތީ އެކަމާ އިހުތިޖާޖު ވެސް ކޮށްފައެވެ. އެގޮތުން ނަޝީދަށް އިތުބާރު ގެއްލިފައިވާކަމާއި، އިތުބާރު ގެއްލުމުން އެންމެ ރަނގަޅު ގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުންކަމަށް ލިޔެފައިވާ ބެނަރ ހިފައިގެން މެންބަރުން ވަނީ އިޖުތިޖާޖު ކުރައްވާފައެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަފުޅު ދައްކަވަމުން ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، ބުދަ ދުވަހުގެ 11:00 ޖެހިއިރު އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމެއް ބާއްވަވައި، މި މައްސަލައިގައި ކުރިއަށްދާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އަދި ބުރާސްފަތި ދުވަހު ޖަލްސާއެއް ބާއްވައިދިނުމަށް އެދުމަށް ނިންމާފައިވާ ކަމަށާއި، މި މައްސަލަ ވަކި ކޮޅެއްގައި ޖެހެންދެން އެމްޑީޕީން އިހުތިޖާޖު ކުރިއަށް ގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަޝީދަށް މެންބަރުންގެ އިތުބާރު ނެތް ކަން ސާފުކޮށް އެނގިވަޑައިގަންނަވާއިރު، ގަދަބާރުން މަޖިލީހުގައި އެމަނިކުފާނު ހުންނެވުމުގެ ބޭނުމެއް ނެތް ކަމަށް އެމްޑީޕީގެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އޭގެ އިތުރުން، އިތުބާރު ނެތްކަމުގެ މައްސަލައަކީ އިތުބާރު ގެއްލޭ ފަދަ ގިނަ ކަންކަން ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެނުމުގެ ސަބަބުން ހުށަހެޅި މައްސަލައެއް ކަމަށާއި، އެ މައްސަލަ ނިމުމުން 24 ގަޑިއިރު މަޖިލީހުގައި ތިއްބަވައިގެން އަދި އިތުރު ޖަލްސާތައް އެޖެންޑާ ކުރައްވައިގެން ނަމަވެސް، މަސައްކަތްތައް ނިންމަވާނެކަމަށް ވެސް އެމްޑީޕީ ޕީޖީ ގުރޫޕުން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އާދިއްތަ ދުވަހާއި ހޯމަ ދުވަހުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރިއެވެ. އެހެންނަމަވެސް ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ވިދާޅުވެ، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަޖިލީހަށް ދެ ދުވަހުވެސް ވަޑައިގެންފައެއް ނުވެއެވެ.

މި މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމާ ގުޅިގެން އެ ޖަލްސާ ވެސް ވަނީ ކެންސަލް ކޮށްފައެވެ.

އެމްޑީޕީން މިހާރު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅާފައިވާއިރު، އަންނަ ހޯމަ ދުވަހަށް ވަނީ ސުޕްރީމް ކޯޓުގައި މި މައްސަލަތާވަލުކޮށްފައެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުރައްޔިތުންގެ މަޖިލިސްއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު