Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވަރލްޑްކަޕް ކޮލިފައިންގ

ވެނެޒުއޭލާ އަތުން މޮޅުނުވެވުމުން، ބްރެޒިލް ދެވަނައަށް ސޮއްސާލައިފި

ގްރޫޕްގެ އެއްވަނާގައި އޮތީ އާޖެންޓީނާ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 13 އޮކްޓޯބަރު 2023 | ހުކުރު 13:57
ގަބްރިއެލް ލަނޑު ޖެހުމަށްފަހު ނޭމާއާއެކު: ފޮޓޯ-ރޮއިޓަރސް

ގަބްރިއެލް ލަނޑު ޖެހުމަށްފަހު ނޭމާއާއެކު: ފޮޓޯ-ރޮއިޓަރސް

ވަރލްޑްކަޕް ކޮލިފައިންގެ ދެކުނު އެމެރިކާ ގްރޫޕްގައި ވެނެޒުއެލާ އަތުން މޮޅުނުވެވުމުން ބްރެޒިލް ދެވަނައަށް ސޮއްސާލައިފިއެވެ.

މެޗުން މޮޅުވެގެން ގްރޫޕްގެ އެއްވަނާގައި ދެމިއޮތުމުގެ ފުރުޞަތު އޮތަސް, ވެނެޒުއެލާއިން ބްރެޒިލް ހުއްޓުވުމުން އެފުރުޞަތު ގެއްލުނީއެވެ. މެޗު އެއްވަރުވީ 1-1 ނެވެ. މެޗުގައި ބްރެޒިލްއަށް ލަނޑުޖަހައިދިނީ އާސެނަލްއަށް ކުޅެމުން އަންނަ ޑިފެންޑަރ ގަބްރިއެލް މަގާޅައެސް އެވެ. ނޭމާ ނެގި ކޯނަރު އޭނާ ގޯލަކަށް ބަދަލުކޮށްލީ ބޮލުން ފޮނުވާލައިގެންނެވެ. މެޗުން ބްރެޒިލް މޮޅުވިޔަ ނުދީ ހިފެހެއްޓީ ވެނެޒުއޭލާގެ ފޯވާޑް އެޑުއާޑް ބެލޯ އޯވަރހެޑުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

މިނަތީޖާއާއެކު ތިން މެޗުން ބްރެޒިލް ދެވަނައަށް ސޮއްސާލީ ހަތް ޕޮއިންޓާއެކުއެވެ. އެއްވަނާގައި އޮތީ ތިން މެޗުންވެސް މޮޅުވެ އާޖެންޓީނާއެވެ. އާޖެންޓީނާ އެންމެ ފަހުން ކުޅުނު މެޗު ކާމިޔާބުކުރީ ޕެރަގުއޭއާ ވާދަކޮށް 1-0 ނެވެ. މެޗުގައި އާޖެންޓީނާގެ ލަނޑު ޖެހީ ކުރިން މެންޗެސްޓަރ ސިޓީއަށް ކުޅުނު 35 އަހަރުގެ ޑިފެންޑަރ ނިކޮލަސް އޮޓަމެންޑީއެވެ. މިގޯލްގައި މެސީގެ ދައުރު ބޮޑެވެ. އަނިޔާއަށްފަހު ފިޓްވަމުން އަންނަ މެސީ މެޗުގައި ކުޅެން ނިކުތީ 53 ވަނަ މިނިޓްގައެވެ. މިއީ އޮޓަމެންޑީ 106 މެޗުން ޤައުމީ ޓީމަށް ޖަހައިދިން ފަސްވަނަ ލަނޑެވެ.

މިގްރޫޕްގެ ތިންވަނާގައި އޮތީ 2-2 ން އުރުގުއޭއާ އެއްވަރުކުރި ކޮލަމްބިޔާއެވެ. އެއީ ފަސް ޕޮއިންޓާއެކުއެވެ. އުރުގުއޭ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ

12 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: އާސެނަލް އަދި ޔުނައިޓެޑް މޮޅުވިއިރު، ލިވަޕޫލް އަތުން ޓޮޓެންހަމް ބަލިވެއްޖެ
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު