Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

ރިޔާސީ އިންތިޚާބުގައި މައްސަލަ ޖެހުނު ކަންކަން ދެވަނަ ބުރުގައި ރަނގަޅުކުރާނެ: އީސީ

10 ސެޕްޓެމްބަރު 2023 | އާދީއްތަ 13:08

ވޯޓޫލާ ބޫތް ބަހައްޓާގައި ހުންނަ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މައްސަލައަށް ވެސް ލަފާދޭ ކޮމިޓީގައި މަޝްވަރާކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 13:08
2023 ރިޔާސީ އިންތިހާބު - ގިޔާސުއްދީން ސްކޫލްގައި މީހަކު ވޯޓުލަނީ

2023 ރިޔާސީ އިންތިހާބު - ގިޔާސުއްދީން ސްކޫލްގައި މީހަކު ވޯޓުލަނީ

ރިޔާސީ އިންތިޚާބުގައި މައްސަލަ ޖެހުނު ކަންކަން ދެވަނަ ބުރުގައި ރަނގަޅުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލު ހަބީބު ރާއްޖެއެމްވީއަށް ވިދާޅުވީ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތިޖާ ލިބުމުން، ލަފާދޭ ކޮމިޓީގެ މަޝްވަރާއާ އެކީ މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި މި އިންތިޚާބުގައި ފާހަގަކުރެވުނު މައްސަލަތަކަށް ރިޔާއަތް ކުރާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަހުގެ 30 ގައި ބާއްވާ އިންތިޚާބު ހުރިހާ ގޮތަކުން ފުރިހަމަ އިންތިޚާބަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށާއި، ފުރަތަމަ ބުރުގައި ބޭއްވުނު އިންތިޚާބުގައި ދިމާވި މައްސަލަތައް ތަކުރާރުނުވާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ހަބީބު ވިދާޅުވީ ވޯޓުލާ ބޫތް ބަހައްޓާގައި ހުންނަ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށް އޮބްޒާވަރުންނާއި، މަންދޫބުން ފާހަގަކޮށްފައިވާ މައްސަލައަށް ވެސް ލަފާދޭ ކޮމިޓީގައި މަޝްވަރާކުރާނެ ކަމަށެވެ. އަދި އެމައްސަލައަށް ވެސް ހައްލެއް ގެންނާނެ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގޮތެއް ނިންމާނީ ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ސެޕްޓެންބަރު މަހު 9 ވަނަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބުގައި ބައެއް މަރުކަޒުތަކަށް ދިއުމުން، ވޯޓުލާ މަރުކަޒުތަކުގައި ވޯޓޫލާ ބޫތް ބަހައްޓާގައި ހުންނަ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭކަމަށް ބައެއް އޮބްޒާވަރުންނާއި މަންދޫބުން ބުނެފައިވެއެވެ.

އިންތިޚާބުގެ ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް 26 މައްސަލަ އަދި ސިޓީ، އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯތަކަށް 25 މައްސަލަ އާއެކު ޖުމުލަ 51 މައްސަލަ ހުށަހަޅާފައިވެއެވެ. ރިޔާސީ އިންތިޚާބާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކެމްޕޭން ކުރުމާގުޅޭ 3 މައްސަލަ އާއި އޮބްޒާވަރުންނާ ގުޅޭ މައްސަލައަކާއި ވޯޓުލުމުގެ ހައްގާގުޅޭ 10 މައްސަލަ، ރަޖިސްޓްރޭޝަނާ ގުޅޭ 8 މައްސަލަ، އޮފިޝަލުންނާގުޅޭ 11 މައްސަލަ، ވޯޓުގެ ސިއްރުކަމާ ގުޅޭ 14 މައްސަލަ، ރިޝްވަތު ދިނުމާ ގުޅޭ 2 މައްސަލަ އަދި އެހެނިހެން 2 މައްސަލައެވެ.

މިމައްސަލަތަކަށް އިޝާރަތް ކުރައްވައި ހަބީބު ވިދާޅުވީ މީގެ ތެރެއިން ވަގުތުން ހައްލުކުރެވެން ހުރި މައްސަލަތައް ވަނީ ހައްލުކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގު ކޮށްގެން އިތުރަށް ބަލަންޖެހޭ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް