Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްވިމިންގް

ފީނާ ވާރލްޑް ޗެމްޕިއަންޝިޕަށް ގައުމީ ސްވިމިން ޓީމް ބުޑަޕެސްޓަށް ފުރައިފި

މި މުބާރާތުގައި 4 ފެތުންތެރިއެއް ރާއްޖެ ތަމްސީލް ކުރޭ

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 20 ޖުލައި 2017 | ބުރާސްފަތި 13:39
ސްވިމިން ވާރލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ ޓީމް

ސްވިމިން ވާރލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ ޓީމް

ހަންގޭރީގެ ބުޑަޕެސްޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 17 ވަނަ ފީނާ ވާރލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ދިވެހި ފެތުންތެރިން ބުޑަޕެސްޓަށް ފުރައިފިއެވެ.

ދުނިޔޭގެ ފެތުމުގެ ކުޅިވަރުތަކާއިބެހޭ މައި އިދާރާ (ފީނާ) އިން ބާއްވާ މި މުބާރާތަށް ދިވެހި ޓީމް ފުރާފައިވަނީ އަވައްޓެރި ސްރީލަންކާގައި ތަމްރީން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ފަހުގައެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންނަކީ، މުބާލް އައްޒާމް އިބުރާހިމް އާއި، އިސްމާއިލް މުއުތަސިމް އަދުނާން އާއި، އާމިނަތު ޝަޖަންގެ އިތުރުން އައިޝަތު ސާޖިނާއެވެ. ޓީމުގެ ކޯޗަކީ އިބްރާހިމް މޫސާއެވެ. ފިޒިއޮތެރަޕިސްޓެއްގެ ގޮތުން މުހަންމަދު ފަޔާޒް އަލީ ރިޒާ ހަރަކާތްތެރި ވާއިރު، ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހަންމަދު އަބްދުއްސައްތާރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި މުބާރާތުގައި ރާއްޖެ ޓީމުން އިސްމާއިލް މުއުތަސިމް އަދުނާން، 50 މީޓަރު އަދި 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގައި ވާދަކުރާއިރު، މުބާލް އައްޒާމް އިބްރާހިމް ވާދަކުރާނީ 400 މީޓަރު ފްރީސްޓައިލް އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭގައެވެ. އައިމިނަތު ސަޖަން 50 މީޓަރި އަދި 100 މީޓަރު ފްރީސްޓައިލްގައި ވާދަކުރާއިރު، އައިޝަތު ސާޖިނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ 50 މީޓަރު އަދި 100 މީޓަރު ބްރެސްޓްސްޓްރޯކްގައެވެ. ޓީމް އިވެންޓުން ރާއްޖެ ވާދަކުރާނީ 4 ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސް ރިލޭ އަދި 4 ގުނަ 100 މީޓަރު މިކްސް މެޑްލޭ ރިލޭގައެވެ.

ދިވެހި ޓީމް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު