Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

ނިއުކާސަލް އަތުން ބަލިވެ، ކަރަބޯ ކަޕުން ސިޓީ ކަޓައިފި

މިއީ މި ސީޒަންގެ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލް އަތުން ބަލިވި ފަހުން، ސިޓީ ބަލިވި ފުރަތަމަ މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ސެޕްޓެމްބަރު 2023 | ބުރާސްފަތި 06:04
ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު އިސާކް އުފާ ފާޅު ކުރަނީ

ސިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު އިސާކް އުފާ ފާޅު ކުރަނީ

ކަރަބޯ ކަޕްގެ ތިން ވަނަ ބުރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، މެންޗެސްޓަރ ސިޓީ މުބާރާތުން ކަޓައިފި އެވެ.

ބުދަ ދުވަހުގެ ރޭ އެސްޓީ ޖޭމްްސް ޕާކުގައި ކުޅުނު މެޗު ނިއުކާސަލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މި މެޗުގައި ސިޓީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޯވޭގެ އާލިން ހާލަންޑަށް ކޯޗު ޕެޕް ގާޑިއޯލާ ފުރުސަތު ދީފައެއް ނުވެ އެވެ. މެޗުގައި އޭނާ ހިމަނާފައިވަނީ ބެންޗުގަ އެވެ. ސިޓީގެ އެއް ވަނަ ގޯލް ކީޕަރު، ބްރެޒިލްގެ އެޑާސަންގެ ބަދަލުގައި މި މެޗުގައި ފުރުސަތު ދިނީ ދެ ވަނަ ގޯލް ކީޕަރު ސްޓެފަން އޯޓެގާ އަށެވެ.

ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ނިއުކާސަލް އިން ލަނޑު ޖަހާފައި ވަނީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އަލެކްސެންޑާ އިސާކް އެވެ. އެއީ ސިޓީގެ ގޯލު އޭރިޔޭ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ތެރެއަށް ވަދެ، ތިން ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ޖޯލިންޓަން ދިން ބޯޅައެއް ގޯލަށް ވައްދާލައިގެން އިސާކް ޖެހި ލަނޑެކެވެ. އޭގެ ފަހުން ވެސް އިސާކް އަށް ވަނީ ނިއުކާސަލް އަށް ލީޑު ފުޅާ ކޮށްދޭން ފުރުސަތު ލިބިފަ އެވެ. އޭރިޔާ ތެރެއިން އޭނާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ ބޭރުވީ، ސިޓީގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފަ އެވެ.

މިއީ މި ސީޒަންގެ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި އާސެނަލް އަތުން ބަލިވި ފަހުން، ސިޓީ ބަލިވި ފުރަތަމަ މެޗެވެ. ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ވެސް ސިޓީ އޮތީ މޮޅުވެފަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ވެސް އެ ޓީމު އޮތީ މޮޅުވެފަ އެވެ. އަނެއްކޮޅުން ލީގު ތާވަލްގެ އަށް ވަނައިގައި އޮތް ނަމަވެސް، މިދިޔަ ސީޒަންގައި ނިއުކާސަލް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
05 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު