Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލިޓަންގެ މަރުގެ މައްސަލަ

ލިޓަން މަރާލިކަމަށް ތުހުމަތުކުރެވޭ ނިޒާމަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

ގާޒީ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުން ދެމެހެއްޓުމަށް ނިންމަވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ސެޕްޓެމްބަރު 2023 | ހޯމަ 10:35
ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ލިޓަން (މަތީ ފޮޓޯގައި) އަދި އޭނާ މަރާލި ކަމަަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް

ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ލިޓަން (މަތީ ފޮޓޯގައި) އަދި އޭނާ މަރާލި ކަމަަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް

ބަންގްލަދޭޝަށް ނިސްބަތްވާ މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި، އޭނާ މަރާލި ކަމަށް ތުހުމަތުކުރެވޭ، ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

މީގެ ކުރިން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާއިރު، މިއީ ޖިނާއީ ބޮޑު މައްސަލައަކަށް ވެފައި، އޭނާ މި މައްސަލާގައި ފިލައިގެންވެސް އުޅެފައިވާތީ، ގާޒީ ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހުރުން ދެމެހެއްޓުމަށް ނިންމަވާފައެވެ.

Advertisement - newsAdvertisement

މި މައްސަލާގައި ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި އެހެން ހެކިތަކުން، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ގަބޫލުކުރެވޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ. އަދި ނިޒާމް ކުރި ކަމަކީ މީހަކު މަރުވެދާނެ ފަދަ ކަމެއް ކަމަށާއި، އެއީ އެނޫން ނަތީޖާއެއް ނުނިކުންނާނެ ކަމެއްކަން ދައުލަތުން ކޯޓުގައި ސާބިތުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ލިޓަންއާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ މިދިޔަ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދަނިކޮށް ހުޅުލޭ ނެރު ކައިރިން، އެ ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ފެނިފައެވެ.

ނިޒާމްވެސް ގެއްލިފައި ވާކަމަށްބުނެ ފުލުހުން އޭނާއާއި ލިޓަން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ގެއްލުނުތާ ތިން ދުވަސް ފަހުން ނިޒާމް މާލެއިން ފެނިގެން، ފުލުހުން ވަނީ ޖެނުއަރީ 3ގައި އޭނާ ހައްޔަރުކޮށްފައެވެ.

އިތުރަށް ކިޔާލަން

10 މެއި 2017

ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ

10 މެއި 2017
ކުޑަކަމުދާތަކެތި ނުދިން ކަމަށް ބުނެ ހާމިދުގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތް ފަށަނީ
07 މެއި 2017

ޤާސިމްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ އިތުރު އަޑުއެހުމެއް ހޯމަ ދުވަހު!

07 މެއި 2017
ޤާސިމްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ އިތުރު އަޑުއެހުމެއް ހޯމަ ދުވަހު!
22 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު

22 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު