Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގަވާއިދާއި ޚިލާފަށް ލިޔުންތައް ނައްތާލުން

ޤަވާއިދާ ޚިލާފަށް ލިޔެކިޔުންތައް ނައްތާލާ ކުންފުނިތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނަން: ޕީސީބީ

ސަރުކާރުގެ އިދާރާތަކުންނާއި މުއައްސަސާތަކުން މުހިންމު ބައެއް ލިޔުންތައް ނައްތާލާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2023 | ހުކުރު 07:53
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނާއިބު ރައީސް މުހައްމަދު ފިރާޒް

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ނާއިބު ރައީސް މުހައްމަދު ފިރާޒް

ކަނޑައެޅިފައިވާ ޤާނޫނުތަކާއި ގަވާއިދާ ޚިލާފަށް އެއްވެސް ކުންފުންޏަކުން ރަސްމީ އެއްވެސް ލިޔެކިޔުމެއް ނައްތާލާފައިވާނަމަ، އެކަމުގެ ސަބަބުން އެފަރާތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީއިން ބުނެފިއެވެ.

ސަރުކާރުގެ އިދާރާތަކުންނާއި މުއައްސަސާތަކުން މުހިންމު ބައެއް ލިޔުންތައް ނައްތާލާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މިފަދަ އަޑުތަކެއް ފެތުރިފައިވާ އިރު ރަސްމީ ލިޔުންތައް ޤަވާއިދާއި ޚިލާފަށް ނައްތާލާކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ވަނީ މައްސަލަ އެއް ހުށަހަޅާފައެވެ.

އެކަމާއި ގުޅިގެން އޭސީސީން ވަނީ އެފަދަ އަމަލުތަކަށް ސަމާލުވުމުގެ އިތުރުން އެފަދަ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅު އަޅާދިނުމަށް ޕީސީބީގައި އެދިފައެވެ.

ޕީސީބީން ނެރުނު ސަރކިއުލާއެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ދިވެހި ދައުލަތުގެ މުއައްސަސާތަކުން ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑްތަކާއި، މައުލޫމާތު ނައްތާލުމާއި ބެހޭގޮތުން ޢަމަލުކުރަންވީގޮތުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ މަތިން ހަނދުމަކޮށްދީފައެވެ. ޕީސީބީއިން ވަނީ ގާނޫނާއި އެއްގޮތަށް އަމަލުކުރުމަށް ކުންފުނިތަކުގެ ވެރިންނަށް ވެސް އަންގާފައެވެ.

އެގޮތުން އެ މާއްދާގެ ދަށުން ދައުލަތުގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން އެއްވެސް ބާވަތެއްގެ ރަސްމީ ލިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑްތަކާއި، މަޢުލޫމާތު ނައްތާލަން ބޭނުނަވެއްޖެނަމަ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލަށް އެކަން އަންގަން ޖެހޭކަން ޕީސީބީގެ ސަރކިއުލާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ ތަކެތި ނައްތާލެވޭނީ އެ ގަވާއިދުގައިވާގޮތުގެ މަތިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށް ވެސް ވަނީ ބުނެފައެވެ.

ޕީސީބީން ބުނީ ސަރުކާރުގެ އެއްވެސް ކުންފުންޏަކުން މި ޤާނޫނުގެ ދަށުން ގަވާއިދާ ޚިލާފަށް އެ ކުންފުންޏެއްގެ ރަސްމީ ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ޗާޓުތަކާއި، ރެކޯޑްތަކާއި، މަޢުލޫމާތު ނައްތާލުމުގެ އެއްވެސް އަމަލެއް ނުކުރުމަށް އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން އެފަދަ ޙާލަތެއް މެދުވެރިވެއްޖެކަން ކުންފުންޏަށް އެނގިއްޖެ ނަމަ ޤަވާއިދުގައި ބުނާ ގޮތުގެ މަތިން ޢަމަލުކުރުމަށްވެސް ޕީސީބީން ވަނީ ސަރުކާރު ކުންފުނިތަކަށް އަންގާފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

30 ޖެނުއަރީ 2025
އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި

އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި

19 ޑިސެމްބަރު 2024
ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި

ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި

21 މެއި 2024
ޕީސީބީއަށް އައްޔަންކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި

ޕީސީބީއަށް އައްޔަންކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި

13 މެއި 2024

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު