Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނެތެމުންދާ ތަރިކައާއި އާޘާރު

ނެތެމުންދާ ތަރިކައާއި އާޘާރުގެ ތެރައަށް ޙަމްދީއާއެކު ކުލަ ދަތުރެއް

23 އޮކްޓޯބަރު 2023 | ހޯމަ 09:40

މި މަޝްރޫޢުގެ ބޭނުމަކީ މިޞްރުގެ ތާރީޚާއި ކުރެހުމުގެ ފަންނުވެރިކަން ގުޅުވާލުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 އޮކްޓޯބަރު 2023 | ހޯމަ 09:40
"ރަސަމް މިޞްރު"ގެ ތެރެއިން، އެ ޤައުމުގެ ތާރީޚާ ގުޅިފައި ވާ މަންޒިލްތަކަށް ދަތުރު ކުރޭ

"ރަސަމް މިޞްރު"ގެ ތެރެއިން، އެ ޤައުމުގެ ތާރީޚާ ގުޅިފައި ވާ މަންޒިލްތަކަށް ދަތުރު ކުރޭ

ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައި ވާ ބޮޑެތި ބަދަލުތަކާއެކު ކާބަފައިންގެ ވާހަކަތަކާއި ތާރީޚުގެ ވާހަކަތަކަކީ ބައެއް މީހުންނަށް އަޑުއަހާލަން މާ ފަސޭހަ ވާހަކަތަކަކަށް އޮންނަނީ ނުވެފައެވެ. ކާބަފައިންގެ ސާދާ ދިރިއުޅުމާއި، އޭރުގެ ރަސްރަސްކަލުންގެ ޝާހީ އަބުއިކަމުގެ ވާހަކަތަކަކީ ކަޓު ވާހަކަތަކަކަށް އޮންނަނީ ވެފައެވެ. ފޫހި ވާހަކަތަކަކަށް ވެފައެވެ. އެ ވިސްނުން ބަދަލުކޮށް، އެތައް ބައެއްގެ ސަމާލުކަން ދަމައިގަންނެވިދާނެ ގޮތަކަށް ތާރީޚުގެ ޞަފުޙާތަކުން ފިލާވަޅުތައް ނަގައި ދެމުން ދާ އެކަކީ ފަންނުވެރި ކަމުގެ ތާރީޚާއި ބެހޭ މިޞްރުގެ ޕްރޮފެސަރެއް ކަމަށް ވާ މުޙައްމަދު ޙަމްދީއެވެ.

މިޞްރުގެ ވިރާސީ ވެރިކަމުގެ ތާރީޚު ދުށް އެންމެ ފަހު ވެރިޔާ، ރަސްގެފާނު ފާރޫޤު ގެންގުޅުއްވި ބައެއް ސަމާނުތައް ބަހައްޓާފައި ވާ ދާރުލްއާޘާރުގައި ޕްރެފެސަރ ޙަމްދީ ވަށާލައިގެން ކޯޅިކޯޅިއަށް މީހުން ތިއްބާ ފެނުނެވެ. ތާރީޚުގެ ވާހަކަތަކެއް ކިޔައިދެމުން ދާއިރު ޝަޢުޤުވެރިކަމާއެކު އަޑަހަން ތިބި ބައެކެވެ. އެ ތަނުގައި އެމީހުން ކުރަމުން އެ ދާ ކަމަކީ، ހަމަ އެކަނި މީހަކު ދައްކާ ވާހަކަތަކެއް އަޑު އަހާލުމެއް ނޫނެވެ. ލިބުނު މަޢުލުމާތުގެ މައްޗަށް ބިނާކޮށް، އެ ތާރީޚީ އަޖައިބުތަކުގެ ވާހަކަ، ކުރެހުމެއްގެ ސިފައިގައި ބަޔާންވެސް ކޮށްދެއެވެ.

ދެކެވެމުން މި ދަނީ ޕްރޮފެސަރ ޙަމްދީގެ މަޝްރޫޢެއް ކަމަށް ވާ "ރަސަމް މިޞްރު"، ނުވަތަ "މިޞްރު ކުރާހާލާ" ގެ ވާހަކައެވެ. މި މަޝްރޫޢުގެ ބޭނުމަކީ މިޞްރުގެ ތާރީޚާއި ކުރެހުމުގެ ފަންނުވެރިކަން ގުޅުވާލުމެވެ.

"ރަސަމް މިޞްރު"ގެ ތެރެއިން، އެ ޤައުމުގެ ތާރީޚާ ގުޅިފައި ވާ މަންޒިލްތަކަށް ދަތުރު ކުރެއެވެ. އެ ތަންތަނުގެ މަޢުލޫމާތު ހިއްސާކުރެއެވެ. ލިބެމުންދާ މަޢުލޫމާތު، ރައްކާ ކުރަމުން ދަނީ، ކުރެހުންތަކެއްގެ ސިފައިގައެވެ.

ގަލަންތަކާއި ފިހިތައް ބޭނުން ކޮށްގެން އެކި ޒާތްޒާތުގެ ރޮނގުތައް އަޅަމުން ދާ ފަންނުވެރިންގެ މަސައްކަތުން، ދާރުލް އާޘާރަށް އައު ދިރުމެއް ގެނެސްދެއެވެ.

ޕްރޮފެސަރ ޙަމްދީގެ މިޞްރު ކުރަހާލުމުގެ މަޝްރޫޢު ފެށިގެން އައި އިރު، އެކަމަށް ލިބުނީ އެންމެ 20 އަކަށް މީހުންގެ ސަމާލު ކަމެވެ. ނަމަވެސް އިމާމް ޝާފީގެ މަޤުބަރާ ހުރި ސަރަޙައްދު ތަޅާލުމުގެ ޚަބަރު ފެންމަތިވުމާއެކު، އެ ސަރަޙައްދަށް ދަތުރެއް ކޮށް، ކުރެހުންތައް ކުރަހާލުމުގެ ފުރުޞަތު ދޭ ޓުއަރއެއް ޢިއުލާން ކުރުމާއެކު، "ރަސަމް މިޞްރު" މަޝްރޫޢުގެ މަޤުބޫލުކަން އިތުރުވެގެން ދިޔައެވެ.

އޭގެ ފަހުން، ޕްރޮފެސަރ ޙަމްދީ، ތާރީޚުގެ ތެރެއަށް ކުރާ ކުލަ ދަތުރުތަކުގައި 100 ވަރަކަށް މީހުން ބައިވެރިވާ ފަހަރުވެސް އާދެއެވެ. އެކި ޢުމުރުގެ ބައިވެރިންނެވެ. އޭގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ.

"ރަސަމް މިޞްރު" މަޝްރޫޢު މި ވަޤުތު ކުރިއަށް ދަނީ މިޞްރުގެ ވެރިކަން ކުރާ ޤާޚިރާ ސަރަޙައްދުގައި އެކަނި ނަމަވެސް، ޕްރޮފެސަރ ޙަމްދީގެ ޢަމާޒު ހުރީ އެހެން ގަވަނަރޭޓްތަކަށްވެސް އެ ދަތުރުތައް ފުޅާ ކުރުމާ ދިމާއަށެވެ.

މިޞްރަކީ މުއްސަނދި ތާރީޚެއް ލިބިފައި އޮތް ޤައުމެކެވެ. މިޞްރަކީ މުޅި ދުނިޔެއަށް ބެލި ކަމުގައި ވީ ނަމަވެސް، އެންމެ ޒަމާންވީ އިންސާނީ ޙަޟާރާތު ފެތުރިފައި އޮތް ޤައުމުވެސްމެއެވެ. މިޞްރަކީ ރަނުގެ މުއްސަނދިކަން އޭގެ އެންމެ އިންތިހާއަށް ލިބިފައި އޮތް ޤައުމެއް ކަމުން، ގިނަ ބަޔަކު ވަނީ ރަން ނެގުމުގެ ބޭނުމަށް، މިޞްރުގައި ވަޒަންވެރިވެ، ދިރިއުޅުން އާބާދު ކޮށްފައެވެ.

ރަސަމް މިޞްރުކުރެހުންތެރިއެއްމިޞްރު

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

މޯދީގެ ވީޑިއޯ މައްސަލައިގައި ޒަކަރބާގް މައާފަށް އެދިއްޖެ

އިތުރަށް ކިޔާލަން

14 އޮކްޓޯބަރު 2025

ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ

14 އޮކްޓޯބަރު 2025
ސުލްޙަވެރިކަން ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު: އަލް ސީސީ
12 އޮކްޓޯބަރު 2025

ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ

12 އޮކްޓޯބަރު 2025
ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއިން، މެކްރޮން މިޞްރަށް ވަޑައިގަންނަވަނީ
11 އޮކްޓޯބަރު 2025

ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

11 އޮކްޓޯބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލަން ވެފައިވާ އެއްބަސްވުން ދެމި އޮންނާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
07 އޮކްޓޯބަރު 2025

ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި

07 އޮކްޓޯބަރު 2025
ހަމާސް އާއި އިސްރާއީލްއާ ދެމެދު ފުރަތަމަ ބުރުގެ މަޝްވަރާތައް ބާއްވައިފި
05 އޮކްޓޯބަރު 2025

ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް

05 އޮކްޓޯބަރު 2025
ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާ އަށް ޓްރަމްޕްގެ މަންދޫބުން މިޞްރަށް
14 އެޕްރީލު 2025

ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު

14 އެޕްރީލު 2025
ހަނގުރާމަ ހުއްޓާލާ ރަހީނުން މިނިވަން ކުރުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބުނު
19 މާރިޗު 2025

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

19 މާރިޗު 2025
އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން
27 ޖެނުއަރީ 2025

ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި

27 ޖެނުއަރީ 2025
ފަލަސްތީން ރައްޔިތުން އެމީހުންގެ ވަޒަނުން ނެރުމަށް ޓްރަމްޕް ގެންގުޅުއްވާ ޕްލޭނަށް މިސުރުން ދެކޮޅު ހަދައިފި
21 އޮކްޓޯބަރު 2024

މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި

21 އޮކްޓޯބަރު 2024
މިސްރުން މެލޭރިއާ ނައްތާލެވިއްޖެ ކަމަށް އިއުލާންކޮށްފި
22 ޖޫން 2024

ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟

22 ޖޫން 2024
ޙައްޖު 1445: އެހާ ގިނަ މީހުން މަރުވީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް