Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބިންވެރިޔާ ސްކީމް

ބިންވެރިޔާ ސްކީމް: ކުރިން އޮތް ގޯތި ދޫކޮށްލުމަށް 5 އަހަރުގެ މުއްދަތެއް

30 އޯގަސްޓު 2023 | ބުދަ 13:53

އެއްބަސްވުމަށް މިހާރު ވަނީ ބަދަލު ގެނެސްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޯގަސްޓު 2023 | ބުދަ 13:53
މާލެ ސިޓީ

މާލެ ސިޓީ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތަކީ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއްނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން އޮތް މުއްދަތައް ސަރުކާރުން ބަދަލު ގެނެސްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، ގޯތި ލިބޭ ފަރާތަކީ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއްނަމަ އެ ގޯތި ދޫކޮށްލުމަށް ކުރިން އޮތް މުއްދަތައް ސަރުކާރުން ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ހަމަޖައްސާފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 5 (ފަހެއް) އަހަރު ތެރޭގައި ކުރިން ލިބިފައިވާ ގޯތި ދޫކޮށްލުމަށެވެ.

އަކްރަމް ވިދާޅުވީ، އެއްބަސްވުމަށް ބަދަލު ގެނެސް އައު އެއްބަސްވުން ޕޯޓަލް މެދުވެރިކޮށް ގޯތި ލިބޭ ފަރާތްތަކަށް ފެންނާނެ ކަމަށެވެ.

ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ބުނެފައިވަނީ މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިނގިލި)ގައި، ގޯތި ލިބޭ ފަރާތުގެ އަމިއްލަ ނަމުގައި 600 (ހަސަތޭކަ) އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް ރަޖިސްޓަރީކޮށްފައި ވާނަމަ، އެ ގޯއްޗެއް ރަޖިސްޓަރީ ކުރެވިފައިވާ އެއްމެދު މިލްކުވެރިންނަށް ބަދަލަކާނުލައި ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށެވެ. އަދި މި ގޯތީގެ އިތުރު އެއްމެދު މިލްކުވެރިއެއް ނެތްނަމަ ދައުލަތަށް ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަަމަށެވެ.

މާލޭ ސަރަހައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ގޯތި ލިބޭ ފަރާތަށް ވާރުތައިން ލިބެން އޮންނަ ބައި މި ގޯތީގެ ބާކީ ތިބި ވާރިސުންނަށް ބަދަލަކާނުލައި ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށާއި، މި ގޯތީގެ އިތުރު ވާރިސެއް ނެތް ހާލަތުގައި އެ ބައެއް ދައުލަތަށް ދޫކޮށްލުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށެވެ.

ގޯތި ލިބޭ ފަރާތަކީ މިއެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބަންޑާރަ ގޯއްޗެއް އޮތް ފަރާތެއްނަމަ، އެ ގޯތި ދޫކޮށްލުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 5 އަހަރު ތެރޭގައި، ޝަރުއީ މަރުހަލާ ފުރިހަމަކޮށް، ދޫކޮށްލި ގޯތީގެ ރަޖިސްޓަރީން ގޯތި ލިބޭ ފަރާތުގެ ނަން އުނިކޮށް، އެކަން ގޯތި ދޫކުރާ ފަރާތަށް އެންގުމަށް ގޯތި ލިބޭ ފަރާތުން އެއްބަސްވާ ކަމަށްވެސް ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ގޯތި ދޫކޮށްލުމުގެ ގޮތުން، ގޯތި ލިބޭ ފަރާތަށް ވާރުތައިން ލިބެން އޮތް ގޯތީގެ މިލްކުވެރި ފަރާތް ނިޔައުވާތާ 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ނިޔާވި މީހާގެ ގޯތިން، ގޯތި ލިބޭ ފަރާތަށް ލިބެން އޮންނަ ބައި ދޫކޮށްލުމަށް ކަމާބެހޭ ކޯޓަށް ހުށަހަޅައި އެކަން ގޯތި ދޫކުރާ ފަރާތައް އަންގަންޖެހޭ ކަމަށެވެ. އަދި ޝަރުއީ މަރުހަލާ ނިމޭތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަން ގޯތި ދޫކުރާ ފަރާތައް އަންގަންޖެހޭ ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ.

މިއެއްބަސްވުމުގެ 4 ވަނަ މާއްދާ އަދި 5 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގޯތި ލިބޭ ފަރާތުން އަމަލު ނުކޮށްފިނަމަ މިއެއްބަސްވުމުގެ ދަށުން ދޫކުރާ ގޯތި އެއްވެސް ބަދަލެއް ދިނުމަކާނުލައި ގޯތި ދޫކުރާ ފަރާތަށް އަނބުރާ ނެގޭނެއެވެ.

ގޯތި ގެދޮރުބިންވެރިޔާ ސްކީމްއަކްރަމް ކަމާލުއްދީން

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2025

ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް

29 އޮކްޓޯބަރު 2025
ބަންޑާރަ ގޯތި ދިން ކަމަށްޓަކައި ޕީއެންސީ މެންބަރު ދަނީ މާލޭގެ ރައްޔިތުންނަށް ރަތް މަހަށް ނުބަވާ ވަރަށް ބަވަމުން: މެންބަރު މީކާއީލް
20 އޮކްޓޯބަރު 2025

އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި

20 އޮކްޓޯބަރު 2025
އަކްރަމް އާއި ހައުސިންގެ ކުރީގެ ވެރިންނަށް ކުރި ދައުވާއަށް އިންކާރު ކޮށްފި
17 އޮކްޓޯބަރު 2025

75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް

17 އޮކްޓޯބަރު 2025
75 ޕޮއިންޓަށްވުރެ މަދުން ލިބިފައިވާ ފަރާތްތަކުގެ މެދުގައި އަލުން ގުރުއަތު ނަގަނީ ފުލެޓް އަތުލުމަށް: މައުރޫފް
16 އޮކްޓޯބަރު 2025

ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް

16 އޮކްޓޯބަރު 2025
ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެއް އާއިލާއަކަށް ދެތަނަކުން ބޯހިޔާވަހިކަން ލިބޭ ގޮތަށް ނޯންނާނެ: އަކްރަމް
09 ޖުލައި 2025

ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި

09 ޖުލައި 2025
ގުޅީފަޅު ގޯތީގެ އެގްރީމެންޓު މައްސަލައިގައި ސަރުކާރުން ޔޫޓާރން އެއް ނަގައި، ކުރިން އޮތް އެއް ބަސްވުމާ އެއް ގޮތައް ކުރިއަށް ދާން ނިންމައިފި
03 ފެބުރުއަރީ 2025

ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި

03 ފެބުރުއަރީ 2025
ވަގު ގޯތި މައްސަލައިގައި ސަސްޕެންޑް ކުރި މީހުންގެ ސަސްޕެންޝަން އުވާލަން ފަށައިފި
29 ޖެނުއަރީ 2025

އެއްވެސް ތަހުގީގެއް ނުކޮށް ދެވަނަ ފަހަރަށް އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އިސްތިއުނާފުކޮށްފި

29 ޖެނުއަރީ 2025
އެއްވެސް ތަހުގީގެއް ނުކޮށް ދެވަނަ ފަހަރަށް އަކްރަމްގެ ޕާސްޕޯޓް ހިފެހެއްޓި މައްސަލަ އިސްތިއުނާފުކޮށްފި
21 ޑިސެމްބަރު 2024

ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް

21 ޑިސެމްބަރު 2024
ފެންމަތިވެގެން އުޅޭ ގޯއްޗާއި ފްލެޓް މައްސަލައިގެ ތަހުގީގަށް ދޭ މައުލޫމާތު ސިއްރު ކުރާނެ: ޕޮލިސް
21 ޑިސެމްބަރު 2024

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!
21 ޑިސެމްބަރު 2024

ފުލުހުން ބޭއްވީ ސިޔާސީ ނޫސްވެރިންގެ ބައްދަލުވުމެއް، އުސޫލުން ބޭރުން ލިޔުމެއް ދީފައިނުވާނެ: އަކްރަމް

21 ޑިސެމްބަރު 2024
ފުލުހުން ބޭއްވީ ސިޔާސީ ނޫސްވެރިންގެ ބައްދަލުވުމެއް، އުސޫލުން ބޭރުން ލިޔުމެއް ދީފައިނުވާނެ: އަކްރަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް