Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފަލަސްތީން އިސްރާއީލް ހަނގުރާމަ

ޢުދުވާންތަކުގެ ތެރެއިންވެސް ޣައްޒާގެ ކުދިބޮޑު އެންމެން ދައްކައި ދެނީ އިންސާނިއްޔަތު ކަމުގެ ޙަޤީޤީ ސިފަ

15 އޮކްޓޯބަރު 2023 | އާދީއްތަ 08:12

އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ދިރިހުރުމުގެ ޙައްޤާއި ހިސާބުން ފެށިގެން ގޮސް، އަސާސީ އެތައް ޙައްޤުތަކުން ޣައްޒާގެ ރަށްވެހިން ވަނީ އެކަހެރި ކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 އޮކްޓޯބަރު 2023 | އާދީއްތަ 08:12
ފަލަސްތީން އިސްރާއީލް ހަނގުރާމަ - އެ ޙާލުގައިވެސް، ޣައްޒާއިން ފެނިގެން ދަނީ އިންސާނިއްޔަތު ކަމުގެ ރީތި މިސާލުތަކެއް

ފަލަސްތީން އިސްރާއީލް ހަނގުރާމަ - އެ ޙާލުގައިވެސް، ޣައްޒާއިން ފެނިގެން ދަނީ އިންސާނިއްޔަތު ކަމުގެ ރީތި މިސާލުތަކެއް | ރޮއިޓާސް

އަމިއްލަ މިނިވަން ކަމުގެ ޙައްޤުގައި ހަމާސް ޖަމާޢަތުން، ޔަހޫދީ އިޒްރޭލަށް ޢަމާޒުކޮށްގެން ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ޢިއުލާންކޮށް، އެޔެއް މިޔެއް ބެލުމެއް ނެތި ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާ ސުންނާފަތި ކުރަމުންދާތާ މިހާރު މި ވަނީ ހަފުތާއެއް ފާއިތުވެފައެވެ. އަދި ފެނިގެން މި ދަނީ ހަނގުރާމައިގެ ކޮޅުމަތި ކަމަށް ޚުދުމުޚުތާރު އިޒްރޭލުން ބުނަމުން ދާއިރު، ޣައްޒާ އޮތީ ހަފުސް ވެފައެވެ. އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ދިރިހުރުމުގެ ޙައްޤާއި ހިސާބުން ފެށިގެން ގޮސް، އަސާސީ އެތައް ޙައްޤުތަކުން ޣައްޒާގެ ރަށްވެހިން ވަނީ އެކަހެރި ކޮށްފައެވެ. އެ ޙާލުގައިވެސް، ޣައްޒާއިން ފެނިގެން ދަނީ އިންސާނިއްޔަތު ކަމުގެ ރީތި މިސާލުތަކެވެ. ހަމަ އެކަނި އެއް އިންސާނަކު އަނެއް އިންސާނަކާ މެދުގައެއް ނޫނެވެ. ޖަނަވާރުތަކާއި ދޫނިސޫފާސޫތްޕާ މެދުގައިވެސްމެއެވެ.

އަމިއްލަ ގެދޮރު ދޫކޮށް، ޢާއިލާއާއެކު ވަޤުތީ ހިޔާއަކަށް ބަދަލު ވެފައި ވާ އެކަކީ ޢުމުރުން އެންމެ 13 އަހަރުގެ އަޒުމީ ދިޢާބްއެވެ. ގެދޮރު ދޫކޮށް، ފުރާނަ އަތް މައްޗަށް ލައިގެން އަޒުމީ ދަތުރު ފެށީ، އިންތިހާ ލޯބި ދީގެން އޭނާ ގެންގުޅޭ ދޫނިވެސް ގޮވައިގެންނެވެ. ރެފިއުޖީންނާ ބެހޭ އދގެ އިދާރާ (ޔޫއެންއާރްޑަބްލިއުއޭ)އިން ޚާން ޔޫނިސްގެ ހުޅަނގުގައި ހިންގާ ކޭމްޕަށް އަޒުމީ ބަދަލުވެ، އެތަނުގައި ވަޤުތުތަކުގައި ހޭދަ ކުރަމުން ދާ އިރު، ހިނދުކޮޅަކަށްވެސް އޭނާގެ ދޫނި ދޫކޮށެއް ނުލައެވެ.

ރެފިއުޖީ ކޭމްޕަށް ދިއުމަށް އަޒުމީ ކުރި ދަތުރަކީވެސް އިންތިހާއަށް ބިރުވެރި ދަތުރެކެވެ. ފުރާވަރު ޢުމުރުގެ ދުވަސްތަކަށް ގުނަން ފަށާފައި ވާ ޢަޒުމީގެ އެ ޅަ ސިކުނޑީގައި ހާދަހާ ވާ ކަމެއް ދަޢުރުވަމުން ދެއެވެ.

އަޒުމީގެ ކޮނޑުމަތީގައި ޖައްސާލައިގެން އިން ދޫންޏަކީ، އެ ދުނީގެ ވަރަށް ޅަފަތުގައި އަޒުމީއަށް ފެނުނު ދޫންޏެކެވެ. ޣައްޒާއަކީ އިޒްރޭލުގެ ޢުދުވާންތައް ސިލްސިލާ ގޮތެއްގައި ޢަމާޒު ވާ މަންޒިލެއް ކަމުން، އަޒުމީ ވަނީ، ޙަމަލާތަކުން ދިފާޢު ލިބޭ ފަދަ ހާއްޔެއްވެސް އެ ދުންޏަށްޓަކައި ތައްޔާރު ކޮށްދީފައެވެ.

އަޒުމީއާއި ވާހަކަދައްކާލުމުން، ޣައްޒާގެ ރަށްވެހިންގެ ހިތުގައި އޮތް އިންސާނިއްޔަތުކަމުގެ ކުލުނުގެ މަތިވެރިކަން ކިތަންމެ ހާ ރަނގަޅަކަށްވެސް ހާމަވެއެވެ.

އަޒުމީ އެކަންޏެއް ނޫނެވެ. ދޫނި ސޫފާސޫތްޕާއި ޖަނަވާރުތަކަށް ކަމޭހިތުމުގެ ރީތި އެތައް މިސާލެއް، މިވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޣައްޒާގެ މަސްރަޙުން ވަނީ ފެނިފައެވެ. ޢަބްދުއްރަޙުމާން ޢުބައިދުގެ ވާހަކައަކީވެސް ހަމަ އެފަދަ ވާހަކައެކެވެ.

ކުޑައެއް ބޮ@ޑެއް، އަންހެނެއް މުސްކުޅިއެއް ބެލުމެއް ނެތި ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި ދިރުން ގެއްލި ގޮސްފައި ވާ ޣައްޒާގެ ރަށްވެއްސެއް ކަމަށް ވާ ޢުބައިދުގެ އަތުގައި މިއަދު އޮތް ހަމަ އެކަނި އެއްޗަކީ، ބުޅަލެކެވެ. އެ ބުޅަލަކީ، ވައިގެ ޙަމަލާތަކުގައި ސުންނާފަތި ވެފައިވާ ސަރަޙައްދަކުން އޭނާ ސަލާމަތް ކުރި ބުޅަލެކެވެ. މިއަދު، ޢުބައިދުގެ ހުރިހާވެސް އެއްޗަކީ އެއީއެވެ.

އިޒްރޭލުގެ އެންމެ ފަހުގެ ޢުދުވާންތައް ފެށުމުގެ ކުރިންވެސް ޣައްޒާއަކީ އެކި ކަހަލަ ޖަނަވާރުތަކާއި ދޫނި ސޫފާސޫފި ގެންގުޅެމުން ދިޔަ ސިޓީއެކެވެ. ދިރިއުޅުމުގެ ޙާލަތު އިންތިހާއަށް ދަތިވި ކަމުގައި ވީ ނަމަވެސް، އިންސާނުންގެ އިތުން މި ދުނިޔޭގައި ދިރިއުޅޭ އެހެން ދިރުންތަކަށް އިޚުތިރާމް ކުރާ ރައްޔިތަކު ދިރިއުޅޭ ސިޓީއެކެވެ. އަނެކުންނަށް އޯގާތެރިކޮށް ހިތާ، ހެޔޮ ފޯރުކޮށްދިނުމަށްޓަކައި، މިނިވަންކަމާއި ތަނަވަސްކަމަކީ ކޮންމެހެން ބޭނުން ކަންކަމެއް ނޫންކަން ސާބިތުކޮށްދިން ހިތްވަރުގަދަ ބަޔަކު ދިރިއުޅޭ ސިޓީއެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2022

ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް

21 ސެޕްޓެމްބަރު 2022
ޣައްޒާގެ ފިޝް-ފަރމްތަކުގައި ތިޔާގި ފިލޮޅުން އިޤްތިޞާދު ހެޔޮ ފާލަކަށް
03 ސެޕްޓެމްބަރު 2020

"ފަލަވެލާ ކޮންމެ ފަހަރަކު އެންމެން އަހަރެން މާބަނޑު މީހަކަށް ހަދާ"

03 ސެޕްޓެމްބަރު 2020
"ފަލަވެލާ ކޮންމެ ފަހަރަކު އެންމެން އަހަރެން މާބަނޑު މީހަކަށް ހަދާ"
18 އޮކްޓޯބަރު 2019

އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!

18 އޮކްޓޯބަރު 2019
އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!
30 ޖެނުއަރީ 2019

ޕެއިސާ ޔެ ޕެއިސާ އިން މާދުރީ އެންމެންގެ ސަމާލުކަން ހޯދައިފި

30 ޖެނުއަރީ 2019
ޕެއިސާ ޔެ ޕެއިސާ އިން މާދުރީ އެންމެންގެ ސަމާލުކަން ހޯދައިފި
28 އޮކްޓޯބަރު 2018

ޕީހޫގެ ޓްރެއިލާއަށް އެންމެންގެ ސަމާލުކަން

28 އޮކްޓޯބަރު 2018
ޕީހޫގެ ޓްރެއިލާއަށް އެންމެންގެ ސަމާލުކަން
10 އޯގަސްޓު 2018

ޕާކިސްތާނުގައި ކުލަ ލުމުގެ މަސައްކަތްކުރާ މީހެއްގެ ރީތި އަޑުން އެންމެންގެ ހިތް އަތުލައިފި

10 އޯގަސްޓު 2018
ޕާކިސްތާނުގައި ކުލަ ލުމުގެ މަސައްކަތްކުރާ މީހެއްގެ ރީތި އަޑުން އެންމެންގެ ހިތް އަތުލައިފި
07 އޯގަސްޓު 2018

އުމުރުން 58 އަހަރުގެ މޮޑެލްއަކު އެންމެން ހައިރާންކޮށްލައިފި

07 އޯގަސްޓު 2018
އުމުރުން 58 އަހަރުގެ މޮޑެލްއަކު އެންމެން ހައިރާންކޮށްލައިފި
16 ޖޫން 2018

ސަލްމާންގެ އައި ފައުންޑް ލަވް އެންމެން ބެލުމަށް އެދިއްޖެ

16 ޖޫން 2018
ސަލްމާންގެ އައި ފައުންޑް ލަވް އެންމެން ބެލުމަށް އެދިއްޖެ
05 އެޕްރީލު 2018

ޝަލަބީގެ އާ ލަވަ: މަގޭ ޚާއްސަ ދަރިފުޅާ، އެންމެން ރޮއްވާލައިފި

05 އެޕްރީލު 2018
ޝަލަބީގެ އާ ލަވަ: މަގޭ ޚާއްސަ ދަރިފުޅާ، އެންމެން ރޮއްވާލައިފި
21 ޖުލައި 2017

އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!

21 ޖުލައި 2017
އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް