Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިފްކޯގެ ކުރިއެރުންތަކެއް

މިފްކޯގެ ކެޕޭސިޓީ 40،000 ޓަނުން 63،000 ޓަނަށް އިތުރުކުރެވިއްޖެ: ފައުޒީ

12 އޮކްޓޯބަރު 2023 | ބުރާސްފަތި 00:16

މިހާރު ކުރަމުންދާ މަސައްކަތަކީ އިތުރު 3 ބޯޓު ގެނައުމުގެ މަސައްކަތްކަމަށާއި އެތަނުން 1 ބޯޓު ވަރަށް އަވަހަށް ގެނެވޭނެކަމަށް ފައުޒީ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 އޮކްޓޯބަރު 2023 | ބުރާސްފަތި 00:16
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ

މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ

މިސަރުކާރުން މިފްކޯ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަސް އަހަރު ތެރޭގައި މިފްކޯގެ ކެޕޭސިޓީ 40،000 ޓަނުން 63،000 ޓަނަށް އިތުރުކުރެވިފައިވާކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލު ފައުޒީ ވިދާޅުވެއްޖެއެވެ.

މިފްކޯގެ ތަރައްގީއަށް މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ މިފަސް އަހަރުތެރޭގައި މިފްކޯ ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގިނަ މަސައްކަތްތަކެއްކުރައްވާފައިވާކަމަށެވެ. ޚާއްސަކޮށް މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިސަރުކާރުން ކުރަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން މަސް ގަތުމަށް ވަގުތީ ހައްލެއް ގެނައުމަށްޓަކައި ފުރަތަމަ ގެނައި ދެ ބޯޓުގެ ނަތީޖާ ވަރަށް ރަނގަޅުކަމަށާއި މަސް ކިރުމުގައި ދިމާވި ދަތިތަކަށް ހައްލު ގެނުވުނުކަމަށެވެ. އަދި ދެކުނުގެ ސަރަހައްދަށް ގެނައި ޖަޒީރާ 103 އަކީވެސް ދުވާލަކަށް 120 ޓަނުގެ މަސްގެނެވޭ ބޯޓެއްކަމަށާއި މިބޯޓު ފަހަރާއެކު މިފްކޯގެ ކެޕޭސިޓީ އިތުރުވެގެންދިޔަކަމަށް ފައުޒީ ވިދާޅުވިއެވެ.

މީގެއިތުރުން މިހާރު ދެކުނުގައި ގދ ތިނަދޫގައި ގއ ކޫއްޑޫގައި ހަދަމުންދާ ތަންތަން ނިމުމާއެކު ކެޕޭސިޓީ އިތުރުވެގެންދާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ތިނަދޫގައި ހެދެމުންދަނީ އެންމެ އަވަހަށް ފްރީޒްކުރެވޭ ސިސްޓަމުކަމަށެވެ. އަދި މަސްކިރުމުގެ އިންތިޒާމުތަކަށް ބަލާއިރު އެންމެ ފަސޭހަ އެއްތަނަށް ތިނަދޫގައި ހެދެމުންދާތަން ވާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން މިހާރު ކުރަމުންދާ މަސައްކަތަކީ އިތުރު 3 ބޯޓު ގެނައުމުގެ މަސައްކަތްކަމަށާއި އެތަނުން 1 ބޯޓު ވަރަށް އަވަހަށް ގެނެވޭނެކަމަށް ފައުޒީ ވިދާޅުވިއެވެ. މިހާރު ކުރެވެމުންދަނީ އެބޯޓުގެ ބްރެއިން ފްރީޒިންގ ޓެސްޓްކުރުމުގެ މަސައްކަތްކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި ބާކީ ހުރި ބޯޓުތައްވެސް ގެނެވޭނެކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ އިތުރަށް ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުންކަމަށެވެ.

މިފްކޯ

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް