Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޓަ ސްކޫލް ވޮލީ މުބާރާތް

ތަފާތު މަންޒަރެއް: ރަށު ރައްޔިތުންނަށް ވަގުތުން މެޗު ދައްކައިދިނުމުގައި ޕްރިންސިޕަލް!

ދަރިވަރުންނަށް ހިތްވަރު ދެއްވުމާއި، އެ ކުދިންގެ ޙަރަކާތްތައް ރަށު ރައްޔިތުންނާއި ބެލެނިވެރިންނާ ހަމައަށް ގެނެސްދިނުމުގައި ޙަރަކާތްތެރި ވަނީ، ސްކޫލާއި، ދަރިވަރުންގެ މައްޗަށް އޮންނަ ލޯތްބެއްގެ ސަބަބުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2023 | ހޯމަ 07:11
ފ.އަތޮޅު މަދަރުސާ އިން ކުޅުނު މެޗެއް ލައިވް ކުރުމުގައި އެ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުއް ސައްތާރު އިސްމާއީލް

ފ.އަތޮޅު މަދަރުސާ އިން ކުޅުނު މެޗެއް ލައިވް ކުރުމުގައި އެ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުއް ސައްތާރު އިސްމާއީލް

އިންސާނާގެ ދުނިޔެވީ ޙަޔާތުގައި، އެމީހަކަށް ލިބިފައިވާ މަޤާމަކާއި، އާރާއި ބާރު، އަދި ޢިއްޒަތާއި ޝަރަފަކީ އަބަދު އެއްވެސް މީހަކަށް ލިބިފައި އޮންނާނެ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް، އެކަންކަމާއެކު ވެސް އޭނާ ކޮށްދޭ ޚިދުމަތަކީ އަބަދުގެ އަބަދަށް ދެމި ހުންނާނެ ހަނދާންތަކެވެ. ކޮންމެ މަޤާމެއްގައި ހުރި ނަމަވެސް، ތިމާ އަކީ އެހެން މީހުންނަށް ޚިދުމަތް ކުރާ، އެހެން މީހުންނަށް އިޙުތިރާމް ކުރާ މީހަކަށް ވާން ޖެހެ އެވެ. އެފަދަ މީހުން އަޅުގަނޑުމެންގެ މި މުޖުތަމުގައި ވެސް އުޅެ އެވެ.

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްދެން ސްކޫލުތަކުގެ ދަރިވަރުންނަށް ބާއްވަމުން އަންނަ އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތުން ތަފާތު މަންޒަރެއް ވަނީ ފެނިފަ އެވެ. ގިނަ ސްކޫލުތަކަކުން މިއަހަރުގެ މުބާރާތުގައި ވާދަކުރާއިރު، އަތޮޅު ތެރެއަށް ނިސްބަތްވާ ނުވަ ސްކޫލެއް ވާދަކުރެ އެވެ. އޭގެ ތެރެއިން ވެސް ފ.އަތޮޅު މަދަރުސާ އިން ވަނީ ދެ އުމުރުފުރާއެއްގެ، ހަތަރު ކެޓަގަރީގައި ބައިވެރިވެފަ އެވެ. އެއީ 14 އަހަރުން ދަށުގެ އަންހެން، ފިރިހެން އަދި 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައެވެ. މިކަހަލަ މުބާރާތްތަކުގައި އަތޮޅުތެރޭގެ ސްކޫލްތަކުން ވާދަކުރާއިރު، އެ މެޗުތައް ބެލުމަަކީ އެ ރަށެއްގައި ތިބޭ ރައްޔިތުން އަދި ވަކިން ޚާއްސަކޮށް ބެލެނިވެރިން ކުރަން ބޭނުންވާނެ ކަމެކެވެ.

ފ.އަތޮޅު މަދަރުސާގެ މެޗުތައް ރަށުގައި ތިބި ބެލެނިވެރިން އަދި ރައްޔިތުންނަށް ދެއްކުމަށް އިސްނެންގެވީ އެ މަދަރުސާގެ ޕްރިންސިޕަލް ޢަބްދުއް ސައްތާރު އިސްމާއީލް އެވެ. މުބާރާތުގައި އެ ސްކޫލުން ކުޅޭ ހުރިހާ މެޗެއް، ލައިވް ކުރުމުގައި ހަރަކާތްތެރި ވަނީ ޕްރިންސިޕަލް އެވެ. ޕްރިންސިޕަލް ވިދާޅުވި ގޮތުގައި އެކަމަށް އިސްނެންގެވީ، އެ ސްކޫލުގެ މެޗުތައް ބެލެނިވެރިން ބަލަން ބޭނުންވާތީ، ބެލެނިވެރިން އަދި ރައްޔިތުންނަށް އެ މެޗުތައް ދެއްކުމުގެ ބޭނުމަގަ އެވެ. ފޯނު ސްޓޭންޑެއް ބަހައްޓައިގެން، ކޮންމެ މެޗެއް ލައިވް ކުރުމުގައި ޕްރިންސިޕަލް ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ. އެ ސްކޫލުގެ ދެ މެޗު އެއް ވަގުތާ ދިމާވެއްޖެ ނަމަ، އެކަމަށް އެހެން އިންތިޒާމެއް ވެސް ޕްރިންސިޕަލް ވަނީ ހަމަޖައްސަވައި ދެއްވައިފަ އެވެ.

މީގެ އިތުރުން ވެސް ޕްރިންސިޕަލްގެ ފަރާތުން ފެންނަނީ ތަފާތު މަންޒަރެކެވެ. މެޗުތައް ކުޅޭ ވަގުތު މެޗު ލައިވް ކުރަމުންދާއިރު ވެސް، ސްކޫލު ދަރިވަރުންނަށް ހިތްވަރު ދެއްވަ އެވެ. މެޗުގެ ދެ ސެޓުގެ ދެމެދުގައި ދަރިވަރުންނާ ވާހަކަ ދައްކަވަ އެވެ. ހިތްވަރު ދެއްވަ އެވެ. މެޗު ނިމުމާާއެކު ދަރިވަރުންގެ ގާތަށް ވަޑައިގަންނަވަ އެވެ. އެއަށްފަހު އެ މެޗުން ޕްރިންސިޕަލަށް ފާހަގަވެވަޑައިގަންނަވާ ކަންކަން ދަރިވަރުންނާ ޙިއްސާކުރައްވަ އެވެ. ރަނގަޅު ކުރަންވީ ކަންކަން ބުނެދެއްވަ އެވެ. އެއާ ވިދިގެން، ދަރިވަރުންނަށް ސަޕޯޓު ދިނުމަށް ވީހާ ވެސް ގިނަ މީހުން ދަނޑަށް ދިޔުމަށް ޕްރިންސިޕަލް ބާރު އަޅުއްވަ އެވެ. ސަޕޯޓަރުންގެ ކަންކަން މެނޭޖުކުރުމުގައި ވެސް އެންމެ އިސްކޮށް އުޅުއްވަނީ ޕްރިންސިޕަލް އެވެ.

މިއީ ހަމަގައިމު ވެސް ތަފާތު މަންޒަރަކަށް ވާނެ އެވެ. އެކަން މުބާރާތުގެ މެޗުތައް ބެލުމަށް ދަނޑަށް ދާ މީހުންނާއި، މުބާރާތުގެ އެކި ކަންކަމުގައި އުޅޭ މީހުން ވެސް ފާހަގަ ކޮށްފައިވެ އެވެ. ޕްރިންސިޕަލެއްގެ ފަރާތުން، އެ ފެންނަނީ ރިވެތި ނަމޫނާ އެކެވެ. ސްކޫލް ދަރިވަރުންނަށް ހިތްވަރު ދެއްވުމާއި، އެ ކުދިންގެ ޙަރަކާތްތައް ރަށު ރައްޔިތުންނާއި ބެލެނިވެރިންނާ ހަމައަށް ގެނެސްދިނުމުގައި ވަރުބަލިކަމެއް ނެތި ޙަރަކާތްތެރި ވަނީ، ސްކޫލާއި، ދަރިވަރުންގެ މައްޗަށް އޮންނަ ލޯތްބެއްގެ ސަބަބުންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިންޓަ ސްކޫލް ވޮލީ ބޯޅަ މުބާރާތް 2023ކުޅިވަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު