Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލެވުން

ލޯފަން މިހުންގެ ތެރެއިން ފުރަތަމަ ބުރުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާފައިވަނީ 45 މީހުން - އީސީ

މީގެކުރިން ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލަނީ އެހެން މީހެއްގެ އެހީތެރިކަމާއެކު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 07:42
ރިޔާސީ އިންތިޚާބު 2023ގެ ތެރެއިން

ރިޔާސީ އިންތިޚާބު 2023ގެ ތެރެއިން

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ރިޔާސީ އިންތިޚާބު 2023 ގެ ފުރަތަމަ ބުރުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާފައިވަނީ 45 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓުލެވޭގޮތަށް އިންތިޚާބުތަކާއި ބެހޭ އާންމު ގާނޫނަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ޤަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްފައި ވަނީ މި އަހަރުގެ މެދުތެރޭގައެވެ. ލޯފަން މީހުންނަށް ވޯޓުލުމުގައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ ގޮތުން ގަވާއިދަށް ގެންނަން ޖެހޭ ބަދަލު ގެނެސްފައިވާ ކަމަށާއި ޤާނޫނުގައި ބުނާ އިންތިޒާމްތައް ހަމަޖައްސަން ކުރަން ޖެހޭ އިތުރު މަސައްކަތްތައް ވެސް އެ ކޮމިޝަނުން ވަނީ ކޮށްފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ ބަދަލަށް ހޭލުންތެރިކަން އިތުރުކުރަން ކުރަން ޖެހޭ މަސައްކަތްތައް ވެސް އެ ކޮމިޝަނުން ވަނީ ކޮށްފައެވެ. އީސީން މީގެ ކުރިން ބުނީ މިއީ ފަންނީ ފޮތުން ބަލާއިރު ކޮމިޝަނަށް ވެސް އައު ކަމެއް ކަމަށެވެ. އެހެންކަމުން ނުކުޅުދުންތެރިކަން ހުރި މީހުންގެ ކައުންސިލާއި ލޯފަން މީހުންނާއި ގުޅޭ ޖަމިއްޔާއާއެކު މަޝްވަރާކޮށްގެން އެ ކޮމިޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ޚާއްޞަ ޓެމްޕްލޭޓެއް ބޭނުން ކޮށްގެން، ފެނުމުން މަޙްރޫމްވެފައިވާ މީހުން އަމިއްލަ އަށް ވޯޓުލުމަށްޓަކައި، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވުނު އިސްލާޙަކީ، ހަމަހަމަ ކަމާއެކު ވޯޓުދިނުމުގެ ޙައްޤު އަދާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އީސީން ވަނީ ބުނެފައެވެ. އަދި މިއީ އިންތިހާބީ ނިޒާމަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

މީގެކުރިން ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލަނީ އެހެން މީހެއްގެ އެހީތެރިކަމާއެކުކަން ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް އަލަށް ގެނައި އިސްލާހުގައި ވާގޮތުން ފެނުމުން މަހުރޫމްވެފައިވާ މީހުން ވޯޓުލުމަށްޓަކައި ޓެމްޕްލޭޓު ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ވަނީ ފާހަގަ ޖަހާފައެވެ. އެގޮތުން ވޯޓު ކަރުދާހުގެ ތެރެއަށް ލައިގެން ނުވަތަ ވޯޓު ކަރުދާހުގެ މަތީގައި ވަގުތީގޮތުން ހަރުކޮށްގެން، ވޯޓުލުމަށް އެހީތެރިވެދޭގޮތަށް ތައްޔާރުކޮށްފައިވާ، އެތެރެ ފެންނަ ޕްލާސްޓިކް ޑިވައިސްއެއް ބޭނުންކޮށްގެން އައު އިސްލާހުގެ ދަށުން ވޯޓުލުމުގެ މަގު ވަނީ ފަހިކޮށްދީފައެވެ.

ރިޔާސީ އިންތިޚާބު 2023

ކޮމެންޓް

އިތުރަށް ކިޔާލަން

ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

ކެމްޕެއިނަށް ހަރުކުރި ތަކެއްޗާއި ދެމި ތަކެތި 10 ދުވަހުގެ ތެރޭގައި ނެގުމަށް އީސީން އެދެފި

05 އޮކްޓޯބަރު 2023
ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

ބާތިލު ވޯޓު ގިނަވި ސަބަބު ދެނެގަތުމަށް އިލެކްޝަންސް ކޮމިޝަނުން ދިރާސާއެއް ކުރަނީ

05 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

ރިޔާސީ އިންތިޚާބު 2023ގެ ރަސްމީ ނަތީޖާ އިއުލާންކޮށްފި

04 އޮކްޓޯބަރު 2023
ރިޔާސީ އިންތިޚާބާއި ގުޅޭ 97 މައްސަލައެއް ހުށަހަޅާފައިވޭ: އޭސީސީ

ރިޔާސީ އިންތިޚާބާއި ގުޅޭ 97 މައްސަލައެއް ހުށަހަޅާފައިވޭ: އޭސީސީ

04 އޮކްޓޯބަރު 2023
ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް: އީޔޫ

ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންކަން އިންތިޒާމުކުރެވިފައިވަނީ ހަރުދަނާކަމާއި ޕްރޮފެޝަނަލްކޮށް: އީޔޫ

03 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

9 ޖޫން
ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!
20251 އަހަރު ކުރިން
ރިޕޯޓު

ރާއްޖެ އިޝްތިހާރުކުރަން ކެޓްރީނާ ކައިފް، ގައުމިއްޔަތުގެ އިންތިހާ!

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
20242 އަހަރު ކުރިން
ރާއްޖެ

ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ
20233 އަހަރު ކުރިން
ރިޕޯޓު

ޓްރެފިކަށް ބާރު ބޮޑުވެ، ޖޭޕީގެ ޖަލްސާއިން ގޮނޑިތައް ނަގަން ޖެހިއްޖެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން
20224 އަހަރު ކުރިން
ދުނިޔެ

ރަޝިއާގެ އިގުތިސޯދަށް ހުރަސް އަޅާނެ ދަގަނޑު ފަރުދާއެއް ނުހުންނާނެ: ޕޫޓިން

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް
20215 އަހަރު ކުރިން
ދުނިޔެ

ޔަހޫދީ އައު ސަރުކާރުގެ ނުރައްކާ އިހުސާސްވެ ނަތަންޔާހޫގެ ވަރުގަދަ ބަހުގެ ހަމަލާތަކެއް

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް
20197 އަހަރު ކުރިން
ރާއްޖެ

ނައިބް ރައީސުންނާއި، ފަނޑިޔާރަށް އިނާއަތް ދިނުމަށް ހުށަހެޅީ ދައުލަތް ލޫޓުވަން: މެމްބަރު ސަލީމް

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް
20188 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާ މީހުންނަށް މިއީ ރަނގަޅު ފަރުވާއެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު