Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓަރ ޔުނައިޓެޑް

ސަންޗޯއާއި ޓެން ހާގްއާ ދެމެދު ގިނަ މައްސަލަތަކެއް

އާސެނަލް އަތުން ބަލިވި މެޗުގައި ޔުނައިޓެޑުގެ ސްކޮޑުގައި ސަންޗޯ ހިމަނާފައެއް ނުވޭ

ހުސެއިން ޒައިދް
ހުސެއިން ޒައިދް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2023 | ހޯމަ 11:05
ޓެން ހާގްއާއި ސަންޗޯ

ޓެން ހާގްއާއި ސަންޗޯ

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު، އެރިކް ޓެން ހާގްއާއި ޖޭޑަން ސަންޗޯއާ ދެމެދު މައްސަލަތަކެއް ޖެހި، ދެމީހުންގެ ދެމެދުގައި ބަހުގެ ހަމަލާތައް ފޮނުވަން ފަށައިފިއެވެ.

އާދިއްތަ ދުވަހުގެރޭ އާސެނަލް ކައިރިން 3-1ގެ ނަތީޖާއަކުން ބަލިވި މެޗުގައި ޔުނައިޓެޑުގެ ސްކޮޑުގައި ސަންޗޯ ހިމަނާފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ޓެން ހާގްއާ ސުވާލުކުުރުމުން ބުނީ، ފަރިތަކުރުންތަކުގައި ސަންޗޯ ފަރުވާ ކުޑަވެ، އޭނާ ބޭނުންވާ "ލެވެލް"އަށް ޕާފޯމް ނުކުރެވޭތީ ކަމަށެވެ.

ޓެން ހާގްގެ ވާހަކަތަކާ ގުޅޭގޮތުން ސަންޗޯ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ހިއްސާކޮށްފައެވެ. ސަންޗޯ ބުނެފައިވަނީ، ފެންނަހާ ވާހަކަތަކެއް ގަބޫލު ނުކުރުމަށާއި، އޭނާއާ ގުޅޭގޮތުން ދޮގު ވާހަކަ ފެތުރުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

ސަންޗޯ އިތުރަށް ބުނީ މި ހަފުތާގެ ފަރިތަކުރުންތަކުގައި އޭނާ ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށެވެ. އަދި އޭނާ ޓީމަށް ނުނެގުމުގައި ކޮންމެވެސް އެހެން ސަބަބެއް އޮތް ކަމަށް ގަބޫލުކުރާކަމަށް ސަންޗޯ ބުންޏެވެ. އޭނާ އިތުރަށް ބުނީ ކޯޗިން ސްޓާފުންގެ ނިންމުންތަކަށް ފުރިހަމައަށް އިހުތިރާމްކުރާ ކަމަށާއި، ޔުނައިޓެޑުގައި އޭނާ ކުޅެނީ މޮޅު ކުޅުންތެރިންތަކަކާއެކު ކަމުން، ކޮންމެ ހަފުތާއެއްގައިވެސް ތަފާތު ގޮންޖެހުންތައް އަންނާނެ ކަމަށެވެ.

ފެބްރުއަރީ މަހު ޕްރިމިއަރ ލީގުގައި ސަންޗޯ ލަނޑު ޖެހުމުން ޓެން ހާގް ވަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ސަންޗޯ ވަނީ ޖިސްމާނީ އަދި ނަފްސާނީ މައްސަލަތަކާ ހަނގުރާމަކޮށް، ތިން މަސް ދުވަހު ކުޅުމާ ދުރުގައިވެސް ހުރެފައެވެ.

ބޮރޫޝިއާ ޑޯޓްމަންޑުން ޔުނައިޓެޑަށް ސަންޗޯ ބަދަލުވީ 2021 ވަނަ އަހަރު، 73 މިލިއަން ޕައުންޑަށެވެ. ނަމަވެސް، އޭނާއަށް ޔުނައިޓެޑުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. 58 މެޗު ކުޅެ، އޭނާއަށް ޖެހިފައިވަނީ ނުވަ ލަނޑެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

މިއަހަރަކީ ބިލިއަޑުން ގިނަ ކާމިޔާބީތަކެއް ހޯދާނެ އަހަރެއް: ރަޒީން

26 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު