Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމު ތަރައްގީ ކުރުން

ލޯތްބާއި ކުލުނާއި އޯގާތެރިކަން ނެތި އެއްވެސް ރައީސްއަކަށް ގައުމު ތަރައްގީއެއް ނުކުރެވޭނެ: ސިޔާމް

4 ސެޕްޓެމްބަރު 2023 | ހޯމަ 04:28

މިއަދުގެ ރައީސް އަކީ އޯގާތެރި، ހިކުމަތްތެރި, ވިސްނުންތެރި ރައީސްއެއް

އަމްނާ އިމާދު
އަމްނާ އިމާދު | 4 ސެޕްޓެމްބަރު 2023 | ހޯމަ 04:28
އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވާހަކަފުޅުދައްކަވަނީ

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވާހަކަފުޅުދައްކަވަނީ

ލޯތްބާއި ކުލުނާއި އޯގާތެރިކަން ނެތި އެއްވެސް ރައީސްއަކަށް ގައުމު ތަރައްގީ ނުކުރެވޭނެ ކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ ހދ.މަކުނުދޫގައި ބޭއްވެވި ބަނދަރު ބައްދަލުވުމުގައި ސިޔާމް ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ އަނިޔާވެރި ބޭފުޅެއް ނޫން ކަމަށާއި، އެކަން މުޅި ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާނެ ކަމަށެވެ. ގައުމަށް ތަރައްގީ ގެނައުމުގައި ލޯތްބާއި ކުލުނާއި އޯގާތެރިކަން އިސްކުރަންޖެހޭ ކަމަށާއި، އެކަންކަމާއި ނުލައި ގައުމަށް ތަރައްގީ ނުގެނެވޭނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އޯގާތެރި ރައީސްއެއް ދިވެހިންނަށް ލިބިގެންދިޔައީ 2018 ވަނަ އަހަރުން ފެށިގެން ކަމަށެވެ. މިއަދުގެ ރައީސް އަކީ އޯގާތެރި، ހިކުމަތްތެރި, ވިސްނުންތެރި ރައީސްއެއް ކަމަށެވެ.

Advertisement - newsAdvertisement

މަކުނުދޫގެ ތަރައްގީއަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވީ އެރަށުގައި އެޅިދާ އެއާޕޯޓާއެކު ރަށަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެއާޕޯޓާއެކު ވަޒީފާތައް އިތުރުވެ، ދަރިންގެދަރީންނަށް ފައިދާކުރާނެ ކަމަށާއި، ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަށު ފަތުރުވެރިކަމާއެކު، ރަށުގެ އިގްތިސާދު ވެސް 10 ގުނަ އިތުރުވާނެ ކަމަށެވެ.

މީގެ ކުރީ ސަރުކާރުތަކުން ކަންކަންކޮށްފައިވާ ގޮތަށް އިޝާރާތް ކުރައްވައި ސިޔާމް ވިދާޅުވީ ތަރައްގީ ގެނެސްދިނީ ބޮޑެތި އާބާދީތަކަށް ކަމަށާއި، އެކަހެރިވެފައިވާ ރަށްތައް ވަރަށް ބޮޑަށް ބާކީކޮށްފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުން އެގޮތަށް އަމަލުނުކުރާނެ ކަމަށް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން މި ބަނދަރު ބައްދަލުވުމުގައި ސިޔާމް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އިތުރުފުޅު ނުހެއްދެވުމަށް ގޮވާލައްވާފައެވެ. ސިޔާމް ވިދާޅުވީ، އެމްޑީއޭ ވެސް އަދި އެބޭފުޅާ ވެސް ހުންނަވާނީ ރައީސް ސާލިހާއެކު ކަމަށެވެ. ގާސިމްއަކީ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި، ނަމަވެސް އިތުރުފުޅު ނުހެއްދެވުމަށް އެދިވަޑައިގަންނަވާ ކަަމަށެވެ. އަދި އިންތިޚާބާއި ކުރިމަތިލައްވައިގެން އުޅުއްވުމަކީ ވަރަށް ބޭކާރު ކަމެއް ކަމަށާއި، އެއީ އަތުންދާ ފައިސާތަކެއްދާ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި ބޭކާރު މަސައްކަތްތަކެއް ނުކުރައްވާ، ރައީސް ސާލިހުގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް ސިޔާމް ގޮވާލެއްވިއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް