Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުން

އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް 35 ސަރވޭޔަރުން ތަމްރީނުކޮށްފި

28 އޮކްޓޯބަރު 2023 | ހޮނިހިރު 08:26

ސަރވޭޔަރުންގެ ވަޒީފާއަކީ، ހަމައެކަނި ވަޒީފާއަކަށްވުރެ ބޮޑަށް މީހުންގެ ފުރާނައާއި އުޅަނދުފަހަރުގެ ރައްކާތެރިކަމާ ގުޅިފައިވާކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޮކްޓޯބަރު 2023 | ހޮނިހިރު 08:26
ސަރވޭޔަރުން ތަމްރީނުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަރވޭޔަރުން ތަމްރީނުކުރުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ 35 ސަރވޭޔަރުން ތަމްރީނުކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ، އުޅަނދުފަހަރުތަކާ ގުޅޭގޮތުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި، ދަތުރުފަތުރުގެ ދާއިރާއާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ހޭލުންތެރިކުރުމަށް ހިންގުނު ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ރައްކާތެރިކަން އިތުރަށް ކަށަވަރުކުރެވޭނެ ކަމަށާއި، ސަރވޭތަކާއި ސަރވޭކުރާ މީހުންގެ ފެންވަރު ރަނގަޅުވާނެކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ، މި ޕްރޮގްރާމު ފުރިހަމަކުރުމަށް ފަސޭހަވިނަމަވެސް އޭގެ ފަހުން އަންނަ ޒިންމާ ވަރަށް ބޮޑުކަމަށެވެ. އެގޮތުން އުޅަނދާއި، އެ އުޅަނދުން ދަތުރުކުރާ މީހުންނާއި، އެއިން އުފުލާ މުދާ ރައްކާތެރިކުރުމުގައި ސަރވޭޔަރުންގެ ދައުރު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު ވިދާޅުވީ، ސަރވޭޔަރުންގެ ވަޒީފާއަކީ، ހަމައެކަނި ވަޒީފާއަކަށްވުރެ ބޮޑަށް މީހުންގެ ފުރާނައާއި މުދަލާއި އުޅަނދުފަހަރުގެ ރައްކާތެރިކަމާ ގުޅިފައިވާކަމެއް ކަމަށެވެ. އެހެންކަމުން މި ޒިންމާ ވަރަށް ރަނގަޅަށް އަދާކުރަންޖެހޭ ކަމަށާއި، އެއްވެސް ކަމެއްގައި ފަރުވާކުޑަކޮށް ދޫކޮށްލުން އެއީ ގިނަ ބައެއްގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި މެރިން ޕޮލިސްއާއި، ކޯސްޓްގާޑާއި، މުއާސަލާތާގުޅުންހުރި ސެޝަންތައް، އަދި ކަނޑުމަތީގެ ހާދިސާތަކާގުޅޭ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ރަށްރަށުގައި ތިބެގެންވެސް އުޅަނދުފަހަރު ސަރވޭ ކުރެވޭނެގޮތުގެ ތަމްރީން ބައިވެރިންނަށް ދީފައިވެއެވެ.

މި ޕްރޮގްރާމު ކުރިއަށްގެންގޮސްފައި ވަނީ މިމަހުގެ 22ން 26ށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
07 ޖުލައި 2025

ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް

07 ޖުލައި 2025
ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް