Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރަނިންގމޭޓް އަސްލަމް ތ އަތޮޅުގައި

ރައީސް ޞާލިހަށްވުރެ ވަކި ރަނގަޅު އެހެން ގޮތެއްވެސް ނެތް: އަސްލަމް

ވަންދުއަށްވެސް މިސަރުކާރުގައި ޕީއެސްއައިޕީގެ ދަށުން 26 މިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫޢު ހިންގާފައިވާއިރު ކުރީ ސަރުކާރުގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫޢުގެ ޚަރަދު އެއް ލައްކައަށްވެސް ނާރާ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2023 | ހުކުރު 03:30
ރައީސް ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމު

ރައީސް ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށްވުރެ ވަކި ރަނގަޅު އެހެން ގޮތެއްވެސް ކުރިޔަށް އޮތް އިންތިޚާބުގައި ނެތްކަމަށް ރައީސް ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމު ވިދާޅުވެއްޖެއެވެ.

ތ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެއަތޮޅު ވަންދޫގައި ބޭއްވޭވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މިސަރުކާރުގެ ސިޔާސަތަކީ ކުޑަރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރަށްރަށް ތަރައްގީކުރަމުން ގެންދިޔުންކަމަށެވެ. އެހެންކަމުން ހަމައެކަނި ވަންދުއަށްވެސް މިސަރުކާރުގައި ޕީއެސްއައިޕީގެ ދަށުން 26 މިލިއަން ރުފިޔާގެ ތަރައްގީގެ މަޝްރޫޢު ހިންގާފައިވާއިރު ކުރީ ސަރުކާރުގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫޢުގެ ޚަރަދު އެއް ލައްކައަށްވެސް ނާރާކަމަށެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވީ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ގާއިމުކުރެވެގެން މިދަނީ މިސަރުކާރުގައި ކަމަށާއި މީގެ ކުރީ ސަރުކާރުތަކުން އެކަންކަން ކޮށްދީފައިނުވާކަމަށެވެ.

އަސްލަމް ވިދާޅުވީ ސިޔާސީ މަސައްކަތަކީ ހަތުރުވެރިކަން އޮންނަންޖެހޭ ޒާތީކަމެއް އޭގައި އޮންނަންޖެހޭ ކަމެއް ނޫންކަމަށެވެ. ސިޔާސީ ކަންކަމުގައި ބައެއް މީހުން މަސައްކަތްކުރަނީ ރާއްޖެ ވަރަށް ބޮޑަށް ހަލަބޮލިކަމެއްގެ ތެރޭގައި ބާއްވަންކަމަށް އަސްލަމް ވިދާޅުވިއެވެ. ރާއްޖެ ހަލަބޮލިވުމުގެ ސަބަބުން އެކަމުގެ ގެއްލުންވަނީ އިގްތިޞާދަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ވެރިކަން ބޭނުންވެގެން ކުރަންޖެހޭ ކަމަކީ ރަނގަޅު މެނިފެސްޓޯއެއް ދައްކާ މިހާރުގެ ސަރުކާރުން ކުރާ ކަންކަމަށްވުރެ ރަނގަޅަށް ކަންކަން ކުރާނެކަމަށް ރައްޔިތުންނަށް ހާމަކުރުންކަމަށް އަސްލަމް ވިދާޅުވިއެވެ. ނަމަވެސް ހަގީގަތަކީ މިސަރުކާރުން ރައްޔިތުންނަށް ކޮށްދީފައިވާ ކަންކަމުގެ ސަބަބުން އެއަށްވުރެ ރަނގަޅު ކަންކަން ދެއްކެން ނެތްކަމަށެވެ.

އަސްލަމް ވިދާޅުވީ މިސަރުކާރުން ދެމުންދާ ޚިދުމަތްތައް ދިނުމަށްވެސް ދެވަނަ ދައުރެއް މިސަރުކާރަށް ބޭނުންވާކަމަށެވެ.

ވަންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އަސްލަމް ވަނީ އެރަށުގެ ގިރާ ސަރަހައްދުވެސް ބައްލަވާލައްވާފައެވެ.

އުފާވެރި އަމާން ރާއްޖެރަނިންގމޭޓް މުހައްމަދު އަސްލަމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު