Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް ފްލެޓް

ވިނަރެސް ފްލެޓުން ނުވިކި ހުރި ޔުނިޓްތައް ގަތުމަށް ހުޅުވާލަނީ

މި ފުލެޓުތަކަށް އެދި ފޯމު ހުށަހަޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ 5 ނޮވެމްބަރ ގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 އޮކްޓޯބަރު 2023 | ބުރާސްފަތި 00:49
ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓް

ވިނަރެސް މަޝްރޫޢުއިން ފުލެޓު ގަތުމަށް އެދި ހުށަހެޅި ފަރާތްތަކަށް އެކި ސަބަބުތަކާހުރެ ފްލެޓް ނުގަނެވުމުގެ ސަބަބުން ނުވިކި ހުރި ޔުނިޓްތައް ވިއްކާލުމަށް ހުޅުވާލާނެކަމަށް އަރބަންކޯއިން ބުނެފިއެވެ.

އެކަމާއި ގުޅިގެން އަރބަންކޯއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 15 ސެޕްޓެމްބަރ 2022 ގެ ނިޔަލަށް ވިނަރެސް މަޝްރޫޢުއިން ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފުލެޓު ގަތުމަށް ޝަރުތުހަމަވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަރުޙަލާތައް ނިންމާ، މި ފަރާތްތަކުން ފުލެޓު އިހްތިޔާރުކޮށް ނިމުމުން އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދަށް ބެލުމަށް ފަހުވެސް ބާކީ ފުލެޓުތަކެއް ނުވިކި ހުންނާނެކަމަށް ވަނީ އަންދާޒާކުރެވިފައި ކަމަށެވެ. ވީމާ، 31 އޮކްޓޯބަރ ގެ ނިޔަލަށް މިހާރު ކުރިއަށްދާ މަރުޙަލާތައް ނިމުމުން މާލީ ޤާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި، ޔުނިޓް އިހްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހުވެސް ޔުނިޓް އިހްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމު ބާތިލްކޮށް ބާކީ ނުވިކިހުރި ޔުނިޓްތައް ވިއްކަން ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ފުލެޓުތަކަށް އެދި ފޯމު ހުށަހަޅުމަށް ހުޅުވާލަން ހަމަޖެހިފައިވަނީ 5 ނޮވެމްބަރ 2023 ވާ އާދީއްތަ ދުވަހު މިކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް https://my.urbanco.mv ގައިވާ ‘Housing’ ޖަހާފައިވާ ލިންކް މެދުވެރިކޮށެވެ.

މިމަހުގެ 22 ވަނަ ދުވަހު އަރބަންކޯއިން ބުނެފައިވަނީ ވިނަރެސް ފްލެޓްތަކަށް ދިގު މުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތައް ފައިސާ ދެއްކުމަށް އިންޓްރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް ކުޑަކޮށްފައި ވާކަމަށެވެ.

މިކަމުގެ ސަބަބުން ދިގު މުއްދަތައް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި ލިބޭނެ ކަމަށާއި، މި ބަދަލު ގެނެވިފައިވަނީ ހަމައެކަނި ދިގު މުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް އެކަނި ނޫން ކަމަށެވެ. މި ބަދަލާއެކު، ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާފައިވާ ވިނަރެސް މަޝްރޫއުގައި މިހާރު މުޅި ޖުމްލަ 288 އެގްރީމެންޓްގައި ސޮއިކުރެވިފައި ވާކަމަށް އާބަންކޯއިން ބުނެއެވެ.

ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސާފައިވާއިރު، 21 އޯގަސްޓް 2023ގައި ބައެއް މީހުންނަށް ވަނީ ވިނަރެސް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކޮށްފައެވެ.

ވިނަރެސް އެޕާޓްމަންޓުތަކަކީ ހުޅުމާލޭގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން އާބަންކޯއިން ހިންގާފައިވާ މަޝްރޫއުތަކުގެ ތެރެއިން، އެއްވެސް މައްސަލައެއް ކުރިމަތިނުވެ ވަރަށް ފުރިހަމަކަމާއެކު ކުރިއަށް ގެންދެވުނު މަޝްރޫއެއް ކަމަށް އެކުންފުނިން ބުނެއެވެ.

10 ޓަވަރުގެ މި މަޝްރޫއަކީ އާބަންކޯއިން ފުރަތަމަ ފަހަރަށް، މެދުފަންތީގެ ބޯހިޔާވަހިކަމަށް ޚާއްސަކޮށްގެން ހިންގައި، ޚިދުމަތް ފޯރުކޮށްދީފައިވާ މަޝްރޫއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާފައިވެއެވެ. ވިނަރެސްގައި ދެ ވައްތަރެއްގެ އެޕާޓްމަންޓު ހިމެނެއެވެ. 902 އަކަފޫޓު އަދި 883 އަކަފޫޓް ހިމެނޭ މި އެޕާޓްމަންޓުތަކުގައި 3 ކޮޓަރި، 3 ފާޚާނާ އަދި ބެލްކަނި ހިމެނެއެވެ.

އެޗްޑީސީވިނަރެސް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް

13 ޑިސެމްބަރު 2025
ހުޅުމާލޭ ގެ ބައެއް މަގުތައް މަރާމާތު ކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރީ 91.8 މިލިއަން ރުފިޔާ އަށް
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި

05 ޑިސެމްބަރު 2025
ހިޔާޓަވަރު ގެ 10 ވަނަ ފަންގިފިލާ އަށް ދިމާވި މައްސަލައެއް ހައްލުކުރަން 12 ވަނަ ފަންގިފިލާ އަށް 1 އަހަރު ފަހުން އެޗްޑީސީ އިން ސިޓީއެއް ފޮނުވައިފި
04 ޑިސެމްބަރު 2025

ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟

04 ޑިސެމްބަރު 2025
 ޝަރީފް ގެ އަންހެނުންނަށް އެޗްޑީސީ އިން ބައިލައްކަ ރުފިޔާ ގެ ވަޒީފާ އެއް ލިބުނީ އިއްތިފާގަކުން؟
01 ޑިސެމްބަރު 2025

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

01 ޑިސެމްބަރު 2025
މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު