Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ކުންފުނިތައް

ސަރުކާރު ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމުގެ އުސޫލަށް އަމަލުކުރަން ފަށައިފި

އުސޫލަށް އަމަލުކުރަން ފެށީ ހޯމަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 4 އޮކްޓޯބަރު 2023 | ބުދަ 02:09
ވެލާނާގެ

ވެލާނާގެ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުނު ބަޔާނެއްގައި ބުނީ އެ އުސޫލު އެކުލަވާލައިފައިވަނީ ޑިރެކްޓަރުން ނަޒާހަތްތެރިކަމާއެކު ޖަވާބުދާރީވަނިވި އަދި ޕްރޮފެޝަނަލް ގޮތެއްގައި މަސައްކަތް ކުރުމަށާއި އަމަލުތައް ބެހެއްޓުމަށް ބާރުއެޅުމާއި ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކުރާނަމަ އެޅޭނެ ފިޔަވަޅުތައް ބަޔާންކުރުމާއެކު އެކަމުގައި އަމަލުކުރެވޭނެ އިޖުރާއަތްތައް ކަނޑައެޅުމަށް ކަމަށެވެ.

އުސޫލުގައިވާ ގޮތުން ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ގަބޫލު ކުރެވިއްޖެ ނަމަ، ހަތް ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ އިންކުއަރީއެއް ހެދުމާ މެދު ގޮތެއް ނިންމައި ތިން ދުވަހުގެ ތެރޭގައި އިންކުއަރީއެއް ހަދަން ޖެހެއެވެ.

އުސޫލުގެ ދަށުން ޑިރެކްޓަރަކު ސުލޫކީ މިންގަނޑާ ހިލާފުވާނަމަ ޝަކުވާ ހުށަހެޅުމުގެ ހައްގު އެކަމުގައި މަސްލަހަތު އޮތް ކޮންމެ މީހަކަށް ލިބެއެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ދޭން ޖެހެއެވެ.

ހުށަހެޅޭ މައްސަލަ ބަލައިނުގަތުމަށް ނިންމިޔަސް ތިން ދުވަހުގެ ތެރޭގައި، އެ ޝަކުވާ ހުށަހެޅި ފަރާތަށް އެކަން އަންގަން ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެ އުސޫލަށް އަމަލުކުރުމަށް އަންގައިފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި
30 ޖެނުއަރީ 2025

ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި

30 ޖެނުއަރީ 2025
ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000އަށް ދައްކުރަން އަންގަައިފި
19 ޑިސެމްބަރު 2024

އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި

19 ޑިސެމްބަރު 2024
އެޗްޑީސީގެ އެމްޑީ ފަޒުލް ސަސްޕެންޑްކޮށްފި
21 މެއި 2024

ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި

21 މެއި 2024
ސަސްޕެންޝަން އުވާލިތާ މަސްދުވަސް ނުވަނީސް މިފްކޯގެ ސީއީއޯ ކަމުގެ މަގާމުން ސަމާހު ވަކިކޮށްފި
13 މެއި 2024

ޕީސީބީއަށް އައްޔަންކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި

13 މެއި 2024
ޕީސީބީއަށް އައްޔަންކުރެއްވި 6 މެންބަރުންނަށް މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު