Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން

ވާދަވެރި ދެ މާކެޓް، ދެ ހަފުތާއިން ޗައިނާ ވައްޓާލައި އިންޑިއާ ދެވަނަގައި!

މިހާތަނަށް 1،487،099 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2023 | ހުކުރު 12:37
އިންޑިއާގެ މަޝްހޫރު ފިލްމީ އާއިލާއެއް ރާއްޖޭގައި

އިންޑިއާގެ މަޝްހޫރު ފިލްމީ އާއިލާއެއް ރާއްޖޭގައި

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގައި އިންޑިއާ ވައްޓާލުމަށްފަހު ޗައިނާއިން ދެވަނައަށް އެރިތާ ދެ ހަފުތާފަހުން އިންޑިއާއިން ދެވަނައަށް އަލުން އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޖުމްލަ 1،487،099 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 13.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު މި މުއްދަތާ ހަމައަށް ރާއްޖެ ޒިޔާރަތް ކުރީ 1،313،011 ފަތުރުވެރިންނެވެ.

Advertisement - businessAdvertisement

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރޭގައި 11.4 އިންސައްތަ ހިއްސާ ކުރަނީ ރަޝިއާ މާކެޓެވެ. އެ ޤައުމުން މިހާތަނަށް 170،097 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.

މި ލިސްޓުގައި ކުޑަ ތަފާތަކާއެކު ދެވަނައިގައި އޮތީ އިންޑިއާ މާކެޓެވެ. އެ ޤައުމުން މިހާތަނަށް 161،627 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު މިއީ މިހާތަނަށް ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 10.9 އިންސައްތައެވެ.

ޗައިނާއިން ވެސް ހިއްސާ ކުރަނީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 10.9 އިންސައްތައެވެ. ނަމަވެސް އެ ޤައުމުން މިހާތަނަށް ޒިޔާރަތް ކުރީ 161،488 އަށް ފަތުރުވެރިންނެވެ. މިއީ އިންޑިއާ މާކެޓާ އަޅާ ބަލާއިރު 139 ފަތުރުވެރިންގެ ތަފާތެކެވެ.

ރަޝިއާ، އިންޑިއާ އަދި ޗައިނާގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ޤައުމުގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ޖަރުމަނާއި އިޓަލީ އާއި އެމެރިކާ އާއި ފްރާންސާއި ސްޕެއިން އާއި ސްވިޒަލެންޑެވެ.

މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 4،990 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ. އަދި އެވްރެޖުކޮށް ރާއްޖޭގައި ކޮންމެ ފަތުރުވެރިއަކު ވެސް 7 ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކުރެއެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ރާއްޖެ ޓީވީ" ގެ ފަލަސުރުހީ ޕްރޮގްރާމުގައި ވިދާޅުވި ގޮތުގައި މިހާރުގެ ނަންބަރުތައް ދައްކާގޮތުގައި މި މަސް ނިމޭއިރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި އަހަރުގެ ޓާގެޓް ކަމަށްވާ 1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓު ވެސް ހާސިލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑުގެ ކުރިން ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތް ޗައިނާ މިއަހަރުވެސް އެ މަގާމު ދިފާއު ކުރާނެ ކަމުގައި ބެލެވޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްފަތުރުވެނިންއިންޑިއާޗައިނާރަޝިއާ

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 މާރިޗު
ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ވިލާ ގުރޫޕް ރިސޯޓް ތަކުގެ މަސައްކަތްތެރިންނަށް ސާވިސްޗާޖު ނުދޭނަމަ މުޒާހަރާއަށް ނުކުތުމަށް ގޮވާލައިފި

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ
20242 އަހަރު ކުރިން
މީހުން

އެމެރިކާ ކޯޗުގެ ދެމަފިރިންގެ ހިތް ދެވުނީ ހުރަޔަށް، ރާއްޖޭގެ އެހެން ޓީމަކަށް ނުދާނެ

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!
20233 އަހަރު ކުރިން
ރިޕޯޓު

މީހުން ގެއްލުން: ހީކުރާ ވަރަށްވުރެ ސީރިއަސް!

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި
20224 އަހަރު ކުރިން
ރާއްޖެ

100 ކިލޯ ޑްރަގް މައްސަލަ: މިއަދު ކުރިއަށް ގެންދެވުނީ ދައުވާ ލިބޭ 2 ބިދޭސީންގެ ބައި އެކަނި

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!
20215 އަހަރު ކުރިން
ރިޕޯޓު

ނަޝީގެ އުފަންދުވަހާ ދިމާކޮށް ބޮޑު ސަޕްރައިޒެއް!

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
20197 އަހަރު ކުރިން
ރާއްޖެ

އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް މައުމޫންގެ ވަކީލް ފައިސަލް މިއަދު ކޯޓަށް ހާޒިރު ކުރަނީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު