Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ޖަރުމަނުގެ ކޯޗުކަމުން ހަންސީ ފްލިކް ވަކިކޮށްފި

އައު ކޯޗަކާމެދު ފެޑަރޭޝަނުން ވަރަށް އަވަހަށް މަޝްވަރާކުރާނެ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 14:54
ޖަރުމަނުގެ ކޯޗުކަމުން ވަކިކުރި ހަންސީ ފްލިކް

ޖަރުމަނުގެ ކޯޗުކަމުން ވަކިކުރި ހަންސީ ފްލިކް

ޖަރުމަނުގެ ކޯޗުކަމުން ހަންސީ ފްލިކް ވަކިކޮށްފި އެވެ.

މީގެ ދެ އަހަރުގެ ކުރިން މަގާމާ ހަވާލުވި ކޯޗު މަގާމުން ވަކިކުރީ ރޭ ޖަޕާން އަތުން ޖަރުމަނު ބަލވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. އަދި މެޗަށް ފަހު ޖަރުމަނުގެ ކޯޗުކަމަށް އަދިވެސް އެންމެ ރަނގަޅީ އޭނާ ކަމަށް ފްލިކް ބުނެފައިވަނިކޮށެވެ.

ޖަރުމަނުގެ ފުޓްބޯޅަ ފެޑަރޭޝަނުން އައު ކޯޗެއް އަދި ހަމަނުޖައްސަ އެވެ. ޓީމު ހަވާލުކުރާނެ އައު ކޯޗަކާ ބެހޭ ގޮތުން ދަނީ މަޝްވަރާކުރަމުންނެވެ. ފްލިކްގެ ކޯޗުކަމުގައި އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން ޖަރުމަނު މޮޅުވީ ވެސް އެންމެ ހަތަރު މެޗުންނެވެ. ރޭ ޖަޕާން އަތުން ބަލިވިއިރު މިދިޔަ އަހަރުގެ ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖުން ކެޓިއިރު ވެސް ޖަޕާން އަތުންވީ ބައްޔެވެ. މިހެންވެ ރޭގެ މެޗު ހިނގަމުންދިޔައިރު ސަޕޯޓަރުންގެ މަލާމާތާއި ފުރައްސާރަ ޓީމަށް އަމާޒުވި އެވެ.

ޖަރުމަނުން އައު ކޯޗަކު ހޯދަން ވިސްނަން ފަށައި ފްލިކް މަގާމުން ވަކިކުރި އެއް ސަބަބަކީ އަންނަ އަހަރުގެ ޔޫރޯ ފްލިކް ހުރެގެން ކާމިޔާބު ނުވެދާނެ ކަމުގެ ބިރު އޮތުމެވެ.

ހަންސީ ފްލިކް އަކީ ޖަރުމަނުގެ ބަޔާން މިއުނިކްގެ ކުރީގެ ކޯޗެވެ. އެކުލަބުގައި އޭނާ ވަނީ އެއް ސީޒަނެއްގައި ޔޫރަޕާއި ޖަރުމަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

ޖަރުމަނުޔޫރޯ 2024 (ޖަރުމަނު)

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
06 ނޮވެމްބަރު 2025

މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި

06 ނޮވެމްބަރު 2025
މަސައްކަތް ލުއި ކުރަން ގިނަ އަދަދެއްގެ ބަލިމީހުން މެރި ނަރުހަކު އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފި
06 އޮކްޓޯބަރު 2025

ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް

06 އޮކްޓޯބަރު 2025
ޓްރަމްޕްގެ ޕްލޭން އަކީ ޣައްޒާ އަށް ލިބިގެން ދާނެ ތާރީޚީ ފުރުސަތެއް: ވަޑެފުލް
14 ސެޕްޓެމްބަރު 2025

ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން

14 ސެޕްޓެމްބަރު 2025
ފަލަސްޠީނަށް ތާއީދުކޮށް ބާލިންގައި ކުރި މުޒާހަރާގައި 12،000 އަށް ވުރެ ގިނަ މީހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު