Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ރަޝިޔާ-ޔޫކްރައިން ހަނގުރާމަ

ގުނަވަންތައް ބުރިބުރިވިޔަސް ޤައުމީ ޚިދުމަތުގައި!

އިލްކިޔުވްގެ ވާތުފައި، ކަކުލުހުޅުން ފެށިގެން ތިރި ބުރިކޮށްލަން ޖެހުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި ހާދިޘާއަކާ ގުޅިގެން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 12:27
އަންދްރީ އިލްކިޔުވް؛ ޔޫކްރައިން ފުލުހުންގެ މައިން ނައްތާލާ ޔުނިޓްގެ ލެފްޓިނެންޓް ކާނަލްއެއް

އަންދްރީ އިލްކިޔުވް؛ ޔޫކްރައިން ފުލުހުންގެ މައިން ނައްތާލާ ޔުނިޓްގެ ލެފްޓިނެންޓް ކާނަލްއެއް

އަންދްރީ އިލްކިޔުވްއަކީ ޔޫކްރައިންގެ ފުލުހުންގެ ތެރޭގައި އަސްކަރީ އިންޖިނޭރެއް ނުވަތަ ސެޕަރއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހިތްވަރުގަދަ، 'ޤައުމީ' ދަރިއެކެވެ. އިލްކިޔުވްގެ ތަޢާރަފު މި ފަދަ ގޮތަކަށް މި ދިނީ ސަބަބެއް ނެތިއެއް ނޫނެވެ. އިލްކިޔުވްގެ ވާތުފައި، ކަކުލުހުޅުން ފެށިގެން ތިރި ބުރިކޮށްލަން ޖެހުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހިނގި ހާދިޘާއަކާ ގުޅިގެންނެވެ. ޙާދިޘާ ހިނގާފައި ވަނީ، އެއްގަމުގައި ވަޅުލާފައިވާ މައިންތައް ނައްތާލުމުގެ މަސައްކަތުގެ ތެރޭގައި އުޅެނިކޮށް، މައިނެއް ގޮވައިގެންނެވެ. 

އެހެނެއް ކަމަކު، ޖެހިގެން އައި އަހަރު، އާދެ، 2023 އަހަރުގެ މެއި މަހަށް ފެށުނު އިރު އިލްކިޔުވް ހުރީ އަނެއްކާވެސް ވަޒީފާގެ މައިދާނުގައެވެ. ހަމަ ކުރިންވެސް އަދާ ކުރަމުން ދިޔަ ސެޕަރއެއްގެ ވަޒީފާގައި، ޤައުމީ ޚިދުމަތުގައެވެ. އެއްގަމުގައި ވަޅުލާފައި ވާ މައިންތައް ހޯދައި، އެ ނައްތާލުމުގެ ނުރައްކާތެރި މައްސޫލިއްޔަތު ކޮނޑު އަޅައިގެން ތެދުވެ ހުރީ، މަސްނޫއީ ފައެއްގެ މައްޗަށެވެ. 

ޢުމުރުން 37 އަހަރުގެ އިލްކިޔުވްއަކީ 4 ދަރިންގެ ބައްޕައެކެވެ. އިލްކިޔުވްއަކީ ރަޝިޔާއިން ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޔޫކްރައިންގެ ފުލުހުންގެ ޚިދުމަތުގައި އޮތް 100 އެއްހާ މެންބަރުންގެ ޚާއްޞަ ޔުނިޓްގައި އަނިޔާ ލިބިފައި ވާ ފުލުހުންގެ ތެރެއިން ޚިދުމަތަށް ނުކުމެ ތިބި 14ފުލުހުންގެ ސަފުގައި ހިމެނޭ އެކަކެވެ. އިލްކިޔުވްފަދައިން އެ ހުރިހާ އެންމެނަކީވެސް، މައިންތައް ސާފު ކުރުމުގެ މަސައްކަތުގެ ތެރޭގައި އަނިޔާ ލިބި ޒަޚަމްވެފައި ވާ ފުލުހުންނެވެ. 

20 މަސް ދުވަހަށް ދިގުލާފައި ވާ ރަޝިޔާ-ޔޫކްރައިން ހަނގުރާމައިގެ ތެރޭގައި، ޔޫކްރައިންގެ 174000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއްގައި ނުރައްކާތެރި މައިންތަކާއި އެނޫންވެސް ގެއްލުން ދެނިވި އަސްކަރީ ހަތިޔާރުތައް އެބަ ހުރި ކަމަށް ޔޫކްރައިނުން އަންދާޒާ ކުރެއެވެ. އެއީ އެ ޤައުމުގެ ބޮޑު މިނަށް ބަލާނަމަ، މުޅި ޤައުމުގެ ގާތްގަނޑަކަށް 3 ބައިކުޅަ 1 ބައެވެ. 

ޔޫކްރައިން ފުލުލުހުންގެ ތެރޭގައި އިލްކިޔުވް ޚިދުމަތް ކުރަމުން ދާ ޔުނިޓް އުފެއްދީ ހަނގުރާމައިގެ ތެރޭގައެވެ. އެ ޔުނިޓްގެ މައްސޫލިއްޔަތަކީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޫޙުގައި، ހަނގުރާމަ ހިނގާ ސަރަޙައްދާ ދުރުން، މައިންތައް ނަގައި، އެ މައިންތައް ނައްތާލާ، އެ ސަރަޙައްދުތައް ސާފު ކުރުމެވެ. އިލްކިޔުވްގެ ޔުނިޓުން މި ދުވަސްކޮޅު މަސައްކަތް ކުރަމުން ދަނީ ޚަރްސޮންއާއި ޚާރްކީވްގެ ސަރަޙައްދުތަކުގައެވެ. އެއީ މިދިޔަ އަހަރުގެ ތެރޭގައި، ރަޝިޔާއަތުން އަނބުރާ ހޯދާފައިވާ ބިންތަކެއް އޮތް ސަރަޙައްދުތަކެކެވެ. އިލްކިޔުވްއާއެކު ފުލުހުންގެ ޔުނިޓްގައި މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން 4 މީހަކު ވަނީ، މައިން ގޮވުމުގެ ހާދިޘާތަކުގައި މި ދުނިޔެ ދޫކޮށްފައެވެ. އިތުރު 16 މީހަކު ވަނީ ޒަޚަމްވެފައެވެ.

އިލްކިޔުވް ޒަޚަމްވީވެސް ޚާރްކީވްގެ މައިނެއް ގޮވައިގެންނެވެ. އެ ސަރަޙައްދުގައި ހުރި މައިންތަކަކީ، ފެންނަ މަންޒަރުތަކަށް ބަލައިގެން ދެނެގަނެވޭ ފަދަ މައިންތަކެއް ނޫނެވެ. 

އެއީ އިލްކިޔުވްގެ އަނބިމީހާގެ ހިތް، އިންތިހާއަށް ހިތް ނުތަނަވަސް ކުރުވާ ކަމަކަށް ވީ ނަމަވެސް، އަލުން އަނބުރާ ވަޒީފާއަށް ނުކުތީ، މައިންތަކުން ސާފު ނުކުރެވި އޮތް ސަރަޙައްދުގެ ބޮޑުކަން އޭނާއަށް އެނގޭތީއެވެ

ޢުމުރުން 51 އަހަރުގެ ވަލޭރީ އޯނުލްއަކީވެސް އިލްކިޔުވްގެ ފަދަ ސެޕަރ ފުލުހެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މައިނެއް ގޮވައިގެން ހިނގި ހާދިޘާގައި ވަލޭރީގެ ފައިވެސް ބުރިވިއެވެ. ހާދިޘާ ހިނގި ވަޤުތުވެސް، އަލުން އަނބުރާ ހަމަ އެ ވަޒީފާއަށް ނުކުންނާނެ ކަމުގެ ވަރުގަދަ ޢަޒުމު އޭނާގެ ހިތުގައި އޮތް ކަމަށް ވަލޭރީ ބުންޏެވެ. 

ހަނގުރާމަތަކުގައި މައިން ބޭނުން ކުރުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ޚިޔާލު ތަފާތުވުން އުފެދިފައި އޮތް މައްސަލައެކެވެ. މައިން ބޭނުން ކުރުމުގެ ސަބަބުން، ހަނގުރާމައިގެ އެއް ފަރާތަކަށް ދިފާޢީ ރައްކާތެރިކަމެއް ލިބުނު ކަމުގައި ވީ ނަމަވެސް، އެއީ ވަކި މީހަކަށް ބެލުމެއް ނެތި އަނިޔާ ލިބި، ފުރާނަވެސް ގެއްލި ދިއުން ފަދަ ނުރައްކާތެރި ހާދިޘާތައް ހިނގުމަށް މެދުވެރި ކުރުވާ ހަނގުރާމަ މަތީ ހަތިޔާރެއްކަން ހަނދާން ނައްތާލެވޭކަށް ނެތެވެ. ހަނގުރާމަ ނިމި، ނުވަތަ ހުއްޓާލާތާ އެތައް ދުވަހެއް ނޫނީ އެތައް އަހަރެއް ފަހުންވެސް މައިންތައް ގޮވާ، އެތައް ބައެއްގެ ފުރާނަ ގެއްލިދިއުމުގެ ހާދިޘާތައް ހިނގައެވެ. އެފަދަ ހާދިޘާތަކުގެ ސަބަބުން، ޤައުމުތަކުގެ އިޤްތިޞާދުތަކަށްވެސް ބޮޑެތި ލޮޅުންތައް އަރައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަޔުކްރެއިން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު