Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކައިގެ މުވައްޒަފުން

ފެނަކައިގެ މުވައްޒަފު ޚިލާފުވި އުސޫލެއް އެނގެން ނެތުމުން، ވަޒީފާއިން ވަކިކުރީ ރަނގަޅަށް ނޫންކަމަށް ނިންމައިފި

8 އޮކްޓޯބަރު 2023 | އާދީއްތަ 06:45

ވަޒީފާއިން ވަކި ކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމު ކުރަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 އޮކްޓޯބަރު 2023 | އާދީއްތަ 06:45
މޫސާ އިބްރާހިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ

މޫސާ އިބްރާހިމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ

ވަގުތީ ކަރަންޓު ދޫކުރުމާބެހޭ އުސޫލާ ޚިލާފަށް ކަރަންޓު ފޯރުކޮށްދިންކަމަށް ބުނެ ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ މުވަައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފިއެވެ.

ހައިކޯޓުން ކުރި ޙުކުމުގައި ބުނީ، މުވައްޒަފަކު ވަޒީފާއިން ވަކި ކުރެވެނީ އެ މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމުގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމު ކުރުމަށްފަހުކަމަށެވެ.

Advertisement - newsAdvertisement

މުވައްޒަފަކު ވަކި ކުރުމަށް ވަޒީފާދޭ ފަރާތަކުން ސާބިތުކޮށްދޭން ޖެހޭނީ މިވާބަތުގެ މަދަނީ މައްސަލަތަކުގައި ޝަރީއަތުން ހެކި ވަޒަން ކުރާ މިންގަނޑުން ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގައިކަންވެސް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި މޫސާ އިބްރާހިމް ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ކަރަންޓު ދިނުމުގައި ޤަވާއިދާއި އުސޫލާ ޚިލާފަށް އަމަލުކޮށްފައިވާކަމަށް ބުނެއެވެ. އެގޮތުން ލ ކަޅައިދޫ ކައުންސިލު އިދާރާއިން އެރަށުގައި އިމާރާތް ކުރަމުންދާ ގެސްޓްހައުސްއަށް ކުންފުނީގެ ބްރާންޗުން ކަރަންޓު ދޫކޮށްފައިވަނީ "ވަގުތީ ކަރަންޓު ދޫކުރުމާބެހޭ އުސޫލާ" ޚިލާފަށްކަމަށް އޭނާ ވަޒީފާއިން ވަކި ކުރި ލިއުމުގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް އެފަދަ އުސޫލެއް ނުވަތަ ޤަވާއިދެއްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށައެޅިފައިނުވާކަން ހައިކޯޓުގައި އޭނާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގެ ފަނޑިޔާރުންވެސް ވިދާޅުވީ، އޭނާ ޚިލާފުވެފައިވަނީ ކޮން އުސޫލަކާކަން ބުނެދިނުމަކީ ފެނަކަ ކޯޕަރޭޝަނުން ކުރަންޖެހޭ ކަމެއްކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ކުރިއަށްދިޔައިރުވެސް އެފަދަ އުސޫލެއް ހެދިފައި އޮތްކަން އެނގެން ނެތްކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވިއެވެ.

އަދި އެފަދަ އުސޫލެއް ވުޖޫދުގައިވާކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ މަސްއޫލިއްޔަތެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ނިންމެވީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތަށްކަމަށް ބެލެވެން ނެތްކަމަށާއި،  މި މައްސަލައިގައި މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ.

އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށްވާއިރު، މި މައްސަލައިގައި އޭނާއަށް ލިބެންޖެހޭ ޤާނޫނީ ޙައްލާއި ބަދަލުގެ މިންވަރާއި ގުޅޭގޮތުން ގޮތެއް ކަނޑައެޅުމަށް މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަަށް ތަހުވީލު ކުރުމަށްވެސް ފަނޑިޔާރުން ވަނީ ޙުކުމް ކުރައްވާފައެވެ.  

ފެނަކަ ކޯޕަރޭޝަންހައި ކޯޓު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ

22 ނޮވެމްބަރު 2025
ސުލޫކީ މައްސަލަ ބަލަނީ ވަކި ކޯޓެއް ގެ ފަނޑިޔާރަކަށް ވީތީ ވަކި ގޮތަކަށް އަމަލު ކުރާކަށް ނޫން: ޖޭއެސްސީ
20 ނޮވެމްބަރު 2025

ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

20 ނޮވެމްބަރު 2025
ހައިކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ބަލަނީ
20 ނޮވެމްބަރު 2025

ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި

20 ނޮވެމްބަރު 2025
ހައި ކޯޯޓުގެ އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ރިޓަޔަރ ކުރައްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް