Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ނަޝީދެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނަންގަވަން ބިރުފުޅުގެންވަޑައިގަންނަވަނީ ކީއްވެތޯއެވެ؟

26 އޮކްޓޯބަރު 2023 | ބުރާސްފަތި 17:43

ވޯޓު ނަންގަވަން އެހާ ޖެހިލުންވެވަޑައިގަންނަވަނީ ކޮންކަމަކާތޯއެވެ؟

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 17:43
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ޑިމޮކްރެސީގެ "ބައްޕަ" އޭ ވެސް ކިޔައި އުޅުނެވެ. މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފްކުރައްވައި، ޑިމޮކްރެސީގެ ރިވެތި އުސޫލުތަކުން ވެރިކަން ކުރެވޭނެ އުސޫލުތައް ރާއްޖެއަށް ތައާރަފްކުރެއްވީ ވެސް އެބޭފުޅާއޭ ވެސް ކިޔައި އުޅުނެވެ. ކުރިން އެ ހުރިހާ އިއްޒަތާއި ގަދަރެއް އޮތެއް ކަމަކު، ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް އާންމުންނަށް ގަބޫލު ކުރެވުނެއްކަމަކު، މިއަދު އެބޭފުޅާގެ ވިސްނުންފުޅު ހުރީ އަމިއްލަ އެދުމާއި އަމިއްލަ ޕާޓީގެ ފައިދާއަށް ކަމަށް ގިނަ ދިވެހިން ގަބޫލުކުރެއެވެ.

އެމަނިކުފާނުގެ އުސޫލަކީ އެއީ ނޫންނަމަ، މިކަމަށް ޖަވާބު ދެއްވަންވީ ނޫންތޯއެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓާ ކުރިމަތިލައްވަން އެމަނިކުފާނަށް ކެރިވަޑައިގަންނަވާނެ ތޯއެވެ. އެކަން ކުރެއްވުމަށް އެހާ ޖެހިލުންވެވަޑައިގަންނަވަނީ ކޮން ކަމަކާ ތޯއެވެ. ހަމަ ގައިމުވެސް، މަޖިލީހުގެ މި ދައުރުން އޭގެ ޖަވާބު ވަރަށް ސާފުކޮށް ފެންނާން އެބައޮތެވެ.

Advertisement - newsAdvertisement

ފެންނާން އޮތްހައިވެސް ކަމަކީ ޚުދުމުޚްތާރު ކަމެވެ. ތަރިކަ މުދަލަކަށް މަޖިލިސް ހައްދަވައި، ގަވާއިދުވެސް ބޭނުންފުޅުވާ ގޮތަކަށް އަނބުރާލައްވައެވެ. މި ދައުރުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް އެންމެ ފުރަތަމަ އެމްޑީޕީން ހުށަހެޅުމުން މުޅި މަޖިލިސް ހުއްޓުވާލެއްވީއެވެ. ބޮޑު ތަޅު އަޅުވައި، ހުރިހާ މަސައްކަތްތަކެއް މަޑުޖައްސަވާލެއްވީއެވެ. ގަވާއިދުގައި ބަޔާންކުރާ ވަރަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު މަޖިލީހުގެ ރިޔާސަތަށް އަރާވަޑައިގެން، މަޖިލިސް ހޫނުވުމާއެކު މަޖިލިސް ނިންމަވާލެއްވިއެވެ.

ދެން އިންނެވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲއެވެ. މަޖިލީހުގެެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަށް އަހާއިރު، އެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ. އެހެން ނަަމަވެސް ނައިބު ރައީސް ނެތް ހާލަތެއްގައި އަމަލުކުރާނެ ގޮތެއް، ނުވަތަ އެ ޖަލްސާ ކުރިއަށްދާނެ ގޮތެއް ގަވާއިދުގައި ބަޔާންކޮށްފައެއް ނޯވެއެވެ.

އެހާހިސާބުން ފެނުނީ އީވާ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވަޑައިގަތުން ހުއްޓަވައިލެއްވި ތަނެވެ. ވަކިން ޚާއްސަކޮށް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އޮވެއްޖެނަމަ، އެ ދުވަހު މަޖިލީހުގެ ތަޅުމަކުން އީވާއެއް ނުފެންނާނެއެވެ. އެހާ ހިސާބުން އަނެއްކާވެސް މުޅި މަޖިލިސް ހުއްޓުވުމަކަށް ގެނެވުނީތާއެވެ.

މަޖިލިސް ނުހުއްޓުވޭނެ ސަބަބެއްވެސް ނެތްތާއެވެ. ގަވާއިދު ބުނާގޮތުންނަމަ، ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގެ ދަށުން އިތުރު މައްސަލައެއް އެޖެންޑާވެސް ނުކުރެވޭއިރު، ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ)އާއި (ރ)ގެ ދަށުން ހުށަހެޅޭ ކަންތައްތަކާ ގުޅިގެންވެސް މަޖިލީހަށް ގޮތެއް ނިންމޭނީ، ހުށަހެޅިފައިވާ "މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ"އާ މެދު ގޮތެއް ނިންމުމަށްފަހުއެވެ. އެބޭފުޅުން އެ ހިއްޕަވާ އެއް ކަމަކީވެސް މި މާއްދާތަކެވެ.

ދެން ހުންނެވީ ރައީސް ނަޝީދެވެ. ދިވެހިންގެ ޑިމޮކްރެސީގެ ބައްޕަގެ ޚުދުމުޚްތާރުކަން ބަލަން އިތުރު ސަފްހާއެއް ނުހުޅުވިޔަސް، މަޖިލީހުގެ ރައީސްކަމުގެ ސަފްހާއިން ފުދޭނެއެވެ. 2008 ވަނަ އަހަރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަން ބަދަލުކުރެއްވުމުގައި އޭރު ނަޝީދު އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ކަންތައް ކަމުގައިވާ "ކަންކަން ބަދަލު ކުރުމުގެ ވޯޓު"ގައި މިއަދު ކޮޅުފައިން ޖަހައި ދުރުކޮށްލައިފިއެވެ. އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ހުރިހާ ހުއްޖަތެއް އެ ގެންދަވަނީ ދައްކަވަމުންނެވެ. އަމަލުފުޅުންވެސް ކުރައްވަމުންނެވެ.

އަންނަ އާދިއްތަ ދުވަހަކީވެސް އެފަދަ ދުވަހެކެވެ. އެމްޑީޕީން ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރަމުން އައިނަމަވެސް، މަޖިލީހުގެ ގަވާއިދުގެ ބޭނުން ހިއްޕަވައި އެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ގޮތެއް އެމަނިކުފާނު ހޯއްދަވާނެކަމަށް ބެލެވެއެވެ. އެމަނިކުފާނުގެ އާއިލީ ކޮއްކޯފުޅު، އީވާގެ އެހީތެރިކަމާއެކުވެސް މެއެވެ.

އެހެން ނަމަވެސް، ޑިމޮކްރަސީގެ ރިވެތި އުސޫލަކީ އިދިކޮޅު ފަރާތްތަކާމެދު ހިތްޕުޅުހަމަނުޖެހުނު ނަމަވެސް، މެޖޯރިޓީގެ ނިންމުމަށް އިހްތިރާމު ކުރެއްވުމެވެ. އިތުބާރު ނެތްކަމުގެ ވޯޓު ނެގޭ ޖަލްސާގައި ބައިވެރިވެވަޑައިގެން، ޖަވާބުދާރީވެވަޑައިގަތުމެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާ 30 މިނެޓުގެ ބޭނުން ހިއްޕަވައިގެން، އެންމެ އެކަށޭނަ ގޮތުގައި، މެންބަރުންނާއި ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގެން، ރިވެތިގޮތުގައި މަޖިލީހުގެ މެމްބަރުކަން އަދާކުރެއްވުމެވެ.

އެއީ އަންނަން އޮތް ސަރުކާރުގެ ކަންކަމުގައި ގާނޫނީގޮތުން ފުށުއެރުން ސަލާމަތްކުރުމާއެކު، މިވަގުތަށް ރާއްޖެއަށްވެސް އެންމެ ފައިދާހުރި އެއް ގޮތެވެ. އެކަން ކުރައްވާނެތޯ އެއީ ކުރެވޭ ސުވާލެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
02 ފެބުރުއަރީ 2024

ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟

02 ފެބުރުއަރީ 2024
ވަޒީރުންނަށް ރުހުން ނުދިނުން: ގާނޫނު އަސާސީގެ 129 ވަނަ މާއްދާ މުތުލަގަށް ނެތް ނަމަ ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް