Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޕެއިސާ ޔެ ޕެއިސާ އިން މާދުރީ އެންމެންގެ ސަމާލުކަން ހޯދައިފި

މި ލަވައިގެ އޮރިޖިނަލް ލަވައަކީ 1980 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ކަރްޒް" އަށް ކިޝޯރް ކުމާރު ކިޔައިދީފައިވާ ލަވައެއް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 30 ޖެނުއަރީ 2019 | ބުދަ 02:51
މާދުރީ ޑިކްސިޓް އާއި އަނިލް ކަޕޫރު

މާދުރީ ޑިކްސިޓް އާއި އަނިލް ކަޕޫރު

މާދުރީ ޑިކްސިޓްގެ އަންނަން އޮތް ފިލްމް "ޓޯޓަލް ދަމާލް" ގެ ލަވަ "ޕެއިސާ ޔެ ޕެއިސާ" އިން އެންމެންގެ ސަމާލުކަން ހޯދައިފި އެވެ.

އަނިލް ކަޕޫރާއި، މާދުރީ ޑިކްސިޓް، އަޖޭ ދޭވްގަން، ރިތޭޝް ދޭޝްމުކް، އަރްޝަދް ވަރްސީ، ސަންޖޭ މިޝްރާ އަދި ޖާވެދް ޖެޕްރީ ނޫކުލަ އާއި ގޯލްޑް ކުލައިގެ ކޮސްޓިއުމްގައި ފެނިގެންދާ މި ލަވައަކީ ހެއްވާ މަޖާ ނެސުމެއް ފެނިގެންދާ ލަވައެކެވެ.

ލަވައިގައި މާދުރީ ފުރަތަމަ ފެނިގެންދަނީ ރަތް ކުލައިގެ ގައުން އެއްގައި ކާރަކުން ފައިބާ މަންޒަރެވެ. އެއަށްފަހު އެހެންތަރިންނާއި, އެކު މާދުރީ ނަށަމުންދާއިރު ވެސް އެންމެންގެ ސަމާލުކަން ބޮޑަށް ހުއްޓިގެންދަނީ މާދުރީގެ ނެށުމަށެވެ.

މި ލަވައިގެ އޮރިޖިނަލް ލަވައަކީ 1980 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ކަރްޒް" އަށް ކިޝޯރް ކުމާރު ކިޔައިދީފައިވާ ލަވައެކެވެ.

"ޓޯޓަލް ދަމާލް" ގައި ހިމަނާފައިވާ މި ލަވައިގެ ފަހުގެ ވާރޝަން ކިޔާފައިވަނީ ދޭވް ނެގީ، ސުބްރޯ ގަންގުލީ، އަދި އަރްޕިތާ ޗަކްރަބޯތީ އެވެ. މިއުޒިކް ހަދާފައިވަނީ ގައުޜޯވް ރޯޝިން އެވެ.

މިފިލްމްގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު, އެ ޓްރެއިލާއަށް ވަނީ ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފައެވެ.

"ޓޯޓަލް ދަމާލް" ވެގެން ގޮސްފައިވަނީ 19 އަހަރަށް ފަހު މާދުރީ އާއި އަނިލް ކަޕޫރު އެކުގައި ކުޅޭ ފިލްމަށެވެ. މި ދެތަރިން އެންމެ ފަހުން އެކުގައި ކުޅެފައިވަނީ 2000 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ޕުކާރު" އެވެ.

އިންދްރާ ކުމާރު ޑައިރެކްޓް ކުރާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 22 ގައެވެ.

އިތުރަށް ކިޔާލަން

09 މެއި 2018

މެޓް ގާލާ 2018: ޕްރިޔަންކާ އާއި ދީޕިކާ ގެ ހެދުމަށް ސަމާލުކަން

09 މެއި 2018
މެޓް ގާލާ 2018: ޕްރިޔަންކާ އާއި ދީޕިކާ ގެ ހެދުމަށް ސަމާލުކަން
06 މާރިޗު 2018

ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން

06 މާރިޗު 2018
ރަޝިއާގެ ސެނެޓަރެއްގެ އިސްތަށިގަނޑަށް އެތައް ބައެއްގެ ސަމާލުކަން
17 ޖެނުއަރީ 2018

ބޮޑު ސިންގާ އަލިމަހެއް ލެސޯތޯ އިން ހޯދައިފި

17 ޖެނުއަރީ 2018
ބޮޑު ސިންގާ އަލިމަހެއް ލެސޯތޯ އިން ހޯދައިފި
28 އޮކްޓޯބަރު 2017

އާމިރު ޚާންގެ މައްޗަށް އަޖޭ ބޮކްސް އޮފީހުގައި ކުރި ހޯދައިފި

28 އޮކްޓޯބަރު 2017
އާމިރު ޚާންގެ މައްޗަށް އަޖޭ ބޮކްސް އޮފީހުގައި ކުރި ހޯދައިފި
25 ސެޕްޓެމްބަރު 2017

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު