Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީސީސީ

ތުރާކުނުގައި އެމްޓީސީސީން ކުރިއަށްގެންދާ 2 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

6 ސެޕްޓެމްބަރު 2023 | ބުދަ 04:01

8.16 ހެކްޓަރުގެ ބިން ހިއްކާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ސެޕްޓެމްބަރު 2023 | ބުދަ 04:01
ތުރާކުނު މިސްކިތުގެ ބިންގާ އަޅުއްވަނީ

ތުރާކުނު މިސްކިތުގެ ބިންގާ އަޅުއްވަނީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ތުރާކުނުގައި ހިންގާ ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އަންގާރަ ދުވަހު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފަށާފައިވަނީ ތުރާކުނު މިސްކިތުގެ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުތައް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުއްލަތީފާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ތުރާކުނު މިސްކިތް ބިނާ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މި މަޝްރޫއުގެ ދަށުން އެއްފަހަރާ 300 މީހުންނަށް ނަމާދު ކުރެވޭނެ މިސްކިތެއް ބިނާ ކުރާނެއެވެ. މި މިސްކިތުގެ މަސައްކަތް އެ ކުންފުންޏާ ސަރުކާރުން ހަވާލުކޮށްފައިވަނީ 11.21 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއާ ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެމްޓީސީސީން ކޮލިޓީ މަސައްކަތެއްކޮށް، ތާވަލާ އެއްގޮތަށް މިސްކިތުގެ މަސައްކަތް ނިންމާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. ކުރިން މި މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށް، ލަސްވުމުގެ ސަބަބުން އަލުން އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމީ ވެސް އެ ކުންފުނިން މަސައްކަތް ކޮށް ނިންމާނެ ކަމުގެ ޔަގީންކަން އޮތުމުގެ ސަބަބުން ކަމަށާއި އެއިންވެސް އެނގެނީ މި ސަރުކާރުން ކުޑަ ރަށެއް އަދި ބޮޑު ރަށެއްގެ ތަފާތުކުރުން ނުގެންގުޅޭނެކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ތަރައްޤީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށް ކަމަށާއި އެ ވިސްނުމާއެއްގޮތަށް ތުރާކުނުގައި ހިންގާ މަޝްރޫއުތައް ވެސް ނިންމައި ހަވާލު ކުރައްވާނެ ކަމަށެވެ. އަދި އެ ރަށުގެ މިސްކިތުގައި އަންނަ ރޯދަ މަހު ނަމާދު ކުރަން ފަށާނެ ކަމުގެ ޔަގީންކަން ވެސް އާޒިމް ދެއްވިއެވެ.

ތުރާކުނުގައި 707 މީހުންގެ އާބާދީއެއް އޮންނައިރު އެ ރަށުން ގޯތި ދޫކުރުމަށް ބިން ނެތުމުގެ ޝަކުވާ އެ ރަށުގެ ރައްޔިތުން ކުރެއެވެ. މިކަމަށް ހައްލު ހޯދައިދިނުމަށް އެ ރަށުގައި 8.16 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށް 1215 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، ސޭންޑް ސަރޗް ސަރވޭއެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 152.04 މިލިއަން ރުފިޔާއަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

21 މެއި 2018

ކިތަންމެ ދުވަހަކު ޖަލުގައި ބޭއްވިޔަސް ފާރިސް މައުމޫންގެ އަޒުމަށް ބަދަލެއް ނާންނާނެ، އިސްލާހީ މަސައްކަތް ކުރިއަށްގެންދާނެ: ޕާޓީތައް

21 މެއި 2018
ކިތަންމެ ދުވަހަކު ޖަލުގައި ބޭއްވިޔަސް ފާރިސް މައުމޫންގެ އަޒުމަށް ބަދަލެއް ނާންނާނެ، އިސްލާހީ މަސައްކަތް ކުރިއަށްގެންދާނެ: ޕާޓީތައް
17 މާރިޗު 2018

ކޮކާ ކޯލާ ލޯންގް ރަން 2018 ގެ ނަމުގައި ޓީއެފްޖީއިން ކުރިއަށްގެންދާ މެރެތޮންގެ ޕަރޓްނަރުން ސޮއިކޮށްފި

17 މާރިޗު 2018
ކޮކާ ކޯލާ ލޯންގް ރަން 2018 ގެ ނަމުގައި ޓީއެފްޖީއިން ކުރިއަށްގެންދާ މެރެތޮންގެ ޕަރޓްނަރުން ސޮއިކޮށްފި
10 މާރިޗު 2018

ހޯރަފުށީގައި ސާފުފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

10 މާރިޗު 2018
ހޯރަފުށީގައި ސާފުފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
24 ޑިސެމްބަރު 2017

ޗަމްޕާ ބްރަދާސްގެ އެހީގައި ހެނބަދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފި

24 ޑިސެމްބަރު 2017
ޗަމްޕާ ބްރަދާސްގެ އެހީގައި ހެނބަދޫގައި ގާއިމްކުރާ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވައިފި
18 ނޮވެމްބަރު 2017

ސަރުކާރުން 144 ރިސޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުން: ސައީދު

18 ނޮވެމްބަރު 2017
ސަރުކާރުން 144 ރިސޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ދަނީ ކުރަމުން: ސައީދު
30 އޯގަސްޓު 2017

ބައި އިލެކްޝަން އޮންނާނެ ކަމަށް ބުނީ ބަޔަކު ރުއްސަން، އަމަލީ އެއްވެސް ކަމެއް ނުކުރޭ: ނިޔާޒް

30 އޯގަސްޓު 2017
ބައި އިލެކްޝަން އޮންނާނެ ކަމަށް ބުނީ ބަޔަކު ރުއްސަން، އަމަލީ އެއްވެސް ކަމެއް ނުކުރޭ: ނިޔާޒް
09 އޯގަސްޓު 2017

އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

09 އޯގަސްޓު 2017
އަނަސް މަރާލުމުގައި އަމަލީ ގޮތުން ބައިވެރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި
15 މެއި 2017

ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފިން: ފުލުހުން

15 މެއި 2017
ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހަކު ހައްޔަރުކޮށްފިން: ފުލުހުން
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް