Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގެވެށި އަނިޔާ ހުއްޓުވުން

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީކުރުމުގެ މަސްއޫލިއްޔަތު ކައުންސިލްތަކާ ހަވާލުކުރުމަށް ގަވާއިދެއް

ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓް ކޮށްފިނަމަ ވަގުތުން އެކަން ކަމާ ބެހޭ އިދާރާތަކަށް އަންގަން ޖެހޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2023 | ބުދަ 07:02
ކުޑަކުދިންނަށް ކުރާ އަނިޔާ

ކުޑަކުދިންނަށް ކުރާ އަނިޔާ

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީކުރުމުގެ މަސްއޫލިއްޔަތު ކައުންސިލްތަކާ ހަވާލުކުރުމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ގަވާއިދެއް އެކުލަވާލައިފިއެވެ.

މި ގަވާއިދަކީ ކައުންސިލުތަކުގެ އިހުތިސާސް ހިނގާ ސަރަޙައްދުތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް އެ ކައުންސިލުތަކަށް މަގުފަހިކޮށްދިނުމަށާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ކައުންސިލުތަކުގެ ބައިވެރިވުން ހޯދޭކަން ކަށަވަރުކުރުމަށް އެކުލަވާލައިފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ ދަށުން ކައުންސިލްތަކާ މަސްއޫލިއްޔަތު ހަވާލު ކުރައްވާނީ ޖެންޑަރ މިނިސްޓަރުއެވެ.

Advertisement - newsAdvertisement

ފެމިލީ ޕްރޮޓެކްޝަން އެޖެންސީން ގެޒެޓުކޮށްފައިވާ މި ގަވާއިދުގެ ދަށުން ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓުކޮށްފިނަމަ ނުވަތަ ގެވެށި އަނިޔާގެ މައްސަލައެއް ރަށުތެރޭގައި ހިނގާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ ނުވަތަ އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެ ކަމެއް ވަގުތުން އެ ރަށެއްގައި ޤާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒަކަށް ނުވަތަ އެފަދަ މަރުކަޒެއް ނެތްނަމަ އެ އަތޮޅެއްގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒަކަށް ކައުނސިލުން އަންގަން ޖެހޭނެއެވެ. އަދި އެކަން ރިކޯޑުކޮށް ގެވެށި އަނިޔާއާ ގުޅުންހުރި ތަފާސްހިސާބު ބަލަހައްޓައ،ި މިނިސްޓަރު އަންގާ ގޮތެއްގެ މަތީން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ހިއްސާކުރަމުން ގެންދިޔުމަކީ ވެސް ކައުންސިލުގެ ޒިންމާއެކެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތަކުން ކައުންސިލުގެ އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ ނުވަތަ މިނިސްޓްރީ ނުވަތަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު މެދުވެރިކޮށް އެ ފަރާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލްތަކުން މަގުފަހިކޮށްދޭން ޖެހޭނެއެވެ. އަދި ގެވެށި އަނިޔާގެ މައްސަލަތަކާ ދެކޮޅަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ތަންފީޒު ކުރުމުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އެއްބާރުލުން ދިނުމަކީ ވެސް މި ގަވާއިދުގެ ދަށުން ކައުންސިލްތަކުގެ ޒިންމާއެކެވެ.

ގެވެށި އަނިޔާގެ މައްސަލަތަކުގައި ކުއްލިގޮތަކަށް ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކާއި ވަގުތުން ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ކަމާ ގުޅުންހުރި އިދާރާތައް މެދުވެރިކޮށް ފިޔަވަޅުއެޅުމަށް މަގުފަހިކޮށްދިނުމަކީ އަތޮޅު ކައުންސިލްތަކުގެ މަސްއޫލިއްޔަތެެވެ.

މި ގަވާއިދުގެ ދަށުން ކައުންސިލްތަކާ މަސްއޫލިއްޔަތުތައް ހަވާލުކުރާނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ކޮންމެ އަހަރަކު ކަނޑައަޅާ ބަޖެޓުގެ ތެރެއިން ކައުންސިލުތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލަކަށް ފޯރުކޮށްދިނުމަށް ފަހުގައެވެ.

ކައުންސިލުތަކުން ގެވެށި އަނިޔާގެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހެނީ ކައުންސިލުގައި އެކަމަށް ހާއްސަކޮށްފައި ތިބޭ މުވައްޒަފުންނެވެ. މި މުވައްޒަފުންގެ ތެރޭގައި ކައުންސިލުގެ މެމްބަރަކުވެސް ހިމެނިދާނެ ކަމަށް ގަވާއިދުގައި ވަނީ ބުނެފައެވެ.

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ކައުންސިލުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ލިބޭ މައުލޫމާތުގެ ސިއްރުވެސް ހިފަހައްޓަން ޖެހޭނެއެވެ. އެފަދަ އެއްވެސް މައްސަލައަކާ ގުޅިގެން މީޑިއާ މެދިވެރިކޮށް ނުވަތަ އެނޫން ގޮތަކަށް ވެސް އެ މައުލޫމާތު ތިންވަނަ ފަރާތަކާ ހިއްސާކޮށްގެން ނުވާނެކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގަވާދަށް އަމަލު ކުރަން ފަށާނީ ބުދަ ދުވަހުން ފެށިގެން ތިން މަސް ދުވަސް ފަހުންނެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީލޯކަލް ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

މުއިއްޒު ސަރުކާރުން ބޮޑު ކުރި މުސާރަ އާ އެކު ލީގަލް އޮފިސަރުންގެ މުސާރަ އާއި އިނަޔާތްތައް ކުޑަވެ، 10 ތަނަކަށް ޕެޓިޝަން ހުށަހަޅައިފި

10 ނޮވެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީ އިން ފާސްކޮށް ތަޅުމަށް ފޮނުވައިފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު ކޮމިޓީ އިން ފާސްކޮށް ތަޅުމަށް ފޮނުވައިފި

14 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތައް ބާތިލު ކުރަން އެމްޑީޕީ އިން ކޯޓަށް!

21 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ

ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ކުޅުދުއްފުށީ މާލިއްޔަތަށް އަހަރަކު ހަތަރު މިލިއަން ރުފިޔާގެ ގެއްލުންވާނެ

07 އޯގަސްޓު 2025
ކައުންސިލްތަކުން ކަނބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކައުންސިލްތައް ހުއްޓުވާލަން ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

ކައުންސިލްތަކުން ކަނބޮޑުވުން ފާޅުކުރަމުން ދަނިކޮށް ކައުންސިލްތައް ހުއްޓުވާލަން ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު