Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންތިގާލީ މަރުހަލާ

އިންތިގާލީ މަރުހަލާގައި ކުރިން އެއްބަސްވެފައިވާ މަޝްރޫޢުތައް ހަވާލުކުރެވޭނެ: ޕީސީބީ

7 އޮކްޓޯބަރު 2023 | ހޮނިހިރު 16:55

ޕީސީބީން މިހެން ބުނެފައިމިވަނީ ކުރިން އެ ބޯޑުން ނެރުނު އިއުލާނު މުރާޖާ ކުރުމަށްފަހު ނެރުނު އިއުލާނެއްގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 އޮކްޓޯބަރު 2023 | ހޮނިހިރު 16:55
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޮޑު (ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒް

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޮޑު (ޕީސީބީ)ގެ ނައިބު ރައީސް މުހައްމަދު ފިރާޒް

އިންތިގާލީ މަރުހަލާގައި އައު މަޝްރޫޢުތައް ނުހިންގި ނަމަވެސް ކުރިން އެއްބަސްވެފައިވާ މަޝްރޫޢުތައް ކުންފުނިތަކާއި ހަވާލު ކުރެވޭނެ ކަމަށް ޕްރައިވަޓައިޒޭޝަން ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން ބުނެފިއެވެ.

ޕީސީބީން މިހެން ބުނެފައިމިވަނީ ކުރިން އެ ބޯޑުން ނެރުނު އިއުލާނު މުރާޖާ ކުރުމަށްފަހު ނެރުނު އިއުލާނެއްގައެވެ.

Advertisement - newsAdvertisement

ޕީސީބީން އެންމެ ފުރަތަމަ ނެރުނު އިއުލާނުގައި ބުނެފައިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށުމާ ހަމަޔަށް ހިނގާ އިންތިގާލީ މުއްދަތުގައި ސަރުކާރުގެ ކުންފުނިތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ވިޔާފަރިކުރާ އެންމެހާ ތަންތަނުން ފަސް ކަމަކަށް އަމަލު ކުރުމަށް އެދިފައެވެ.

އެގޮތުން ކުންފުނިން އާންމުކޮށް ހިންގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި މުޅިން އަލަށް ޕްރޮޖެކްޓެއް ނުވަތަ ކުންފުނިން ބޮޑު ހަރަދެއް ކުރަންޖެހޭ އައު އެއްވެސް ކަމެއް ނުކުރުމާއި ކުންފުނީގެ އާމްދަނީއަށް އަސަރުކުރާނެ ގަވައިދުތަކާއި އުސޫލުތަކާއި ނިންމުންތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް އެ ބޯޑުން އަންގާފައިވެއެވެ.

އަދި ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށްވެސް ޕީސީބީން އަންގާފައިވެއެވެ.

އޭގެ އިތުރުން ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި ކުންފުނީގެ ވަޒީފާގެ އޮނިގަޑަށް މި މުއްދަތުގައި ބަދަލެއް ގެނެސްގެން ނުވާނެ ކަމަށް ވެސް ޕީސީބީން އަންގާފައިވެއެވެ.

ނަމަވެސް ޕީސީބީން ފަހުން މުރާޖާކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ކުންފުނިތަކުން ކޮންޓްރެކްޓަރުންނާއި ސަޕްލަޔަަރުންނާ ނެގޯޝިއޭޓްކުރެވިފައިވާ މަޝްރޫޢުތައް އަދި ހިނގަމުންދާ މަޝްރޫޢުތަކުގެ އެކްސްޓެންޝަން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އަދި މި މަޝްރޫޢުތަކަކީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް ލާބަ އާއި މަންފާ ހުރި ޕްރޮޖެކްޓުތަކަކަށް ވާން ޖެހޭނެ ކަމަށް އެ ބޯޑުން ބުނެފައިވެއެވެ.

މީގެއިތުރުން އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ފަރާތުން އިންތިގާލީ މަރުހަލާގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިންތިގާލީ ކޮމިޓީއަށް ބޭނުންވާ ހުރިހާ މައުލޫމާތު ފޯރުކޮށް ދިނުމަށާއި އެ ކޮމިޓީއަށް ބޭނުންވާނެ ލިޔެކިއުންތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ވެސް ސަރުކާރުގެ ކުންފުނިތަކަށް އެ ބޯޑުން އަންގާފައިވެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި
30 ޖެނުއަރީ 2025

ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

30 ޖެނުއަރީ 2025
ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި
19 ޑިސެމްބަރު 2024

އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި

19 ޑިސެމްބަރު 2024
އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި
21 މެއި 2024

ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި

21 މެއި 2024
ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި
13 މެއި 2024

ޕީސީބީއަށް އައްޔަންކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި

13 މެއި 2024
ޕީސީބީއަށް އައްޔަންކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި
18 މާރިޗު 2024

މިފްކޯގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި

18 މާރިޗު 2024
މިފްކޯގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި
08 ޑިސެމްބަރު 2023

ސަރުކާރު ބައެއް ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތަކެއް

08 ޑިސެމްބަރު 2023
ސަރުކާރު ބައެއް ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތަކެއް
29 ނޮވެމްބަރު 2023

ޕީސީބީގެ ބޯޑުން މުޣުނީގެ ނަން އުނިކުރީ، ދައުލަތުގެ އެހެން ދިމާއެއްގައި ޚިދުމަތްކުރަން ފުރުސަތު ދޭން

29 ނޮވެމްބަރު 2023
ޕީސީބީގެ ބޯޑުން މުޣުނީގެ ނަން އުނިކުރީ، ދައުލަތުގެ އެހެން ދިމާއެއްގައި ޚިދުމަތްކުރަން ފުރުސަތު ދޭން
23 ނޮވެމްބަރު 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް ހަސަން މުޣުނީ

23 ނޮވެމްބަރު 2023
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް ހަސަން މުޣުނީ
23 ނޮވެމްބަރު 2023

ޕީސީބީގެ ރައީސްކަމުގެ މަގާމަށް ޙަމްދީ ޢަޤީލް

23 ނޮވެމްބަރު 2023
ޕީސީބީގެ ރައީސްކަމުގެ މަގާމަށް ޙަމްދީ ޢަޤީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް