"ސީހޯސް 3" ދޯނިން، ފަލަސްތީނު ރައްޔިތުންގެ ފަންޑަށް 50،000ރ ދިނުމަށް ނިންމައިފި
15 އޮކްޓޯބަރު 2023 | އާދީއްތަ 16:44މި ފައިސާއަކީ ފާއިތުވި ހަފުތާގައި އެ ދޯނިން ބޭނި 50 ޓަނުގެ މަހުން، ދެ ޓަނުގެ މަހަށްވާ ފައިސާ

ޝަބާ ޔޫސުފް | 15 އޮކްޓޯބަރު 2023 | އާދީއްތަ 16:44

ސީހޯސް 3
ގއ. ކަނޑުހުޅުދޫ "ސީހޯސް 3" ދޯނިން ފަލަސްތީނުގެ ރައްޔިތުންގެ ފަންޑަށް 50،000ރ ދިނުމަށް ނިންމައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ރާއްޖެއެމްވީއާ މައުލޫމާތު ހިއްސާކުރަމުން އެ ދޯނީގެ ކައްޕި ބުނީ، މި އެހީއަކީ ފަލަސްތީނުގައި ހާލުގައިޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޭ އެހީއެއް ކަމަށެވެ.
މި އެހީގެ ގޮތުގައި ދޭ ފައިސާއަކީ، ފާއިތުވި ހަފުތާގައި އެ ދޯނިން ބޭނި 50 ޓަނުގެ މަހުން ދެ ޓަނުގެ މަހަށްވާ ފައިސާކަން އޭނާ ފާހަގަކުރިއެވެ. އަދި މިއީ ފަޅުވެރިންގެ ފަރާތުން ފަލަސްތީނު ފަންޑަށް ދިނުމަށް ނިންމާފައިވާ ފައިސާކަންވެސް އޭނާ ފާހަގަކުރިއެވެ.





